ކޮލިފައިންގެ ކުރިން އިންޑިއާގެ މެޗު ލިބުމަކީ ނަސީބެއް: ސުޒޭން

ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ކޯޗު ސުޒޭން - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ކޯޗު ސުޒޭން - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ސައުދީ އަރަބިއްޔާގައި 2027 ވަނަ އަހަރު ބާއްވާ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ކުރިން އިންޑިއާއާ ދެކޮޅަށް މެޗެއް ކުޅެން ލިބުމަކީ ނަސީބެއް ކަމަށާއި މި މެޗުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަން ގައުމީ ޓީމުން ތިބީ ތައްޔާރަށް ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

މީގެ ކުރިން، "އަދަދު ސްޕޯޓްސް" އަށް ދިން ހާއްސަ އިންޓަވިއުގައި ސުޒޭން ވަނީ އޭޝިއަން ކަޕަށް ކޮލިފައިވުމުގެ އުންމީދު އެބައޮތް ކަމަށް ބުނެފަ އެވެ. އަދި ރާއްޖެ ހިމެނޭ ގްރޫޕުގައި އެޑްވާންޓޭޖް ނެގުމުގެ ފުރުސަތު ރާއްޖެ އަށް އޮތް ކަމަށް ވެސް ސުޒޭން ވަނީ ބުނެފަ އެވެ.

އޭޝިއަން ކަޕްގައި މި މަހު ފަހުކޮޅު ފިލިޕީންސްއާ ދެކޮޅަށް ރާއްޖެއިން ކުޅޭ މެޗުގެ ކުރިން ރާއްޖޭގައި ކުރާ އެންމެ ފަހުގެ ފަރިތަކުރުންތައް ރޭ ވަނީ ކުރިއަށްގެންގޮސްފަ އެވެ. މި ފަރިތަކުރުންތަކަށް ފަހު "އަދަދު ސްޕޯޓްސް" އާ ވާހަކަ ދައްކަމުން ސުޒޭން ބުނީ ކޮލިފިކޭޝަންގެ ކުރިން އިންޑިއާ ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ލިބުން އެއީ ނަސީބެއް ކަމަށެވެ.

ސުޒޭން ބުނީ ރާއްޖޭގައި ކުރިއަށްދިޔަ ފަރިތަކުރުންތަކުގައި ކުޅުންތެރިންގެ ފަރާތުން ވަރަށް ބޮޑު "ކޮމިޓްމަންޓެއް" ލިބުނު ކަމަށެވެ. ކުޅުންތެރިންގެ ފަރާތުން އެ ލިބުނު ފުރިހަމަ އެއްބާރުލުމަކީ، ކޮލިފިކޭޝަނަށް ދާއިރު، ލިބުނު ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް ސުޒޭން ދެކެ އެވެ.

ސުޒޭން ބުނީ ޕްރެކްޓިސްކޮށްގެން ކަންކަން ރަނގަޅު ކުރުމަށްވުރެ، މެޗަކުން ކަންކަން ރަނގަޅު ކުރުން މާ ބޮޑަށް ރަނގަޅުވާނެ ކަމަށާއި، މީގެ ބޭނުން އެންމެ ހިފަން ރާއްޖެއިން ތިބީ ތައްޔާރަށް ކަމަށެވެ.

"ކޮންމެ ގޮތެއް ވިޔަސް މިހާރު ޕްރެކްޓިސްކޮށްގެން ކަންކަން ރަނގަޅު ކުރުމަށްވުރެ މެޗަކުން އެ ބަލާ ކަންކަން ރަނގަޅު ކުރުން މާ ރަނގަޅުވާނެ ކޮމްޕެޓިޓިވް މެޗަކަށް ދާއިރު. މީގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަން އަޅުގަނޑުމެން މަސައްކަތް ކުރާނަން." ސުޒޭން ފާހަގަ ކުރި އެވެ.

"މީގަ އިންޑިއާ އަކީ ސަރަހައްދީ ފެންވަރުގައި ސުޕަ ޕަވާގެ ގޮތުގައި ފާހަގަކުރާ ބައެއް ފުޓްބޯޅައިގައި. އެހެން ނަމަވެސް އެ މީހުން ސުޕަ ލީގު ކުޅުނަސް، ރާއްޖޭގައި ލީގު ނެތް ކަމުގައި ވިޔަސް، ދިވެހި ފުޓްބޯޅަ ވަރަށް ސްޓްރަގަލް ކުރާ ދަނޑިވަޅެއް ކަމުގައި ވިޔަސް ވެސް ކުޅުންތެރިން އެ ތިބި ފެންވަރަށް ބަލާއިރު އެ މީހުންގެ ފަރާތުން ޕްރެކްޓިސްގައި މި ފެންނަ ކޮމިޓްމަންޓަށް ބަލާއިރު، އަޅުގަނޑުމެން މާޔޫސްވާންޖެހޭ އެއްވެސް ކަމެއް ނެތް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،"

ރާއްޖޭގައި އަހަރަކަށްވުރެ ގިނަ ދުވަސް ފުޓްބޯޅަ ސީޒަން ނުފަށައި ދިޔަ ނަމަވެސް ސުޒޭން ހުރީ ކުޅުންތެރިންގެ ކޮމިޓްމެންޓާ މެދު ހިތްހަމަ ޖެހިފަ އެވެ.

"މި ކުޅުންތެރިންނާ އެއްކޮށް ގޮސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގައުމަށްޓަކައި ކުރެެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން،" ސުޒޭން ބުންޏެވެ.

ޝިލޯންގައި އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މި މަހު 19 ވަނަ ދުވަހު އެވެ.

ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުތަކުން އިންޑިއާ ވަނީ 15 މެޗުން މޮޅުވެފަ އެވެ. ހަތަރު މެޗުން ރާއްޖެ މޮޅުވިއިރު، ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެންމެ ފަހުން، މި ދެ ޓީމު ބައްދަލުކުރީ 2021 ވަނަ އަހަރު މާލޭގައި ކުޅުނު ސާފް ޗެމްޕިއަންޝިޕްގަ އެވެ. އެ މެޗުން އިންޑިއާ ވަނީ 3-1 އިން ރާއްޖެ ބަލިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox