އަދުލުއިންސާފު ގާއިމުކުރުމުގެ ބާރު ނެތިކޮށްލުމަށް މުއިއްޒު ދިން ހަމަލާ

އަދުލުއިންސާފު ގާއިމުކުރުމުގެ ބާރު ނެތިކޮށްލުމަށް މުއިއްޒު ދިން ހަމަލާ

ދައުލަތުގެ އެއްބާރު ކަމުގައިވާ އަދުލުއިންސާފު ގާއިމުކުރުމުގެ ބާރު ނެތިކޮށްލުމަށް ރައީސް މުއިއްޒު ހަމަލާދީފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ބާރު ނެތިކޮށްލުމަށް އޭނާ ރައްޔިތުންގެ މަޖިލީހަށް ދިން ހަމަލާ ދިފާއުކުރެވޭނެ އެހެން އެއްވެސް ގޮތެއް ނުފެނުމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބަނދެލުމަށް ފާސްކުރި ގާނޫނު ކޯޓުން ބާތިލުކޮށްފާނެ ކަމުގެ ބިރު ހީވެގެންނެވެ. މަޖިލީހުގެ މެންބަރުން ބަނދެލުމުގެ ގާނޫނު ދިފާއުކުރެވެން އޮތް ހަމައެކަނި ގޮތަކީ ފަނޑިޔާރުގެ ހޯޖާކުރުން ކަމަށް ރައީސް މުއިއްޒުއަށް ގަބޫލުކުރެވުނީ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މިނިވަންކަމާއި ފަނޑިޔާރުގޭގެ މިނިވަންކަން ނިގުޅައިގަތުމަށް ރައީސް މުއިއްޒުއަށް މަޖުބޫރުވީ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންތަކެއްގެ ތާއީދު ގެއްލި، މި ދައުރު ނިމެންދެން ވެރިކަމުން ނުވެއްޓި، ވެރިކަމުގެ ގޮނޑީގައި އެލިގަނެގެން އޮވެވޭނެ ހަމައެކަނި މަގަކީ ދައުލަތުގެ އަނެއް ދެ ބާރުގެ ވާގި ނައްތާލައިގެން ކަމަށް އޭނާއަށް ޔަގީންކުރެވުނީ އެވެ.

ސަބަބަކީ ރައްޔިތުންގެ ތާއީދު ގެއްލުން

ދައުލަތުގެ ހަމަހަމަ ތިންބާރުގެ ތެރެއިން ދެބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގައި ތަޅުއަޅުވައި، ކޯޓުތައް ވާގިނައްތާލުމުގެ ފިޔަވަޅުތަކަށް ރުޖޫއަވާން ރައީސް މުއިއްޒުއަށް މަޖުބޫރުވީ ރައްޔިތުންގެ އިތުބާރާއި ތާއީދު ގެއްލުމުންނެވެ. އިތުބާރާއި ތާއީދު ގެއްލުނީ ވައުދުތައް ފުއްދޭނެ ގޮތެއް ނެތިގެންނެވެ. އަނގަޔަށް އައިހާ ވައުދެއް ވަމުން ދިޔައިރު މި ހާލަތާ ކުރިމަތިލާން ޖެހޭނެކަން ނޭނގުނުކަމީ ސިކުނޑިގެ އުނިކަމެކެވެ. އިތުބާރާއި ތާއީދު ގެއްލުނީ ދައުލަތުގެ މުއައްސަސާތަކުންނާއި ދައުލަތުގެ ކުންފުނިތަކުން ވައްކަންކުރާ މިންވަރު އިތުރުވުމުންނެވެ. އިތުބާރާއި ތާއީދު ގެއްލުނީ ސިޔާސީ މުވައްޒަފުންގެ އަދަދު އިންތިހާއަށް ގިނަވެ، އެއީ އެއްވެސް މަސައްކަތެއް ނެތި މުސާރަނަގާ ބައެއްގެ ގޮތުގައި ތިބުމުންނެވެ. އިތުބާރާއި ތާއީދު ގެއްލުނީ އިގްތިސާދު ރާވައި ހިންގަން ނޭނގި މީސްމީހުންގެ އަތުގައި ހުރި ބޭރު ފައިސާ ގަދަކަމުން ދައުލަތަށް ނަގަން ފެށުމުންނެވެ. އިތުބާރާއި ތާއީދު ގެއްލުނީ މާލޭގެ ރައްޔިތުންނަށް ލިބިފައިވާ ގޯއްޗާއި ފްލެޓުތައް ނުދިނުމުންނެވެ. އެކަން ކުރާނެ ގޮތެއް ނޭނގިގެންނެވެ. ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ އިޖްތިމާއީ ބަލިތަކަކީ އެއްދުވަހު ހެނދުނު ހަދާ ހަރުކަށި ގަވާއިދަކުން ހައްލުކުރެވޭނެ ކަމެއް ނޫންކަން ވިސްނައިގަނެވޭނެ ތެތްކަން ބޮލުގައި ނެތުމުންނެވެ. ރަށްރަށަށް ވެފައިވާ ވައުދުތައް ނުފުއްދުނު ތަނުގައި ރަށްރަށުގައި ހިނގަމުންދާ މަޝްރޫއުތައް ހުއްޓުމުގެ ނަތީޖާއަކީ ޕީއެންސްސީއަށް ނިސްބަތްވާ މަޖިލީހު މެންބަރުންނަށް އެ މީސްމީހުންގެ އިންތިހާބީ ދާއިރާތަކަށް ދާންނުކެރޭ ހިސާބަށް ގޮސް އެ މެންބަރުން ރައްޔިތުންގެ ޕްރެޝަރަށް ވެއްޓުމުންނެވެ. މަޖިލީހުގެ ޕީއެންސީ މެންބަރުން ޕްރެޝަރަށް ވެއްޓުމުން ރައީސް އަދި ވަޒީރުން މަޖިލީހުގެ މެންބަރުން ފޮނުވާ މެސެޖަށް ޖަވާބު ނުދޭތީވެ، ޕީއެންސީގައި ދެމިތިބެގެން ރައްޔިތުންގެ ކުރިމައްޗަށް އެ މެންބަރުންނަށް އެރޭނެ ގޮތެއް ނެތެވެ. މަޖިލީހުގެ މެންބަރުން ބަންނަން ގާނޫނު ފާސްކުރަންޖެހުނީ މިހެންވެގެންނެވެ. މުއިއްޒު ގަބޫލުކުރަންޖެހޭ ހަގީގަތަކީ ތިމާ މީހާއަށް ރައްޔިތުން ދިން އިތުބާރާއި ތާއީދު ގެއްލުމުން މުޅި ދައުލަތުގެ ނިޒާމު ފުނޑާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އޮތް ބާރެއް ނޫންކަމެވެ. މީސްމީހުންގެ ބޮލުގައި ދޮގު އިލްޒާމު އަޅުވައިގެން ދައުލަތުގެ ނިޒާމު ރޫޅާލައިގެން ވެރިކަމުގައި ދެމިހުރެވޭނީ މަދު ދުވަސްކޮޅަށެވެ. ރައީސް ޔާމީނަށް އެވަނީ އެކަން ތަޖުރިބާ ކުރެވިފައެވެ.

މިފަހަރު ދިން ހަމަލާތައް ވަރަށް ތަފާތު

2008 ގެ ގާނޫނުއަސާސީ އަށް އަމަލުކުރަން ފެއްޓި ފަހުން އެކިފަހަރު މަތީން އެކި ރައީސުން ރައްޔިތުންގެ މަޖިލީހަށާއި ކޯޓުތަކަށް ހަމަލާ ދީފައިވެ އެވެ. ނަމަވެސް މިފަހަރު ރައީސް މުއިއްޒު ދައުލަތުގެ އަނެއް ދެބާރަށް ދިން ހަމަލާ ވަރަށް ތަފާތެވެ. މިފަހަރު ތަފާތުވާ ސަބަބަކީ ދައުލަތުގެ ދެ ބާރެއް ބުޑުން ކަނޑާލައި އަނގަވަތަށް ވައްޓާލުމެވެ. ސިފައިން މެދުވެރިކޮށް ރައްޔިތުންގެ މަޖިލިސްގެ މެންބަރުން މަޖިލީހުގެ ގެއަށް ވަދެވުނަ ނުދީ ރައީސް ޔާމީނު މަޖިލީހުގައި ތަޅުއެޅުވި ނަމަވެސް ގާނޫނުއަސާސީ ވީދައެއް ނުލައެވެ. މާނައަކީ އެކަންކުރީ ގާނޫނުއަސާސީއާ ނުކުޅެއެވެ. ރައީސް މުއިއްޒު މަޖިލީހުގެ މައްޗަށް އަތްފޯރުވީ ގާނޫނުއަސާސީ ވީދާލުމަށްފަހުގަ އެވެ. މީގެ ކުރިން ރައީސް ޔާމީނު ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނެގި ނަމަވެސް، މިފަހަރު ރައީސް މުއިއްޒުއެކަން ކުރީ ސުޕްރީމް ކޯޓުގައި ހިނގަމުންދާ ޝަރިއަތެއް ހުއްޓުވައި އޭނާ ބޭނުންވާ ގޮތަކަށް އެ މައްސަލައިގައި ހުކުމެއް ނެރުމަށެވެ.

Advertisement

ގާނޫނުއަސާސީއިން ގާއިމުކޮށްފައި އޮތް ވެރިކަމުގެ ނިޒާމު

ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ދައުލަތުގެ ބާރުތައް މައިގަނޑު ތިން ބާރެއްގެ މައްޗަށް ސާފުކޮށް ބައިކޮށް، އެއިން ކޮންމެ ބާރެއްގެ ހުދޫދަކީ ކޮބައިކަން ބަޔާންކޮށްދީފަ އެވެ. އެއްވެސް ބާރަކަށް އަނެއް ބާރުގެ މިނިވަންކަން ގެއްލޭފަދަ ގޮތަކަށް އަމަލުކުރުން ގާނޫނުއަސާސީއިން ވަނީ މަނާކޮށްފަ އެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/11 ގަޒިއްޔާގެ ހުކުމުގައި ބުނެފައިވަނީ "ދައުލަތުގެ ކޮންމެ ބާރަކުންވެސް އެ ބާރަކާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައް އެއްވެސް ނުފޫޒަކާ ނުލައި އަދާކުރަމުން ގެންދިއުން ކަށަވަރުކޮށްދޭ ގޮތުގެ މަތީން، އަދި އެއްބާރުން އަނެއް ބާރުގެ އިޚްތިސާސްގެ ތެރެއަށް ވަދެ ބާރުތަކުގެ މެދުގައި ގާއިމުވެފައިވާ ދުސްތޫރީ އިންތައް ފަހަނައަޅައި ގޮސް އެބާރުތަކުގެ މުސްތަގިއްލުކަން" ގެއްލޭފަދަ ގޮތަކަށް އަމަލުނުކުރެވޭނެ ކަމަށެވެ.

ރައީސް މުއިއްޒުގެ މައްޗަށް އުފުލޭނެ ދައުވާތައް

ރައީސް މުއިއްޒުއާއި އޭނާއަށް އަޅުދާސްވެފައި ތިބި އެންމެންގެ މައްޗަށް ކޮންމެވެސް ވަގުތަކު ދައުވާ އުފުލޭނެ އެވެ. ގާނޫނުއަސާސީއިން އުފައްދާފައިވާ ދައުލަތުގެ ދެ ބާރުގެ މިނިވަންކަން ނަގާލައި އެ ދެބާރުގެ މައްޗަށް އަރައިގަނެ އެ ދެ ބާރުގެ މައްޗަށް ކޮންޓްރޯލްނަގައި ގާނޫނުއަސާސީއަށް ހިޔާނާތްތެރިވުމުގެ ދައުވާ އެވެ. އަސްލެއް ނެތް ދައުވާތަކެއް އުފައްދައިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ބްލެކް މެއިލްކޮށް، ހިނގަމުން ދިޔަ ޝަރިއަތެއް ރޯމާ ދުވާލު ނުފޫޒު ބޭނުންކޮށްގެން ހުއްޓުވުމުގެ ދައުވާއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox