ޝަރީއަތްތަކުގެ ތެރެއިން ދިމާވެފައިހުރި ބައެއް ހެއްވާ ކަންކަން 4

ޝަރީއަތްތަކުގެ ތެރެއިން ދިމާވެފައިހުރި ބައެއް ހެއްވާ ކަންކަން 4

މިއީ ޝަރީއަތްތަކުގެ ތެރެއިން ދިމާވެފައިހުރި ބައެއް ހެއްވާ ކަންކަމުގެ ވާހަކަ ގެނެސްދޭން އަޅުގަނޑު ފެށި ސިލްސިލާގެ ހަތަރު ވަނަ ބައެވެ. މި ވާހަކަތަކުގައި ހިމެނޭނީ ސީދާ އަޅުގަނޑު ތަޖުރިބާކުރި ބައެއް ކަންކަމާއި، އެކި ވަކީލުންނާއި، މުވައްކިލުންގެ ފަރާތުން އަޑުއެހި ބައެއް ވާހަކަތަކެވެ. މި ސިލްސިލާގައި ކުރިން ލިޔުނު ލިޔުންތައް ތިރީގައިވާ ލިންކުތަކުން ފެނިވަޑައިގަންނަވާނެ އެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި، ޑިސްޓްރިކްޓް ޕަބްލިކް ޕްރޮސިކިއުޓަރަކަށް އުޅުނު ދުވަސްވަރުގެ ވާހަކައެކެވެ. އެއީ 2009 ވަނަ އަހަރެވެ. ތ. އަތޮޅާއި ލ.އަތޮޅުގެ ބައެއް ކޯޓުތަކަށް ދައުލަތުން ހުށަހަޅާފައި ހުރި މައްސަލަތަކެއްގައި ވަކާލާތުކުރުމަށް އަޅުގަނޑު އެ ދެ އަތޮޅަށް ފުރަންޖެހިއްޖެ އެވެ. އެއީ ވަކި ތަރުތީބަކުން ހިނގާ ކަމަކަށްވާތީ އެކަމުން ބޯ ދަމައިގަނެވޭނޭ ގޮތެއްވެސް ނޯވެ އެވެ. އެ ދެއަތޮޅަށް ކުރި ދަތުރުގައި އަޅުގަނޑު 29 ދުވަސް ހޭދަކުރީމެވެ. ދަތުރުގައި އުޅުނުއިރު، އޭރު ފެނި ތަޖުރިބާކުރެވުނު ބައެއް ކަންކަން އަޅުގަނޑަށް ނޯޓު ކުރެވިފައި ހުއްޓެވެ. އެކަމަކު މާ ތަފުސީލުކޮށެއް ނޫނެވެ. މި ފަހަކުން ފޮތް ހަރުގަނޑު ހާވާލި ދުވަހެއްގައި މި ނޯޓުތައް ފެނުނީމާ މި ސިލްސިލާގެ 4 ވަނަ ލިޔުން މި ނޯޓުތަކުން ލިޔެވިދާނެއޭ ހިތަށް އެރީ އެވެ.

ފުރަތަމަ ދެވުނު ރަށުގައި ގިނައީ މާރާމާރީއާއި ވައްކަމުގެ މައްސަލަތަކެވެ. އަޅުގަނޑު ރަށަށް ފައިބައި ރަށު ކޯޓަށް އެކަން އެންގީމާވެސް އެއްވެސް މައްސަލައަކަށް ހާޒިރުވާން ކޯޓުން އަޅުގަނޑަކަށް ޗިޓެއް ނުފޮނުވި އެވެ. ނުވެސް ގުޅަ އެވެ. އެ ކޯޓުގައި އޮތް، ގާތްގަނޑަކަށް ތިރީހަކަށް މައްސަލައިގެ ފައިލު އަޅުގަނޑު އަތުގައި އޮތެވެ. ދަންނަ މީހަކު، އަދި ކުރާނޭ ކަމެއްވެސް ނެތް ރަށެއް ކަމަށްވާތީ އަޅުގަނޑުގެ މަސައްކަތަކަށް އޮންނަނީ އެ ފައިލުތައް ކިޔުމެވެ. މައްސަލައެއް ތާވަލު ނުކުރާތީ އަޅުގަނޑު ޕީޖީ އޮފީހުގައިވެސް އެ ޝަކުވާ ދެންނެވީމެވެ. ޕީޖީ އޮފީހުންވެސް ކޯޓަށް ގުޅިކަމަށް ވެއެވެ.

މިގޮތަށް ހަފްތާއަކަށްވުރެ ގިނަ ދުވަސް ވެއަތުވީ ފަހުން އެ ރަށުގެ ހަރު އުމުރުގެ ބަޔަކާ ބައްދަލުވެ އަޅުގަނޑަކީ ކޮން ބޭނުމަކު އައިސްގެން އުޅޭ ކާކުކަން އެނގުމުން އެ ބޭބެމެން ބުންޏެވެ. ކޮއްކޮ ރަނގަޅުވާނީ އަވަހަށް މިރަށުން ފުރައިގެން ދިޔައިއްޔާ އެވެ. މިރަށު ކޯޓަކުން ތިޔައިން އެއްވެސް މައްސަލައެއް ނުބަލާނެ އެވެ. ބަލާކަށް ނުވެސް ކެރޭނެ އެވެ. މި ރަށު ކޯޓުގައި ބަލާނީ ހަމައެކަނި ވަރި ކައިވެނީގެ މައްސަލަތަކެވެ. ދެން އެއްވެސް ހިލާފެއް ނެތް، ވާރުތަ މުދަލުގެ މައްސަލަތަކެވެ. އެ ނޫން މައްސަލައެއް ބަލާކަށް މިރަށު ގާޒީއަކަށް ނުކެރޭނެ އެވެ. މި ރަށު ކޯޓަށް ހުށަހެޅިފައި ހުރީ މި ރަށުގެ އެންމެ 'ގަދަ' ޒުވާނުންނާ ގުޅޭ މައްސަލަތަކެވެ. އެމީހުން ދެކެ ގާޒީ ނުލާހިކު ބިރު ގަންނާނެ އެވެ. ތިޔައިން މައްސަލައެއް ތާވަލުނުކޮށްގެން އުޅެނީ އެހެންވެގެންނެވެ.

މި ވާހަކަ އަޅުގަނޑު ޕީޖީ އޮފީހުގައި ދެންނެވީމެވެ. އެކަމުގައި ޕީޖީ އޮފީހުން ފިޔަވަޅެއް އެޅުއްވީ ތޯއްޗެކެވެ. އޭގެ ދެތިން ދުވަހެއް ފަހުން ކޯޓަށް ހާޒިރުވުމަށް އަންގައިފި އެވެ. އެކަމަކު ހާޒިރުވާން ޖެހެނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ނާންގަ އެވެ. އެހެންވެ އަޅުގަނޑު ކޯޓަށް ދިޔައީ އަޅުގަނޑު ގެންގުޅުނު ތިރީހަކަށް މައްސަލައިގެ ފައިލުތައް ހިފައިގެންނެވެ. ފައިލުތައް ގެންދިޔައީ ދަތުރު ފޮށްޓެއްގަ އެވެ. ކޯޓަށް ވަނުމުން ގާޒީ ވިދާޅުވި އެވެ. މި ވަގުތު އަންނަން މި އަންގާލީ ހަމައެކަނި ބައްދަލުކޮށްލާށެވެ. މި ރަށުގައި ކަންތައްތައް އޮންނަ ގޮތް ކިޔައިދޭށެވެ. ދެން ކިޔައިދެއްވީ ރަށުގެ ޒުވާނުންގެ ނުރައްކާތެރިކަމާއި، އެ މީހުންނާ ގުޅޭ މައްސަލައެއް ބެލުމުގައި މެޖިސްޓްރޭޓަށް އޮތް ގޮންޖެހުންތަކުގެ ވާހަކަ އެވެ. އެއިން ކުއްޖަކު މާ ކުރީ ޒަމާނެއްގައި ރަށު އޮފީހަށް ހާޒިރުކުރެވުނީތީ ރަށު ކަތީބުގެ ގޯތީގައި ހުރިނަމަ ހުރިހައި ގަހެއް ހަލާކުކޮށް، ކަތީބު ދިރިއުޅުމަށް ނުކުޅަދާނަކުރި ވާހަކަ އެވެ. މެޖިސްޓްރޭޓު އެ ވާހަކަތައް ދެއްކެވީ ހަގީގަތުގައިވެސް ބިރުންކަން އަޅުގަނޑަށް ރީތިކޮށް ފެނެ އެވެ. އެހެންވެ އަޅުގަނޑުގެ ހިތުގައިވެސް ކުޑަ ބިރުވެރިކަމެއް ހިނގި އެވެ.

އެކަމަކުވެސް، މި މައްސަލަތައް ހުށަހެޅިފައި ހުރީތީ ބަލަންވާނެ ނޫންތޯއޭ ދެންނެވީމާ ވިދާޅުވި އެވެ. ތިޔަ ވާހަކަ ރަނގަޅެވެ. މި މައްސަލަތަކުގެ ތެރެއިން ދެ މައްސަލައެއް މިއަދު ބަލާނަމެވެ. އެކަމަކު، އެ މައްސަލަތަކުގެ އަޑުއެހުން ނިމުމާއެކު މި ރަށުން ފުރަންވާނެ އެވެ. އަދި އެކަން އެގޮތަށް ކުރަންޖެހެނީ އަޅުގަނޑުގެ ރައްކާތެރިކަމަށްޓަކައި ކަމަށް ވެސް ވިދާޅުވި އެވެ. ޖެހިގެން އޮތް ރަށު ކޯޓުގެ މައްސަލަތައްވެސް އަޅުގަނޑުގެ އަތުގައި ހުރުމާއެކު އެކަމަށް އެއްބަސްވީމެވެ.

އެ ދުވަހު މެންދުރުފަހު، ޖެހިޖެހިގެން ދެ އަޑުއެހުން ބޭއްވުނެވެ. އަޑުއެހުންތައް ނިމުނުއިރު، އަޅުގަނޑުގެ ފޮށިވެސް ހުރީ ކޯޓުގެ އިމާރާތަށް ގެނެސްފަ އެވެ. އެކަން ހިންގާލީ އަޅުގަނޑު މަޑުކޮށްގެން ހުރި ގޭގެ ވެރިމީހާ އެވެ. އަޑުއެހުން ނިމި، ގާޒީ އިޝާރާތްކޮށްލެއްވުމާއެކު، އޭނާ ދުއްވާ ވޭނުގެ ފަހަތުކޮޅު ވެއްދީ ކޯޓު އިމާރާތުގެ ތެރެއަށެވެ. އަޅުގަނޑުމެން ވޭނަށް އެރުމާއެކު ދެން އެ ދުއްވާލީ ރަށު ޖެޓީއާ ދިމާލަށެވެ. އޭރު މެޖިސްޓްރޭޓުގެ އަމުރުފުޅަށް ލޯންޗުވެސް އޮތީ ތައްޔާރީ ހާލަތުގަ އެވެ. ލޯންޗަށް އަރައިގެން އެ ނައްޓާލީ ޖެހިގެން އޮތް ރަށަށެވެ. މެޖިސްޓްރޭޓުގެ މޮޅު ރޭވުމާއި، ހަރުދަނާ ތަރުތީބުން ހީވީ ފިލުމެއްގެ ތެރޭގައި އުޅެވުނުހެންނެވެ.

މުޅި ކަންތައްގަނޑުގެ ހަބަރުދަބަރު އޮޅުން ފިލީ ފަހުންނެވެ. ހަގީގަތުގައި މާ ބޮޑު ނުރައްކަލެއް އޮތީކީ ވެސް ނޫނެވެ. އެ ރަށުގެ ނުލަފާ ސޮރަކު މާ ކުރީ ދުވަހެއްގައި މެޖިސްޓްރޭޓާ ދިމާކޮށްލީ އެވެ. އޭގެ ފަހުން އެ ބާވަތުގެ ކުދިން ދެކެ އެ މެޖިސްޓްރޭޓު މާބޮޑަށް ބިރު ގަންނަނީ އެވެ. އެ ދަތުރުގައި އަޅުގަނޑު ފަހުންވެސް އެރަށަށް ގޮސް އުޅުނީމެވެ. އެ މައްސަލަތަކުގެ މީހުންވެސް އެކި ތަންތަނުން ފެނެ އެވެ. އަޅުގަނޑަކާ އަޅައިގަނެގެން އެއިން މީހަކު ނޫޅެ އެވެ.

މުޅި އެ ދަތުރުގައި ވެސް އެ ކޯޓުގައި ހިނގީ އެ ދުވަހު އެ ބޭއްވި ދެ އަޑުއެހުމެވެ. އެ މައްސަލަތައްވެސް ނިންމާލެވުނީކީ ނޫނެވެ. ފަނޑިޔާރު ގަންނާކުރައްވާ ބިރަކުން އެ ރަށު ކޯޓުގައި ހުރި މައްސަލަތައް ހަމަ ހުރި ގޮތަށް ހުރީ އެވެ.

އެ ދަތުރުގައި ނޯޓު ކުރެވިފައި ހުރި އިތުރު ކަންތައްތަކެއްވެސް އެބަހުއްޓެވެ. އެ ވާހަކަތައް އެހެން ފަހަރަކަށް ބޭއްވީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox