ރޯދަ މަހު އުރީދޫ މޯލްޑިވްސް އިން ތައާރަފްކުރި ކަރާ ފެޅުން ޗެލެންޖަށް ފަހު ކަސްޓަމަރުންގެ މެދުގައި އުފެއްދުންތެރި އަދި މަޖާ މީމްތައް ސޯޝަލް މީޑިއާގައި ވަނީ ދައުރުވާން ފަށައިފަ އެވެ.
އެހެންވެ، އުރީދޫ އިން ވަނީ ކަރާ ފެޅުން މީމް ޗެލެންޖުގެ ނަމުގައި ޗެލެންޖެއް އިއުލާންކޮށްފަ އެވެ. އެ ޗެލެންޖުގައި އުރީދޫ އެޕް މެދުވެރިކޮށް ކަރާ ފެޅުމަށް ކަސްޓަމަރުން ކުރަމުންދާ ކަންކަމުގެ މަޖާ މީމްސް، ރީލް ނުވަތަ ޖިފް ބައިވެރި ކުރެވޭނެ އެވެ.
އުރީދޫ އިން ބުނީ ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް ކޮންސިއާޖް ގްރޫޕް މޯލްޑިވްސްގެ ފަރާތުން ބަޓީކް އެއާ މެދުވެރިކޮށް މެލޭޝިއާ ދެ ޓިކެޓް (ދެކޮޅު) ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ކަރާ ފެޅުން މީމް ޗެލެންޖް ގައި ބައިވެރިވުމަށް ހަދަން ޖެހޭ ގޮތް:
- އެންޓްރީ ސޯޝަލް މީޑިއާގައި ޕޯސްޓް ކުރުން.
- ހޭޝްޓެގް OoredooKaraaFelhun# ބޭނުންކުރުން.
- ooredoomaldives@ އަދި conciergegroupmaldives.mv@ ޓެގްކޮށްލުން.
- މާޗު 31، ވާ ބުރާސްފަތި ދުވަހުގެ 11:59 ގެ ކުރިން.
ރާއްޖޭގައި ބަޓިކް އެއާގެ އެކްސްކްލޫސިވް ޖެނެރަލް ސޭލްސް އެޖެންޓް ކޮންސިއާޖް ގްރޫޕް މޯލްޑިވްސް އިން އުރީދޫ މޯލްޑިވްސްއާ ގުޅިގެން މި ޗެލެންޖަށް ހުށައަޅާފައިވާ އިނާމާ އެކު އެ ޗެލެންޖު އިތުރަށް ފުރިހަމަވެގެންދާ ކަމަށް އުރީދޫ އިން ބުންޏެވެ.
އުރީދޫ އިން ބުނީ އެ ޗެލެންޖެ މެދުވެރިކޮށް ކަސްޓަމަރުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހުޅުވާލުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.











