ކެލާ ފަޅު ހިއްކައިގެން ދެ ރިސޯޓު ތަރައްގީކުރަން އެ ރަށުގެ އިހުތިސާސުން ބައެއް އުނިކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒު : ކެލާ ފަޅުތެރޭ ދެ ރިސޯޓު އަޅަން އިހުތިސޯސުން ބައެއް އުނިކުރަން އެމަނިކުފާނު ވަނީ މިއަދު ނިންމަވާފަ --- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު : ކެލާ ފަޅުތެރޭ ދެ ރިސޯޓު އަޅަން އިހުތިސޯސުން ބައެއް އުނިކުރަން އެމަނިކުފާނު ވަނީ މިއަދު ނިންމަވާފަ --- ފޮޓޯ: ރައީސް އޮފީސް

ހއ. ކެލާގެ ފަޅު ތެރޭ ދެ ރިސޯޓު ތަރައްގީކުރަން ނިންމާ އެކަމަށް މަގުފަހިކުރުމުގެ ގޮތުން ރަށުގެ އިހުތިސާސުން ބައެއް އުނިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

މިއަދު ނެރުއްވި ގަރާރަކުން ކެލާގެ އިހުތިސާސުގެ ތެރެއިން އުނިކޮށްފައިވަނީ އެ ރަށުގެ ފަޅުތެރެއިން ޖުމުލަ 325.5 ހެކްޓަރުގެ ސަރަހައްދެކެވެ. މިތަނުގައި ތަރައްގީކުރާ ދެ ރިސޯޓާ ގުޅޭ އިތުރު ތަފުސީލެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ރައީސް މުއިއްޒު މި ގަރާރު ނެރުއްވީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސު ކަނޑައެޅުމަށް އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ. މި ނިންމެވުމުގެ ކުރިން މިއަދު ހެދުނު ރައީސް އޮފީހުގައި އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމެއް ކުރިއަށް ގެންދިޔަ އެވެ.

ކެލާގެ ފަޅުތެރޭ ދެ ރިސޯޓު ތަރައްގީ ކުރުމަށް އެ ރަށުގެ އިހުތިސޯސަށް ގެނައި ބަދަލު ---
ކެލާގެ ފަޅުތެރޭ ދެ ރިސޯޓު ތަރައްގީ ކުރުމަށް އެ ރަށުގެ އިހުތިސޯސަށް ގެނައި ބަދަލު ---

ކެލާގެ ފަޅުތެރޭ ދެ ރިސޯޓު ތަރައްގީ ކުރުމަށް އެ ރަށުގެ އިހުތިސޯސަށް ގެނައި ބަދަލު ---

ކެލާގެ ފަޅު ތެރޭ ފަތުރުވެރިކަމުގެ ދާއިރާގެ ފެސިލިޓީއެއް ތަރައްގީ ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އޭރު އިތުރު ތަފުސީލު ނުދެއްވި ނަމަވެސް ރިޔާސީ ކެމްޕޭނުގައި ކެލާގައި ހުންނަވާ ރައީސް ވަނީ އެ ރަށުގެ ފަޅު ތެރޭ ރިސޯޓު ތަރައްގީ ކުރައްވާނެ ކަމުގެ ވައުދުވެވަޑައިގެންފަ އެވެ.

އަދި، އެ މަޝްރޫއުގެ ސަބަބުން ކެލާގެ ރައްޔިތުންނަށް، ހާއްސަކޮށް އެ ރަށުގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެ ކަމަށްވެސް ރައީސް މުއިއްޒު، ރިޔާސީ ކެމްޕޭނުގައި ފާހަގަކުރެއްވި އެވެ.

ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން އިދާރީ ދާއިރާއެއްގެ އިހުތިސޯސުގައި ހިމެނޭ ފަޅުރަށެއްގައި ނުވަ ފަޅެއްގެ ސަރަހައްދެއްގައި ޓޫރިޒަމްގެ ވިޔަފާރި ކުރަން ދޫކުރާ ހިސާބުން އެ ސަރަހައްދެއް، ކުރިން އިހުތިސޯސް އޮތް ރަށު އިހުތިސޯސުން ވަކިވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox