ފިލިޕީންސް ޓީމު މިހާރު ވެސް އޮތީ ބަދަލުވެފައި: ސުޒޭން

Mar 24, 2025, 7:03 AM
ފިލިޕީންސް ޓީމު މިހާރު ވެސް އޮތީ ބަދަލުވެފައި: ސުޒޭން

ރާއްޖޭން މީގެ ހަތަރު އަހަރު ކުރިން ފިލިޕީންސާ ދެކޮޅަށް ކުޅުނުއިރު، އޮތް ޓީމާއި މިހާރު އޮތް ޓީމު ވެސް ވަނީ ބަދަލުވެފައި ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

ފިލިޕީންސާއި ރާއްޖޭން އެންމެ ފަހުން 2021 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު މެޗު ވަނީ 1-1 އިން އެއްވަރުވެފަ އެވެ. އެ ފަހަރު މެޗުތައް ކުޅެފައިވަނީ، ސެންޓްރަލައިޒްކޮށް ޔޫއޭއީގަ އެވެ. އޭގެ ކުރިން، ފިލިޕީންސާ ދެކޮޅަށް ކުޅުނީ ރާއްޖޭގައި ކުރިއަށްދިޔަ 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްގަ އެވެ. އެ ފަަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގައި ރާއްޖެ ވަނީ އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން 3-2 އިން ބަލިވެފަ އެވެ. މި ދެ މެޗަށް ބަލާއިރު ވެސް ފިލިޕީންސް ޓީމުން ވަރަށް ބޮޑު ބަދަލުތަކެއް ކުޅުންތެރިންނަށް ބަލާއިރު ފެނިގެންދިޔަ އެވެ.

"އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ސުޒޭން ބުނީ، އެކި ގައުމުތަކުގައި އުޅޭ ރަނގަޅު ކުޅުންތެރިން ގެނެސް ޓީމުގައި ޖަހައި، ނެޗުރަލައިޒް ކުޅުންތެރިންނާ އެކު ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތް އަބަދުވެސް ކުރާ އެއް ގައުމަކީ ފިލިޕީންސް ކަމަށެވެ. އަދި، މިހާރު އެކަން ބަންގްލަދޭޝް އިން ކުރަމުން އަންނައިރު، ސްރީ ލަންކާގައި އެ ގޮތަށް 11 ކުޅުންތެރިން ޓީމަށް ގެނެސްފައިވާކަން ސުޒޭން ފާހަގަކުރި އެވެ.

"ފިލިޕީންސަކީ އޭޝިއާ ތެރޭގައި އެންމެ ބޮޑަށް ފެށި އެއް ގައުމު، އެއީ ފިލިޕީންސަކީ ތަފާތު ތަންތަނުން ހަމަ ވަޒަންވެރިވެގެން އުޅޭ ބަޔަކަށް ވެފައި. ނެޗުރަލައިޒް ޕްލޭޔަރުން ހޯދައިގެން އެކަން އެބަކުރޭ. އެއީ ރާއްޖޭން އެންމެ ފަހުން ފިލިޕީންސާ ދުބާއީގައި ކުޅުނު މެޗާ އަޅާބަލާއިރު ވެސް ހަތަރެއް ނޫނީ ފަަހަކަށް ވުރެ ގިނަ ކުޅުންތެރިން ނެޗުރަލައިޒް ޕްލޭޔަރުން ބަަދަލުވެގެން ގޮސްފަ އެ އޮތީ،" ސުޒޭން ބުންޏެވެ.

"އަޅުގަނޑުމެން ދުބާއީގައި 2021 ގައި، (ކުޅުނީ،). އޭގެ ފަހުން ވެސް ހަތަރެއް ނޫނީ ފަސް ޕްލޭޔަރުން ބަދަލުވެފައި މި އޮތީ. އެހެންވީމަ ޖުމްލަކޮށް ދެންނެވޭނީ އަޅުގަނޑުމެންގެ ސްކޮޑަށް ބޮޑެތި ބަދަލުތަކެއް ނަޔަސް، އެ މީހުންގެ ހަަމަ ބަދަލުތައް އަންނަމުންނޭ އަބަދުވެސް ދާނީ،"

އޭޝިއަން ކަޕަށް ތައްޔާރުވުމަށްޓަކައި، ރާއްޖޭން މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭ އިންޑިއާއާ މެޗެއް ކުޅުނެވެ. ޝިލޯންގައި ކުޅުނު އެ މެޗުގައި އިންޑިއާ އަތުން 3-0 ގެ ނަތީޖާ އަކުން ރާއްޖެ ވީ ބައްޔެވެ. އެ މެޗުން ފެނިގެންދިޔަ އެއް ކަަމަކީ، ޓީމުގެ ފިޓްނަސްއާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތްކަން ކަމުގައި ސުޒޭން ދެކެ އެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުއްޓިފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވަނީ ވެފަ އެވެ. އެކަމަކު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ވަނީ މިދިޔަ އަހަރު ކުވައިތުގައި ކުރިއަށްދިޔަ އޭއެފްސީ ޗެލެންޖާސް ލީގުގެ ގްރޫޕް ސްޓޭޖުގައި ވާދަކޮށްފަ އެވެ. އަދި، ގައުމީ ފުޓްބޯޅަ ޓީމުން ވަނީ ބަންގްލަދޭޝްއާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗު ކުޅެފަ އެވެ.

ސުޒޭން ބުނީ، ފިޓްނަސް އަށް ބަލާނަމަ، އިންޑިއާ މެޗުން ޕޮޒިޓިވް ކަންތައްތަކެއް ޓީމުން ފެނިގެންދިޔަ ކަމަށެވެ. އަދި އެ މެޗުން އެއް ކަމެއް ކުޅުންތެރިން ދައްކުވައިދިން ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ.

"އިންޑިއާ މެޗުން އެއްކަމެއް ކުޅުންތެރިން ދައްކުވައިދީފި. އެއީ ވަރަށް ގިނަ ބަޔެއްގެ ވިސްނުން އޮތް ރާއްޖެ ޓީމުގެ ފިޓްނަސް، ލީގު ނުކުޅޭތީ މާ ރަނގަޅު ނުވާނެއޭ. ކުރިންވެސް އަޅުގަނޑު ފާހަގަކުރިން މި ޓީމުގައި ފިޓްނަސް މައްސަލަ އެއް (އެ ބުނާ ގޮތަކަށް) ނެތޭ." ސުޒޭން ބުންޏެވެ.

އެ ގޮތުން، ސުޒޭން މިސާލެއްގެ ގޮތުގައި ދައްކާފައިވަނީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ. ސުޒޭން ބުނީ، ފޭދޫ އިއްބެ އަކީ މިދިޔަ އަހަރަކަށް ވުރެ ގިނަ ދުވަހު ރަސްމީކޮށް އެއްވެސް މެޗެއް ކްލަބް ލެވަލްގައި ނުކުޅެ، އެ ޕްރެކްޓިސްތައް ވެސް ކޮށްފައިނުވާ ކުޅުންތެރިއެއް ކަމަށެވެ. އެކަމަކު، އިންޑިއާ މެޗުގެ ބޮޑުބައި އޭނާ ރަނގަޅަށް ކުޅުނުކަން ސުޒޭން ފާހަގަކުރި އެވެ.

ސުޒޭން ބުނީ ރާއްޖޭގެ ލީގު މެދުކެނޑިފައި އޮތް ނަމަވެސް ގިނަ ކުޅުންތެރިން ފިޓްނަސް މެއިންޓެއިންކުރުމަށް އަމިއްލަ އަށް މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަ ކޮށްފަ އެވެ.

"އިންޑިއާ މެޗުން އައި ޕޮޒިޓިވް އަކީ (އެއް ކަމަކީ) އެއީ. (މެޗުތަކެއް ނޫނީ ލީގެއް ނެތި) އެ މެޗު ކުޅުނު ކަމުގައި ވިޔަސް (އެ މެޗުން ދިމާވި) އިންޖަރީއެއް ނެތި މި ތިބީ،" ސުޒޭން ބުންޏެވެ.

އޭޝިއަން ކަޕަށް ކޮލިފައިވުމަށް ކުރާ މަސައްކަތުގައި ފުރަތަމަ ހަރުފަތް ގިރާކުރަން މި ޖެހެނީ ފިލިޕީންސާ ދެކޮޅަށް ނަތީޖާއެއް ނެރެގެން ކަމަށާއި އެކަމަށްޓަކައި ސަޕޯޓަރުން ދޭ ހިތްވަރާއި ހެޔޮދުއާ ވަރަށް މުހިންމުވާނެ ކަމަށް ސުޒޭން ވަނީ ބުނެފަ އެވެެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox