ވިކްޓަރީ ފުރަތަމަ ޑިވިޝަނަށް އެނބުރި އައުން ވަރުގަދަކޮށް

Mar 9, 2025, 12:20 PM
ރޭ ބޭއްވި ވިކްޓަރީގެ ޕްރީ ސީޒަން ޕްރެކްޓިހުގެ ތެރެއިން.--- ފޮޓޯ: މިރާޝް ނާޝިމް / އަދަދު ސްޕޯޓްސް

ރޭ ބޭއްވި ވިކްޓަރީގެ ޕްރީ ސީޒަން ޕްރެކްޓިހުގެ ތެރެއިން.--- ފޮޓޯ: މިރާޝް ނާޝިމް / އަދަދު ސްޕޯޓްސް

ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލަ އާއި އެޑްމިނިސްޓްރޭޓިވް މައްސަލަތަކާ ހެދި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ރާއްޖޭގެ ފުޓްބޯޅައިގެ ގަދަބާރު، ވިކްޓަރީ ސްޕޯޓްސް ކްލަބް ސަސްޕެންޑްކުރީ 12 ޑިސެމްބަރު 2019 ގަ އެވެ. ފަންސާސް އަހަރަށް ވުރެ ގިނަ ދުވަސްވީ ވިކްޓަރީގެ ހަޔާތުގައި، 1021 ދުވަހު ސަސްޕެންޝަނެއްގައި އޮތުމަށް ފަހު، އަލުން ނުކުމެވޭގޮތްވީ 2022 ވަނަ އަހަރު ޖުލައި މަހު އެވެ.

ދެ ވަނަ ޑިވިޝަނުގައި ފުރަތަމަ ކުޅުނު ފަހަރު ރަނގަޅު ޓީމެއް އެކުލަވާލަން ވަގުތެއް ނުލިބި، ލިބުނު ފުރުސަތުގެ ތެރޭގައި ތައްޔާރުކުރި ޓީމަށް ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވޭގޮތްނުވެ ކެޓީ އެވެ. ފުރަތަމަ ފަހަރުގެ އެ ތަޖުރިބާގެ އަލީގައި ވިކްޓަރީން ދެ ވަަނަ ފަހަރަށް ދެ ވަަނަ ޑިވިޝަނުގައި ކުޅެން ނުކުތީ ފުރިހަމަ އަށް ތައްޔާރުވެގެންނެވެ. ވިކްޓަރީން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވީ، އެންމެ ފަހުން ބޭއްވި ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ވާދަވެރި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް، އެ ޓީމު ކަޓުވާލުމަށް ފަހު އެވެ.

ވިކްޓަރީން ރޭ ބޭއްވި ޕްރީ ސީޒަން ޕްރެކްޓިހުގެ ތެރެއިން.---- ފޮޓޯ: މިރާޝް ނާޝިމް / އަދަދު ސްޕޯޓްސް

ފަސް އަހަރަށް ފަހު، ވިކްޓަރީން ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ތައްޔާރުވަމުން އަންނައިރު، ކުރިއަށް އޮތް ސީޒަނަށް އެ ޓީމުން ވަނީ ވަރުގަދަ ސްކޮޑެއް އެކުލަވާލައިފަ އެވެ.

ފުރަތަމަ ޑިވިޝަނުގެ ގިނަ ޓީމުތަކެއްގެ ތަޖުރިބާ ހުރި ކޯޗު މުހައްމަދު އާތިފް (އާތީ)ގެ އިރުޝާދުގެ ދަށުން މި ސީޒަނުގައި ވާދަކުރާ ވިކްޓަރީން ޕްރީ ސީޒަން ޕްރެކްޓިސް ރޭ ވަނީ ފަށައިފަ އެވެ. މިއީ، އާތީ ވިކްޓަރީގެ ބެންޗުން ފެންނަ ދެ ވަނަ ފަހަރެވެ. މީގެ ކުރިން، 2014 ވަނަ އަހަރު ވެސް އޭނާ ވަނީ ވިކްޓަރީ ކޯޗަކަށް މަސައްކަތްކޮށްފަ އެވެ.

މިއީ، ދެ ވަަނަ ޑިވިޝަނުން އައި ޓީމަކަށް ފުރަތަމަ ޑިިވިޝަނުގައި އާތީ ކޯޗުކޮށްދޭނެ ތިން ވަނަ ފަހަރެވެ. މީގެ ކުރިން، އޭނާ ވަނީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާއި ކްލަބް ވެލެންސިއާ އިން ފުރަތަމަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ ސީޒަނުގައި އިރުޝާދުދީފަ އެވެ. އެހެންކަމުން، ފުރަތަމަ ޑިވިޝަނުގައި ވިކްޓަރީން ވަރުގަަދަ އަށް ފައިތިލަ ސާބިތުކުރަން ކުރާ މަސައްކަތުގައި އާތީ އަށް ރަނގަޅު މަސައްކަތެއް ކުރެވޭނެކަން މާޒީގައި އޭނާ ކޮށްފައި ހުރި ކަންކަމުން ހެކިދެ އެވެ.

ވިކްޓަރީގެ މެނޭޖްމަންޓުން ވެސް އަމާޒުހިފާފައިވަނީ، ކުރިއަށް އޮތް ސީޒަނަކީ އެ ޓީމުގެ ފެނުން ދިވެހި ފުޓްބޯޅައިގައި ވަރުގަދަ އަހަރަކަށް ހެދުމަށެވެ.

އެ ގޮތުން، ރަނގަޅު ވާދައެއްކޮށް ކާމިޔާބަށް ވެސް އަމާޒުހިފުމަށްޓަކައި، ފުރަތަމަ ޑިވިޝަނަށް ވިކްޓަރީން ވަނީ ވަރުގަދަ ސްކޮޑެއް އެކުލަވާލައިފަ އެވެ. ދެ ވަނަ ޑިވިޝަނުގައި ވެސް ވިކްޓަރީ އަށް ކުޅެދިން، ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި މުހައްމަދު އުމެއިރު މި ފަހަރު ވެސް ފެންނާނީ އެ ޓީމުންނެވެ.

ވިކްޓަރީ ޕްރެކްޓިހުގެ ތެރެއިން ބިޗަޑް: އޭނާ ވަނީ މީގެ ކުރިން ފުރަތަމަ ޑިވިޝަނުގައި މަހިބަދޫ، ވެލެންސިއާ އަދި ނިއު ރޭޑިއަންޓަށް ކުޅެފައި.--- ފޮޓޯ: މިރާޝް ނާޝިމް / އަދަދު ސްޕޯޓްސް

ވިކްޓަރީން ސޮއި ހޯދި ކުޅުންތެރިންނަށް ބަލާއިރު، ވިކްޓަރީ ހިމެނޭހެން ފުރަތަމަ ޑިވިޝަނުގެ ގިނަ ޓީމުތަކަކުން ފެނުނު އަލީ ޝާމިސް (ތޮއްޕޭ)ގެ އިތުރުން، ނިއު ރޭޑިއަންޓާއި ވިކްޓަރީ އަށް ކުރިން ކުޅުނު އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް)، ޓީސީ އަށް ކުޅުނު މުހައްމަދު ސާދު ނިޒާރާއި ނަޝާހު އަހުމަދު (ނައްޓު)، ކްލަބް ވެލެންސިއާގައި ހުރި ހަސަން ސުފިޔާން (ސޫފީ)، މާޒިޔާ އާއި ވެލެންސިއާ އަށް ކުޅުނު އަމްދާން އަލީ (އެންޑީ)، ކުރިން ވިކްޓަރީ އަށް ކުޅެ، އެންމެ ފަހުން އީގަލްސް އިން ފެނުނު އަހުމަދު ހަސަން (އައްމަޑޭ) ހިމެނެ އެވެ.

އަންނަ މަހުގެ އަށް ވަނަ ދުވަހު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަން ތާވަލުކޮށްފައިވާއިރު، މި ވަގުތު ޕްރީ ސީޒަން ޕްރެކްޓިސް ކުރަމުން އަންނަނީ، ލީގު ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި އޮޑި ސްޕޯޓްސް ކްލަބް، ވިކްޓަރީ އަދި ކްލަބް އީގަލްސް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox