ލީގުގެ ރޭހުގައި ދެމި އޮންނަން ލެވަކޫސަން އާއި ބަޔާނަށް މޮޅެއް

Mar 30, 2025, 4:11 AM
ލީގުގެ ރޭހުގައި ދެމި އޮންނަން ލެވަކޫސަން އާއި ބަޔާނަށް މޮޅެއް

މިއުނިކް، ޖަރުމަނު (މާޗް 30) - ޖަރުމަނު ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ބަޔާ ލެވަކޫސަން އިން 3-1 ގެ ނަތީޖާއަކުން ބޮކުމް ބަލިކުރިއިރު، ބަޔާން މިއުނިކުން 3-2 ގެ ނަތީޖާ އަކުން ޕައުލީގެ މައްޗަށް ކުރިހޯދައިފި އެވެ.

ލެވަކޫސަންގެ ދަނޑުގައި ކުޅުނު މެޗުގެ 20 ވަނަ މިނިޓްގައި އެ ޓީމުން ވަނީ ގޯލު ޖަހައި ލީޑު ނަގައިފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހާދިނީ އަލެކްސް ގާސިއާ އެވެ. އެކަމަކު، މެޗުގެ 26 ވަނަ މިނިޓްގައި ބޮކުމްގެ ފީލިކްސް ޕާލްސަކް ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗުގެ 60 ވަނަ މިނިޓްގައި ލެވަކޫސަންގެ ވިކްޓަ ބޮނިފޭސް ވަނީ ގޯލު ޖަހައި އަލުން އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. މިއީ، ޕެއޭރޯ ހިންކަޕިއޭގެ އެހީތެރިކަމާ އެކު ބޮނިފޭސް ޖެހި ގޯލެކެވެ. އަދި، މެޗުގެ 87 ވަނަ މިނިޓްގައި ލެވަކޫސަންގެ އަމީން އަދްލީ ވަނީ ގޯލު ޖަހައި އެ ޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ.

ޖަރުމަނު ލީގުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ، ބަޔާނުން ޕައުލީ ބަލިކުރި މެޗުގެ 17 ވަނަ މިނިޓްގައި އެ ޓީމުން ވަނީ ގޯލު ޖަހައި ލީޑު ނަގާފަ އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ ތަޖުރިބާކާރު ފޯވާޑް ހެރީ ކޭން އެވެ. އެކަމަކު، މެޗުގެ 27 ވަނަ މިނިޓްގައި އެލާޔަސް ސާދް ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

ދެވަނަ ހާފުގައި ބަޔާން އިން އެ ޓީމުގެ އެޓޭކުތައް ވަރުގަދަކުރިއިރު، މެޗުގެ 53 ވަނަ މިނިޓްގައި ލެރޯއީ ސާނޭ ވަނީ ގޯލު ޖަހައި އަލުން އެ ޓީމަށް ލީޑު ނަގަައިދީފަ އެވެ. އަދި މެޗުގެ 71 ވަނަ މިނިޓްގައި ސާނޭ ވަނީ އިތުރު ގޯލެއް ޖަހައި އެ ޓީމުގެ ލީޑު ފުޅާކޮށްފަ އެވެ. އެކަމަކު، މެޗުގެ އިތުރު ވަގުތުގައި ޕައުލީގެ ލާޒް ރިޓްކާޒް ވަނީ ގޯލު ޖަހައި ފަރަގު ކުޑަކޮށްފަ އެވެ.

މި ނަތީޖާތަކާ އެކު، ޖަރުމަނު ލީގު ތާވަލުގެ އެއް ވަނައިގައި ބަޔާން އޮތީ 27 މެޗުން 65 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ލެވަކޫސަން އަށް 27 މެޗުން 59 ޕޮއިންޓް ވަނީ ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox