ސްޓޫޑެންޓް ލޯނުގެ 500 ފުރުސަތު ސަރުކާރުން ހުޅުވާލައިފި

ރާއްޖޭގައި ހުންނަ ވިލާ ކޮލެޖުން ދަރިވަރުންތަކެއް ދަސްވެ ނިވެނީ : ސްޓޫޑެންޓް ލޯނުގެ 500 ފުރުސަތު ސަރުކާރުން ވަނީ ހުޅުވާލާފަ --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ރާއްޖޭގައި ހުންނަ ވިލާ ކޮލެޖުން ދަރިވަރުންތަކެއް ދަސްވެ ނިވެނީ : ސްޓޫޑެންޓް ލޯނުގެ 500 ފުރުސަތު ސަރުކާރުން ވަނީ ހުޅުވާލާފަ --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ރާއްޖެ އާއި ރާއްޖެއިން ބޭރުން ތައުލީމާއި ތަމްރީނު ހާސިލު ކުރުމަށް ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ސްޓޫޑެންޓް ލޯނު ސްކީމުގެ ދަށުން މި އަހަރުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނީ މި އަހަރު ދޭން ހަމަޖެހިފައިވަނީ ލޯނުގެ 500 ފުރުސަތު ކަމަށެވެ. ލޯނަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އެޕްރީލް 30، ގެ މެންދުރުފަހު 1:30 އެވެ.

މި ފުރުސަތުގެ ދަށުން އަލަށް ކިޔަވަން ފަށާ ފަރާތްތަކަށް އަދި މިހާރު ކިޔަވަމުންދާ ފަރާތްތަކަށްވެސް ލޯނަށް އެދި ހުށަހެޅޭނެ އެވެ.

މީގެއިތުރުން، ސަރުކާރުން ދޫކުރާ ލޯނުގެ ދަށުން ކިޔަވަމުންދާ ދަރިވަރުން އިތުރަށް ޓޮޕް އަޕް ނަގަން ބޭނުންވާނަމަ އެކަމަށްވެސް މި އިއުލާނުގެ ދަށުން ހުށަހެޅޭނެ އެވެ. ޓޮޕް އަޕް ދޫކުރާ އެންމެ މަތީ އަދަދަކީ 700،000ރ. އެވެ.

ސްޓޫޑަންޓު ލޯނަށް ހުޅުވާލާފައި މިވަނީ އެކަން ލަސްވެ، އެކަމާ ގުޅޭގޮތުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ. އެގޮތުން ރާއްޖެއިން ހައި ސްކޫލް ނިންމާ މަތީ ތައުލީމަށް ބޭރަށް ނުފުރި ތިބި ކުދިންނާއި އެ ކުދިންގެ އާއިލާތަކުންވެސް ދަނީ އެ މީހުންގެ ޝުއޫރުތައް ހާމަކޮށްފައިވެ އެވެ.

ސްޓޫޑެންޓު ލޯން ސްކީމުގެ ދަށުން މިދިޔަ އަހަރުވެސް ސަރުކާރުން ފުރަތަމަ އިއުލާނުކުރީ 500 ލޯނު ދިނުމަށެވެ. ނަމަވެސް، ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ލޯނު ދޭން ސަރުކާރުން ފަހުން ނިންމި އެވެ.

މި ނިންމުމާ އެއްގޮތަށް ދަރިވަރުން އެޕްލިކޭޝަން ހުށަހެޅި 1،709 ދަރިވަރުންގެ ތެރެއިން ލޯނު ދޭން ނިންމީ 1،153 ދަރިވަރުންނަށެވެ. ޝަރުތުހަމަވި ނަމަވެސް ލޯނު ނުދޭން ނިންމީ ހަމައެކަނި ޕައިލެޓުކަން ކިޔަވަން ހުށަހެޅި ބައެއް ދަރިވަރުންނަށެވެ.

ޕައިލެޓު ލައިސަންސް ސްލޮޓަށް ޝަރުތު ހަމަވި 148 ދަރިވަރުންގެ ތެރެއިން ލޯނު ދޭން ސަރުކާރުން ނިންމީ 10 ދަރިވަރުންނަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox