ޗެތުރީގެ ގޯލާ އެކު އިންޑިއާ އިން ރާއްޖެ ބަލިކޮށްފި

Mar 19, 2025, 3:24 PM
ޗެތުރީގެ ގޯލާ އެކު އިންޑިއާ އިން ރާއްޖެ ބަލިކޮށްފި

އޭޝިއަން ކަޕް ކޮލިފައިން އަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ މެޗުގައި މިރޭ ސުނިލް ޗެތުރީގެ ގޯލާ އެކު، އިންޑިއާ އިން 3-0 އިން ރާއްޖެ ބަލިކޮށްފި އެވެ.

މިއީ، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހަށް ފަހު އިންޑިއާ އިންޓަނޭޝަނަލް މެޗަކުން މޮޅުވި ފުރަތަމަ ފަހަރެެވެ. އަނެއްކޮޅުން މިއީ، އިންޑިއާ ގައުމީ ޓީމުން އާ ކޯޗު މަަނޯލޯ މާކުއޭޒްގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަަތަަމަ މެޗެވެ. އިންޑިއާގެ ފިރިހެން ފުޓްބޯޅަ ޓީމަށް މިދިޔަ އަހަރަކީ އެންމެ ރަނގަޅު އަހަރެއް ނޫނެވެ. އެ ޓީމުން ކުޅުނު، 11 މެޗުގެ ތެރެއިން މޮޅެއް ލިބިފައިނުވެ އެވެ. ފަސް މެޗުން އެއްވަރުވިއިރު، ހަ މެޗުން ވަނީ ބަލިވެފަ އެވެ.

މިރޭގެ މެޗުގައި އިންޑިއާގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ، އެ ޓީމުން ރިޓަޔާކުރިކަން މިދިޔަ އަހަރުގެ ޖޫން މަހު އިއުލާނުކުރި 40 އަހަރުގެ ފޯވާޑް، ޗެތުރީ އެވެ. އިންޑިއާގެ އެޓޭކް ލީޑުކުރަމުންދިޔައީ، ޗެތުރީގެ އިތުރުން ލިސްޓަން ކޮލާސޯ އެވެ.

ރާއްޖޭން ކައުންޓަ އެޓޭކުގައި ހަމްޒާ މުހައްމަދު (ހަމްޕު) އާއި އަލީ ފާސިރު (ސެންޓޭ) އަށް ދޭން ކުރިއަށް ބޯޅަތަކެއް ކުޅެ، އިންޑިއާ އޭރިއާތެރެއިން ބޯޅަ ފޮނުވާލެވޭތޯ ބަލަމުންދިޔަ ނަމަވެސް އިންޑިއާ އިން ވަނީ ރަނގަޅަށް ޑިފެންސްކޮށްފަ އެވެ.

އިންޑިއާ އިން ލީޑުނެގީ 34 ވަނަ މިނިޓްގަ އެވެ. ކޯނަރެއްގައި އޭރިއާތެރެއަށް ހުރަސްވި ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލީ ޑިފެންޑަރު، ރާހޫލް ބޭކޭ އެވެ. އެ ބޯޅަ ހުއްޓުވަން ރާއްޖޭގެ ކީޕަރު، ހުސެއިން ޝަރީފް (ހުސެން) އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

އޭގެ ކުރިން، ރާއްޖޭގެ އޭރިއާބޭރުން ލިބުނު ހިލޭ ޖެހުމަކުން ލިސްޓަން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

އިންޑިއާ ޓީމުގެ ސުރޭޝް އަތުން ބޯޅަ ހޯދަން ރާއްޖޭގެ ސެންޓޭ މަސައްކަތްކުރަނީ.

ދެ ވަނަ ހާފު ފަށައިގެން މިނިޓެއް ތެރޭގައި ލިބުނު ކޯނަރަކުން ނެގި ބޯޅައެއް ޗެތުރީ ވަނީ ބޮލުން ތިރީ ކަނަށް ފޮނުވާލެވޭތޯ މަސައްކަތަކޮށްފަ އެވެ. އެ ބޯޅަ ހުއްޓުވީ ގޯލުގެ ދަނޑީގައި ހުރި ހަމްޕު އެވެ. އޭގެ ފަހުން، އިންޑިއާގެ ފޯވާޑް، ފާރޫގު ޗޯދުރީ އަށް ގާތްގާތުގައި ދެ ފުރުސަތެއް ލިބި ބޭނުމެއް ނުކުރެވުނެވެ.

އިންޑިއާ އިން ދެ ވަނަ ގޯލު ޖެހީ ވެސް ކޯނަރަކުންނެވެ. މިއީ، މެޗުގެ 65 ވަނަ މިނިޓްގައި އޭރިއާތެރެެއަށް ކޯނަރަކުން މަހޭޝް ސިންގް ނަގައިދިން ބޯޅައަކުން ލިސްޓަން ބޮލުން ޖެހި ގޯލެކެވެ. މި ކޯނަރު ލިބުނީ އޭރިއާތެރެއިން ލިސްޓަން ހުސްކޮށް އަރައި ފޮނުވާލި ބޯޅައެއް ކީޕަރު ހުސެން މަތަކުރުމުންނެވެ.

އޭގެ ފަހުން، ރާއްޖޭން ތިން ބަދަލު ގެނަ އެވެ. ހުސެއިން ނިހާން (ނިހާޓް)، ހަސަން ނާއިޒު (ދާދު) އަދި ހަސަން ނަޒީމް (ޗޯޓު) ކުޅެން އެރި އެވެ. ރާއްޖޭން މެޗުގައި ލަނޑު ޖަަހަން އެންމެ ރަނގަޅު ފުރުސަތެއް ހޯދީ 72 ވަނަ މިނިޓްގަ އެވެ. ރާއްޖޭގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ހުސްކޮށްލާފައި އޭރިއާތެރެއަށް ނެގި ބޯޅައަށް އަރައި، ޗޯޓު ޖައްސާލި ބޯޅަ އަމާޒުވީ އިންޑިއާގެ ކީީޕަރު ވިޝާލް ކެއިތު އަތަށެވެ.

އިންޑިއާ އިން ތިން ވަނަ ގޯލު ޖެހީ 75 ވަނަ މިނިޓްގަ އެވެ. މިއީ، ލިސްޓަން ނެގި ބޯޅައަކުން ޗެތުރީ ބޮލުން ޖެހި ގޯލެކެވެ. ރާއްޖޭގެ ކެޕްޓަން، ސަމޫހު އަލީ (ސަމުއްޓެ) ކުރިމައްޗަށް ނެއްޓިލުމަށް ފަހު، ޗެތުރީ ބޮލުން ޖެހި ބޯޅަ ގޯލަށް ވަނީ ކީޕަރު ހުސެން އަތުގައި ޖެހިފަ އެވެ. މިއީ، ރާއްޖެ ކޮޅަށް ކުޅުނު އަށް މެޗުން ޗެތުރީ ޖެހި ނުވަ ވަނަ ގޯލެވެ.

މިއީ، އިންޑިއާ ގައުމީ ފިރިހެން ފުޓްބޯޅަ ޓީމުން ޝިލޮންގައި ކުޅުނު ފުރަތަމަ މެޗެވެ. މިއީ، ރާއްޖޭގެ މައްޗަށް އިންޑިއާ އިން ހޯދި 13 ވަނަ މޮޅެެވެ. މި ދެ ޓީމު ކުުޅުނު 19 މެޗުން ރާއްޖެ މޮޅުވީ ތިން މެޗުންނެވެ.

އޭޝިއަން ކަޕް ކޮލިފައިން ފުރަތަމަ މެޗުގައި އިންޑިއާ އިން މި މަހު 25 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ބަންގްލަދޭޝާ ކުޅޭއިރު، ރާއްޖޭން އެ ދުވަހު ރަށުންބޭރުގައި ފިލިޕީންސާ ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox