ރާއްޖޭގައި އުއްތަމަ ފަނޑިޔާރެއް އެބަހުރިތަ؟

އުއްތަމަ ފަނޑިޔާރު މުއިއްތަސިމް އަދުނާން. -- ފޮޓޯ: އަދަދު ނޫސް

އުއްތަމަ ފަނޑިޔާރު މުއިއްތަސިމް އަދުނާން. -- ފޮޓޯ: އަދަދު ނޫސް

އަދަދުގެ ޕޮޑްކާސްޓް "ދިވެހިރާއްޖެ" ޕްރޮގްރާމުގައި ކުރީގެ ބަންޑާރަ ނާއިބް ޑރ. އަހްމަދު އަލީ ސަވާދު ދެއްކެވި ވާހަކައިގައި ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހިމާޔަތްކުރުމަކީ އުއްތަމަ ފަނޑިޔާރުގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް ފެންނަނީ އެ ފަނޑިޔާރުންނަށް ބޭއިންސާފުން ފިޔަވަޅު އަޅަމުން ގެންދާއިރު ވެސް ޝިކާރައަކަށް ވާން ދޫކޮށްލާފައިވާ މަންޒަރު ކަމަށެވެ.

ޑރ. ސަވާދު ވިދާޅުވީ އުއްތަމަ ފަނޑިޔާރަށް ގާނޫނުގެ ދަށުން ލިބިފައި އޮތް ބާރުގެ ބޭނުން ނުކުރައްވައި ސުޕްރީމް ކޯޓުން ސަސްޕެންޑުކުރި ތިން ފަނޑިޔާރުންނަށް ދޭންޖެހޭ ރައްކާތެރިކަން ނުދެއްވާނަމަ އެހެން ފަނޑިޔާރުންނަށް ވެސް ކޮންމެ ފަދަ ކަމެއް ވެސް ކުރެވިދާނެ ކަމުގެ އިހުސާސް ކުރެވޭނެ ކަމަށެވެ. އެގޮތުން

"ފަސްޓް ލައިން އޮފް ޑިފެންސް، ލާސްޓް ލައިން އޮފް ޑިފެންސަށް ވާން ޖެހޭނީ ޗީފް ޖަސްޓިސް. އެވަރު ޕްރޮޓެކްޝަން ޗީފް ޖަސްޓިސްއަށް ދެން ތިއްބެވި ފަނޑިޔާރުންނަށް ނުދެވެންޏާ ދެން ކޮންމެފަދަ ކަމެއް ވެސް ފަނޑިޔާރުންނަށް ކުރެވިދާނެ ކަމުގެ އިހުސާސް ދެން ތިއްބެވި ފަނޑިޔާރުންނަށް ވާނެ،" ޑރ. ސަވާދު ވިދާޅުވެފައި ވެއެވެ.

Advertisement

ގާނޫނުއަސާސީއިން ދައުލަތުގެ ތިންބާރު ވަކިކޮށް އެއިން ކޮންމެ ބާރަކަށް އިސް ވެރިޔަކު އައްޔަންކޮށްފައި ވެއެވެ. އެ މަގާމުގައި ހުންނަ މީހަކަށް ބޮޑެތި އިއްޒަތާއި އިނާޔަތްތަކާއި ޝަރަފުދީފައިވެ އެވެ. ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ސިފައިންގެ ފައުޖެއް، ހަތިޔާރާއި އެކުގައި އެމީހެއްގެ ވަށައިގެން އަބަދުމެ އެނބުރެ އެވެ. އެއްގަމާއި ކަނޑާއި ވައިގެ މަގުން ދަތުރުކުރާއިރު އެމީހެއްގެ ފަހަތުންނާއި ކުރިން ސަލާމަތީ ހިދުމަތްތައް ހަރަކާތްތެރިވަނީ ލޯތައް ތަރަތަރަޖަހާފަދަ އަލިތަކާއި ތާޅަފިލިތަކާއެކު ޖަރީކުރެވިފައިވާ އުޅަނދުފަހަރާއި ޔުނިފޯމުތަކުގަ އެވެ. ހަނދާން ބަހައްޓަންޖެހޭ ކަމަކީ މި އިނާޔަތްތަކާއި ޝަރަފުލިބިދީފައި ވަނީ، ތިމާ އަދާކުރަންޖެހޭ ބުރަ މަސްއޫލިއްޔަތާ ގުޅިގެން އެކަމުގެ މުގާބިލުގަ އެވެ. ދައުލަތުން އެ ހަރަދުތައް އެކުރަނީ އެމީހެއްގެ ވާޖިބު އަދާކުރުމަށް ފަސޭހަކުރުމަށެވެ.

ދައުލަތުގެ އެއްބާރުގެ މިފަދަ އެއް ވެރިއަކީ އުއްތަމަ ފަނޑިޔާރެވެ. އޭނާގެ މަސްއޫލިއްޔަތު ފަނޑިޔާރުންގެ ގާނޫނުގައި ލިޔެވިފައިވެއެވެ. އެއީ:

  • (ހ) ގާނޫނުއަސާސީއާއި ގާނޫނުން ކަނޑައަޅާފައިވާ ކަންތައްތައް އިހްލާސްތެރިކަމާއެކު ތަންފީޒުކޮށް، ފަނޑިޔާރުންގެ އަމަލުތައްވެސް އެގޮތަށް ބެހެއްޓުމަށް ބާރުއެޅުން؛
  • (ށ) ޝަރުއީ މަރުހަލާގެ ދުރު ރާސްތާގެ ކުރިމަގު ބައްޓަންކުރާނެގޮތުގެ މިސްރާބާއި ލަނޑުދަނޑިތައް ކަނޑައެޅެން؛
  • (ނ) ޝަރުއީ ނިޒާމްގެ މިނިވަންކަމާއި މުސްތަގިއްލުކަން ހިފަހައްޓައި ތަރައްގީކުރުމުގެ ގޮތުން ކޯޓުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ މަގުދައްކައިދިނުން؛
  • (ރ) ހުރިހާ ޝަރުއީ އިދާރާތައް ގުޅިގެން ހިންގުންތެރިކަމާއެކު މަސައްކަތްކުރޭތޯ ބެލުން؛
  • (ބ) ކޯޓުން ޖަވާބުދާރީ ވާންޖެހޭ ކަންކަމުގައާއި ހާލަތްތަކުގައި އެ ކޯޓަކަށް އެހީތެރިވުން؛
  • (ޅ) ކޯޓުގެ ކަންކަން ހިންގުމުގައި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ، އާންމު އިދާރީ ކަންކަން ރާވައި ހިންގާ ފަރާތްތަކަށް ބޭނުންވާ މަޝްވަރާއާއި ލަފާ ދިނުން؛
  • (ކ) ގާނޫނުގެ ވެރިކަން ނަގަހައްޓައި، ހިމާޔަތްކޮށް ކުރިއެރުވުމަށާއި ރައްޔިތުންގެ ސަލާމަތާއި، ރައްޔިތުންގެ މަންފާއާއި، އާންމު މަސްލަހަތު ދިފާއުކުރަން މަސައްކަތްކުރުން؛
  • (އ) ކޯޓުތައް ހިންގުމަށް ބޭނުންވާ އެންމެހައި ގަވާއިދުތަކާއި އުސޫލުތައް ކަނޑައެޅުމުގައި އިސްކޮށް ހަރަކާތްތެރިވުން؛
  • (ވ) ކޯޓުން އަދާކުރުމަށް ހަމަޖެހިފައިވާ ގާނޫނީ އެންމެހައި ވާޖިބުތަކާއި ގާނޫނުއަސާސީންނާއި ގާނޫނުން އުއްތަމަފަނޑިޔާރު އަދާކުރުމަށް ކަނޑައަޅާ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރުން.

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެޓާރނީ ޖެނެރަލް އުޝާމު އާއި ޖޭއެސްސީ އާއި އެންޓިކޮރަޕްޝަންގެ ރައީސް ގުޅިގެން އެވަނީ ސުޕްރީމް ކޯޓުގައި ހިނގަމުންދާ ޝަރިއަތެއް ގަސްތުގައި ހުއްޓުވާފަ އެވެ. އެ މައްސަލަ ކާމިޔާބު ނުވެދާނެކަމަށް ބިރުން އެ ކޯޓުގައި ތިބި އެންމެ ގާބިލު އެންމެ މިނިވަން ތިން ފަނޑިޔާރުން ވަކިކޮށް ރައީސް މުއިއްޒު އާއި އާއި ބަންޑާރަ ނާއިބު އުޝާމް އެދޭ ގޮތަކަށް ހުކުމް ނެރެދޭނެ ފަނޑިޔާރުން އެ ކޯޓަށް ލެވޭނެ މަގުތައް އެގެންދަނީ ކޮށަމުންނެވެ.

އެކަމަކީ ގާނޫނުއަސާސީގެ 7 ވަނަ މާއްދާއާއި 8 ވަނަ މާއްދާއާއި 141 ވަނަ މާއްދާއާއި ހިލާފަށް ރައީސް މުއިއްޒު އާއި އެޓާރނީ ޖެނެރަލް އުޝާމު އާއި ޖޭއެސްސީއާއި އެންޓިކޮރަޕްޝަންގެ ރައީސް ހިންގާފައިވާ ކުށެކެވެ.

ކޯޓަށް ނުފޫޒު ފޯރުވައި ޝަރިއަތަށް ނުފޫޒު ފޯރުވުމަކީ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި އަދަބު ކަނޑައެޅިފައިވާ ކުށެކެވެ. އެ މާއްދާގައި ބުނެފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމަކީ ކުށެއް ކަމަށެވެ. ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން އޭނާއަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމަކީ ކުށެކެވެ. އަދި ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ މަގްސަދުގައި، އެކަން ކުރާ ކުރުމަކީ ވެސް ކުށެއް ކަމަށެވެ. އަދި ރަސްމީ އިދާރާތަކަށް ދޮގު ހެކި ދިނުމަކީވެސް ކުށެކެވެ. ޝަރިއަތަށް ނުވަތަ އަދުލުއިންސާފަށް ހުރަސް އެޅުމަކީވެސް ކުށެކެވެ. މި ހުރިހާކުށްތައް ރައީސް މުއިއްޒުއާއި އެޓާރނީ ޖެނެރަލް އުޝާމު އާއި ޖޭއެސްސީއާއި އެންޓިކޮރަޕްޝަންގެ ރައީސް ކުރިކަން އެނގިހުރެ އުއްތަމަ ފަނޑިޔާރު ބަހެއް ނުބުނެ ހުރުމަކީ މަގާމުގެ މަސްއޫލިއްޔަތުން އެއްކިބާވުން ނޫން ކަމަށް ނުބެލެވޭނެއެވެ.

ގައުމެއް އިސްލާހު ކުރެވޭނީ ގައުމުގެ ދަރިންގައި ގައުމީ ރޫހެއް ހުރެގެންނެވެ. ފިސާރިކެރޭ ބަޔަކަށް ވެގެންނެވެ. މިނިވަންކަމާއެކު ބަސްބުނަން ޖެހޭތަނުގައި ފަސްޖެހުމެއްނެތި ބަސްބުނެގެންނެވެ. ވަރުބަލިވެ ކަންނެތް ވެފައިވާ މީސްމީހުންނާއި ބޮޑުވަރިހަމަވެފައިވާ މީހުންނާއި އަމިއްލަ އެދުމުން ފޯވެފައިވާ މީހުން މަގާމުތަކުގައި ތިބެގެން ގައުމު ދާނީ ފަހަތަށެވެ. ގައުމީ މައްސަލަތައް ވާނީ ބޮޑެވެ. އޭގެ ގެއްލުމާއި އަސަރު ކޮންމެ ރައްޔިތަކަށް މިއަދު ނުލިބުނަސް، ތިމާއާއި ތިމާގެ ދަރީންނަށާއި އަންނަން އޮތް ޖީލުތަކަށް އޭގެ ނުބައި އަސަރުކުރާނެއެވެ. ދަރީންނެވެ!

ހޭލާށެވެ. ކެރޭށެވެ. ތިޔަ އަބުއި ކަމުގައި ގައުމު ފުނޑާނުލާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox