ކެލާ ފަޅުގައި ދެ ރިސޯޓު ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން އިއުލާންކޮށްފި

ހއ. ކެލާގެ ސެޓްލައިޓު ފޮޓޯއެއް : އެ ރަށުގެ ފަޅުގައި ދެ ރިސޯޓެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން ވަނީ އިއުލާންކޮފަ --- ފޮޓޯ: ގޫގުލް އާތު

ހއ. ކެލާގެ ސެޓްލައިޓު ފޮޓޯއެއް : އެ ރަށުގެ ފަޅުގައި ދެ ރިސޯޓެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން ވަނީ އިއުލާންކޮފަ --- ފޮޓޯ: ގޫގުލް އާތު

ހއ. ކެލާގެ ފަޅު ތެރޭ ދެ ރިސޯޓު ތަރައްގީ ކުރާނެ ބަޔަކު ހޯދަން ސަރުކާރުން އިއުލާނުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނީ ކެލާ ފަޅުގައި ރިސޯޓު ތަރައްގީކުރާނީ 12.9 ހެކްޓަރުގެ ދެ ރަށް ހިއްކައިގެން ކަމަށެވެ. މި ރިސޯޓުތައް ތަރައްގީ ކުރުމަށް ކެލާގެ އިހުތިސާސުން ޖުމުލަ 325.5 ހެކްޓަރުގެ ސަރަހައްދެއް އުނިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މާޗު 29، ގައި ނިންމަވާފަ އެވެ.

ދެ ރިސޯޓުގެ ތެރެއިން ފުރަތަމަ ރިސޯޓަށް ކަނޑައަޅާފައިވާ 169.3 ހެކްޓަރުގެ ފަޅުގެ ސަރަހައްދުގެ އަގެއްގެ ގޮތުގައި ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވަނީ 2،032،110 ޑޮލަރެވެ. ދެވަނަ ރިސޯޓުގެ ޖުމްލަ ސަރަހައްދަކީ 156.2 ހެކްޓަރެވެ. އެ ސަރަހައްދުގެ އަގަކީ 1،996،740 ޑޮލަރެވެ.

Advertisement

މި ދެ ރަށަށް އިންވެސްޓްކުރުމަށް ބޭނުންވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށްފަހު ބީލަން ހުށަހެޅުމުގެ ސުންގަޑިއެއްގެ ގޮތުގައި މިނިސްޓްރީން ކަނޑައަޅާފައިވަނީ ޖޫން 5، ގެ މެންދުރު 1:00 އެވެ. ބިޑު ހުށަހަޅާ ފަރާތްތަކުގެ ރިސޯޓު ތަރައްގީ ކުރުމަށް ފަޅުގެ ސަރަހައްދު ދޫކުރާ ފަރާތެއް ކަނޑައަޅާނީ އިންވެސްޓްމަންޓު އިވެލުއޭޓްކުރުމަށްފަހު ދޭ ޕޮއިންޓުތަކަށް ބިނާކޮށެވެ.

އިންވެސްޓަރުން ހޮވުމުގައި މިނިސްޓްރީން އެންމެ ބޮޑަށް ބަލަނީ ބިޑު ކުރާ އަގަށެވެ. އޭގެއިތުރުން، އިންވެސްޓަރުން ތިމާވެށްޓާ ރަށްޓެހި ތަރައްގީއަށާއި އިޖުތިމާއީ ތަރައްގީގެ އިތުރުން ސީއެސްއާރަށް ދޭ އަހަންމިއްޔަތު ކަމަށް މިނިސްޓްރީން ބަލާނެ އެވެ.

ކެލާގެ ފަޅު ތެރޭ ފަތުރުވެރިކަމުގެ ދާއިރާގެ ފެސިލިޓީއެއް ތަރައްގީ ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ މަޝްރޫއުގެ ސަބަބުން ކެލާގެ ރައްޔިތުންނަށް، ހާއްސަކޮށް އެ ރަށުގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެ ކަމަށްވެސް ރައީސް މުއިއްޒު، ރިޔާސީ ކެމްޕޭނުގައި ފާހަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox