ޖޭއެސްސީ މެންބަރުންގެ ސުލޫކީ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް، ހުސެއިން ރިޒާ އާދަމް -- ފޮޓޯ: ރައީސް އޮފީސް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް، ހުސެއިން ރިޒާ އާދަމް -- ފޮޓޯ: ރައީސް އޮފީސް

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށް އެ ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ކުއްލިއަކަށް ބަލަން ނިންމައި، ސުޕްރީމް ކޯޓު ހުއްޓުމަކަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ގެނައީ ޖޭއެސްސީ މެންބަރުންނަށް ގާނޫނުން މަތިކޮށްފައިވާ ބާރުތައް ނުބައި ނިޔަތެއްގައި ބޭނުންކޮށް ކޯޓުތަކަށް އަތް ބޭނުމަށް ކަމަށް ބުނެ ޖޭއެސްސީ މެންބަރުންގެ ސުލޫކީ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ޑރ. އަޒްމިރާލްދާ ޒާހިރު އެވެ. އޭނާގެ މައްޗަށް ޖޭއެސްސީން ހިންގަމުންދާ ސުލޫކީ މައްސަލަތަކުގެ ތަހުގީގު ހިންގުމުގައި ޖޭއެސްސީގެ މެންބަރުން، އެ ކޮމިޝަނުގެ ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާން ކުރާ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާކަމަށް ބުނެ އެ މައްސަލަ ހުށަހެޅުއްވީ މިދިޔަ އާދީއްތަ ދުވަހު އެވެ.

މި މައްސަލައާ ގުޅޭ ގޮތުން ފަނޑިޔާރު އަޒްމިރާލްގެ ފަރާތުން ރަސްމީކޮށް ބަހެއް ލިބިފައި ނުވި ނަމަވެސް، ޖޭއެސްސީގެ މެންބަރުންގެ މައްސަލަ އޭނާ ހުށަހަޅުއްވާފައިވާ ކަމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައެއް މެންބަރުން ކަށަވަރުކޮށް ދިނެވެ.

އަޒްމިރާލްދާ މަޖިލީހުގެ އިދާރާއަށް ފޮނުވާފައިވާ ލިޔުން އަދަދު ނޫހަށް ލިބިފައިވެ އެވެ.

އޭގައި ބަޔާންކޮށްފައިވާ ގޮތުގައި، ރަނގަޅަށް ހިނގަހިނގައި އޮތް ސުޕްރީމް ކޯޓު ޖޭއެސްސީގެ އިސްނެގުމަށް ހުއްޓުމަކަށް ގެނެސް އެ ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ އާންމު އިޖުރާއަތުތަކުގެ ބޭރުންނެވެ.

ސުޕްރީމް ކޯޓުގެ މަސައްކަތަށް ހުރަސް އަޅައި ކުއްލި ގޮތަކަށް އެ ކޯޓުގެ ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލަން ނިންމީ ޖޭއެސްސީ މެންބަރުންނަށް ގާނޫނުން މަތިކޮށްފައިވާ ބާރުތައް ނުބައި ނިޔަތެއްގައި ކޯޓުތަކަށް ނުފޫޒު ފޯރުވުމަށްޓަކައި އަތް ބޭނުމަށް ކަމަށް އަޒްމިރާލްދާ ތުހުމަތު ކުރައްވާފައިވެ އެވެ.

އަޒްމިރަލްދާ ހުށަހެޅުއްވި މައްސަލައިގައި އިތުރަށް ވިދާޅުވެފައި ވަނީ:

  • ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގައި ގާނޫނީ ވަކީލުގެ އެހީތެރިކަން ހޯދުމުގެ ހައްގަށް ޖޭއެސްސީގެ މެންބަރުން ހުރަސް އަޅާފައިވާކަމަށް
  • އިންސާފުން އެއްކިބާވެ ހުރެ މައްސަލަ ބަލައި ވަކި ނަތީޖާއެއް ހާސިލު ކުރުމަށް ޖޭއެސްސީގެ މެންބަރުން މަސައްކަތް ކުރާ ކަމަށް
  • ފުރައްސާރަ ކުރުމުގެ ގޮތުން ކޮމިޝަނުގެ އިސްނެގުމަށް އެތައް އަހަރެއް ކުރިން ހިނގާފައިވާ ހާދިސާތައް ޖޭއެސްސީގެ މެންބަރުން ތަހުގީގު ކުރާ ކަމަށް
  • އިންސާފުން އެއްކިބާވެ ތިބެ ޖޭއެސްސީގެ މެންބަރުން މައްސަލަ ބަލާ ކަމަށް
  • އަޑު އެހުންތައް ޖޭއެސްސީގެ މެންބަރުން ސިއްރު ކޮށްގެން ކުރިއަށް ގެންދާ ކަމަށް

އަޒްމިރާލްދާ ތުހުމަތު ކުރައްވާފައި ވަނީ ޖޭއެސްސީން މަސައްކަތް ކޮށްފައި ވަނީ ފަނޑިޔާރުން ވަޒީފާއިން ވަކި ކުރުމަށް ނުވަތަ ވަކި ނުކުރެވޭ ނަމަ ފަނޑިޔާރުގެ ރިކޯޑު ހަޑި ކުރުމުގެ ނިޔަތުގައި ކަމަށެވެ.

އެހެންކަމުން، އަޒްމިރާލްދާ އެދިވަޑައިގެންފައި ވަނީ އެކަންކަމާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގައި ބަޔާން ކުރާ ސުލޫކާ ހިލާފުވި މެންބަރުންގެ ސުލޫކީ މައްސަލަ ބަލައި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފިޔަވަޅު އަޅައި ދިނުމަށެވެ.

މިކަމާ ގުޅޭ ގޮތުން މަޖިލީހުން ބަހެއް ނުބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑްރަގު ކެފޭއަކުން ހަ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ކެފޭއެއްގެ ގޮތުގައި ހިންގި އެޕާޓްމަންޓަކުން ހަ މީހަކު ހައްޔަރުކޮށް، އެ އެންމެން 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުންގެ އޮޕަރޭޝަނުގައި އެ ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާއިރު، ހައްޔަރުކުރި ހަ މީހުންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

ގެދޮރު އިމާރާތްކުރަން ލޯނު ނަގަން ބޭނުންވާ އިކުއިޓީއަށް އެހީއެއް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ޓްރަސްޓް ފަންޑެއްގައި ރައްކާކުރެވިފައެވެ.

އާންމު އުނދަގޫކުރާކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އުނދަގޫތަކަށް ހައްލެއް ނުލިބިގެން މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށް ކަމަށްވާއިރު، މި މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީހެއްގެ އުނދަގުލާ ހެދި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް

ހަޅުތާލުކުރާ މީހާ ބުނާގޮތުން، ދޮޅު އަހަރު ވަންދެން އެކި އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ވެސް އެކަމަށް އެދެވޭ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭނާ ބުނީ އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީސް ހަޅުތާލު ހުއްޓާނުލާނެ ކަމަށެވެ.

އައިޖީއެމްއެޗް މުވައްޒަފުންގެ ޕެޓިޝަނެއް ރައީސްއަށް

މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ހާޒިރީ އިނާޔަތް އެއްހަމަކުރުމަށާއި، ހޮނިހިރު ދުވަހާއި ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އިންސާފުވެރި އުޖޫރައެއް ހަމަޖައްސައިދިނުމަށެވެ. މީގެ ކުރިން ހުށަހެޅި ޕެޓިޝަނަށް ޖަވާބެއް ލިބިފައިނުވާތީ، މުވައްޒަފުން ވަނީ ޕޭ ހާމަނައިޒް ކުރުމުގައި އުނިވެފައިވާ ކަންކަން އިސްލާހުކޮށްދިނުމަށް އެދިފައެވެ.

ފުލުސް މީހާގެ ގައިގައި ޖެއްސީ 100 ކިލޯމީޓަރު ބާރަށް ދުއްވާފައި

"މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ."

ރަސްމާލޭގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ: ޒަމްޒަމް

ރަސްމާލޭގައި އީގަލް ހިލްސްއަށް ދޭ ސަރަހައްދުގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވި ކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ހާމަކޮށްފިއެވެ. މި މަޝްރޫއާ ގުޅޭގޮތުން ގިނަ އިލްމުވެރިންތަކެއްގެ ކަންބޮޑުވުން ހުރި އިރު، މިކަމާ ގުޅޭ 100 ސަފުހާގެ ރިޕޯޓެއް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox