ރަނގަޅު އޮފާއެއް ލިބިއްޖެނަމަ ކޭން އެނބުރި ޕްރިމިއާ ލީގަށް އަތުވެދާނެ

Mar 24, 2025, 3:51 AM
ރަނގަޅު އޮފާއެއް ލިބިއްޖެނަމަ ކޭން އެނބުރި ޕްރިމިއާ ލީގަށް އަތުވެދާނެ

މިއުނިކް (މާޗް 24) - ބަޔާން މިއުނިކަށް ކުޅެމުން އަންނަ އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން، ހެރީ ކޭން އަށް ރަނގަޅު އޮފާއެއް ލިބިއްޖެނަމަ އެނބުރި އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބަކަށް އަތުވެދާނެ ކަމަށް މީޑިއާ ރިޕޯޓްތަައް ބުނެފި އެވެ.

ޓޮޓެންހަމްގައި 20 އަހަރު ހޭދަކުރި، ކޭން، 31، މީގެ ދެ އަހަރު ކުރިން، 2023 ވަނަ އަހަރު ބަޔާނަށް ސޮއިކުރީ ޖުމްލަ އެކު، 110 މިލިއަން ޑޮލަރަށް އަރާ ޑީލެއްގަ އެވެ. ބަޔާނާ އެކު، ކޭން ސޮއިކުރި ކޮންޓްރެކްޓް އޮތީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އެކަމަކު، މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މި ސީޒަން ނިންމާލުމަށް ފަހު، ޕްރިމިއާ ލީގުން ރަނގަޅު އޮފާއެއް ލިބިއްޖެނަމަ، ކޭން، ކްލަބް ބަދަލުކުރުމުގެ ފުރުސަތު އެބައޮތެެވެ. އެންމެ ބޮޑު ވިސްނުމަކީ، އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ކުރިން، އިނގިރޭސި ފުޓްބޯޅައިގައި މަސައްކަތް ކުރުމެވެ.

މި ސީޒަނުގައި ކޭން ވަނީ ބަޔާނަށް ކުޅެދިން 37 މެޗުން 32 ގޯލު ޖަހައި، 11 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ކޭންގެ ސޮއި ހޯދަން އޭނާގެ ކުރީގެ ކްލަބް ޓޮޓެންހަމުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ލިވަޕޫލާއި އާސެނަލުން ވެސް ކޭންގެ ސޮއި ހޯދުމުގެ ރޭހަށް ވަނުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު، ކޭން އަކީ ކުރިން އާސެނަލްގެ ވާދަވެރި ޓޮޓެންހަމްގެ ކެޕްޓަން ކަމަށްވުމުން އޭނާ އާސެނަލް ޖޯޒީގައި ފެނުމުގެ ފުރުސަތު ކުޑަ އެވެ.

ޖަރުމަނު ފުޓްބޯޅައިގެ ލަނޑު ޖެހުމުގެ ގިނަ ރެކޯޑްތަކެއް މިހާތަނަށް ހަދާފައިވާ ކޭން ވަނީ، ބަޔާނަށް މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާއިރު، 82 މެޗުން 76 ގޯލު ޖަހައި، 23 ލަނޑު ޖަހަން ފުރުސަތު ހޯދައިދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox