28 މިލިއަން ރުފިޔާ ހަރަދެއް، އެކަމަކު ރަށްރަށަށް އީދު ބޮކި ފޮނުވީ ކަނޑައެޅި ވަރަށް ވުރެ މަދުން

އީދު ބޮކި ދިއްލުން ފާހަގަ ކުރަން މިދިޔަ އަހަރު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

އީދު ބޮކި ދިއްލުން ފާހަގަ ކުރަން މިދިޔަ އަހަރު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

މި ފަހަރުގެ ފިތުރު އީދުގައި 36 ރަށެއް ދިއްލަން 28 މިލިއަން ރުފިޔާ ހަރަދު ކުރާއިރު، ބައެއް ރަށްތަކަށް ބޮއްކާއި އެއާ ގުޅޭ ސާމާނު ފޮނުވީ ފުރަތަމަ ކަނޑައެޅި ވަރަށް ވުރެ މަދުންކަން އެނގިއްޖެ އެވެ.

އަދަދު ނޫހާ ވާހަކަ ދެއްކި ރަށު ކައުންސިލްތަކުގެ މެންބަރުން ބުނީ އީދު ބޮއްކާއި އެއާ ގުޅޭ އައިޓަމްތަކުގެ އަދަދުތަކާއެކު ލޯކަލް ގަވާމެންޓު މިނިސްޓްރީން ފުރަތަމަ ސިޓީއެއް ފޮނުވީ މާޗު 6 ގައި ކަމަށެވެ.

އެ ސިޓީގައި ހިމަނާފައިވާ އައިޓަމްތަކުގެ އަދަދާއި، އެ އައިޓަމްތަކުގެ މިންވަރަށް މަދުކޮށް އާ ސިޓީއެއް މާޗު 17 ގައި ފޮނުވި ކަމަށް ކައުންސިލްތަކުން ބުންޏެވެ.

ލޯކަލް ގަވާމެންޓު މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ ކަނޑައެޅި އަދަދު ތަކުގެ ތެރެއިން ބައެއް ރަށްރަށް ނުލިބޭނީ ގިޑިގެ އެކަނި ކަމަށާއި އެވެސް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ލޯކަލް ގަވާމެންޓު މިނިސްޓްރީގެ ސިޓީތަކުގެ ކޮޕީ އަދަދު ނޫހަށް ލިބިފައިވެ އެވެ.

އެ ސިޓީތަކުން އެނގޭ ގޮތުގައި ފުރަތަމަ ފޮނުވި ސިޓީގައި ނުވަ އައިޓަމެއް ފޮނުވާނެ ކަމަށް ކަނޑައަޅާފައި ވާއިރު، މާޗު 17 ގެ ސިޓީގައި އޮތީ ހަ އައިޓަމެވެ. އެ ހަ އައިޓަމްގެ ބައެއް ސާމާނު ކުރިއަށް ވުރެ މަދުކޮށްފައިވެ އެވެ.

"މިއީ ދައުލަތުގެ ފައިސާ އިސްރާފު ކުރުން،" ކައުންސިލެއްގެ ރައީސް ބުންޏެވެ.

"މި ރަށަށް ފޮނުވީ މި ރަށް ޒީނަތްތެރި ކުރެވޭނެ މިންވަރަކަށް ވެސް ނޫން."

މިދިޔަ އަހަރު އީދު ބޮކި ދިއްލަން 50 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅި އެވެ. އެ ރަށްތަކުގެ އިތުރުން މި ފަހަރު އަލަށް ދިއްލާ 36 ރަށަށް ކުރާ ހަރަދާއިރު، އީދު ބޮކި ދިއްލަން 75 މިލިއަން ރުފިޔާ ހަރަދު ވާނެ އެވެ.

ޗައިނާއިން ލިބޭ އަސްލު އަގުގައި އީދު ބޮކި ގެނެސް ރަށްރަށަށް ފޮނުވިޔަސް 75 މިލިއަން ރުފިޔާއާ ގާތްކުރާ މިންވަރެއް ވެސް ހަރަދު ނުވާނެ ކަމަށް ބައެއް ވިޔަފާރިވެރި އަދަދު ނޫހަށް ބުންޏެވެ.

"އެއީ އެތައް ގުނައެއް އަގުބޮޑުކޮށް އެތެރެކޮށްފައިވާ ތަކެތި،" ވިޔަފާރިވެރިޔަ ބުންޏެވެ.

ސަރުކާރުން ފައިސާ ހަރަދުކޮށްގެން ބޮކިތައް ގެނެސް، ރަށްރަށަށް ފޮނުވަނީ ސްޓެލްކޯއިންނެވެ.

އީދު ދިއްލުމުގެ ނަމުގައި ކުރާ ބޮޑު އިސްރާފުން ދައުލަތަށް ލިބޭ ގެއްލުން ހުއްޓުވަން އެންޓި ކޮރަޕްޝަން ކޮމިޝަނުން، އަދި އޮޑިޓަ ޖެނެރަލް ވެސް ފިޔަވަޅެއް އަޅާފައިވާކަން ހާމަކޮށްފައެއް ނުވެ އެވެ.

މި ފިތުރު އީދުގައި އަލަށް ދިއްލާ ރަށްތައް

  • ހއ. ހޯރަފުށި، އިހަވަންދޫ
  • ހދ. ނޮޅިވަރަމް، ހަނިމާދޫ
  • ށ. މިލަންދޫ، ފޯކައިދޫ
  • ނ. ވެލިދޫ، ހޮޅުދޫ
  • ރ. އަލިފުށި، ދުވާފަރު
  • ބ. ތުޅާދޫ، ހިތާދޫ
  • ޅ. ހިންނަވަރު، ކުރެންދޫ
  • ކ. ކާށިދޫ، މާފުށި
  • އއ. ތޮއްޑޫ، އުކުޅަސް
  • އދ. މާމިގިލި، އޮމަދޫ
  • ވ. ކެޔޮދޫ، ފުލިދޫ
  • މ. މުލައް، ކޮޅުފުށި
  • ފ. ބިލެއްދޫ، ފީއަލި
  • ދ. މީދޫ، މާއެނބޫދޫ
  • ތ. ތިމަރަފުށި، ވިލުފުށި
  • ލ. ގަން، މާވަށް
  • ގއ. ދާންދޫ، ގެމަނަފުށި
  • ގދ. ގައްދޫ، މަޑަވެލި

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox