ބަޔާން، ލެވަކޫސަން އަދި ޑޯޓްމަންޑަށް ވެސް ނާކާމިޔާބު

Mar 8, 2025, 7:48 PM
ބަޔާން، ލެވަކޫސަން އަދި ޑޯޓްމަންޑަށް ވެސް ނާކާމިޔާބު

މިއުނިކް (މާޗް 9) - ޖަރުމަނު ލީގުގެ ވަރުގަދަ ތިން ބާރު ކަމަށްވާ ބަޔާން މިއުނިކާއި ބަޔާ ލެވަކޫސަން އަދި ބޮރޫޝިއާ ޑޯޓްމަންޑުން މިރޭ ކުޅުނު މެޗުތަކުން ބަލިވެއްޖެ އެވެ.

މިއީ، މި ތިން ޓީމު ޖަރުމަނު ލީގުގެ އެއް ހަފްތާގެ މެޗު ދުވަހެއްގައި، މިދިޔަ 18 އަހަރު ދުވަސް ތެރޭ ބަލިވި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން މި ތިން ޓީމު އެއް މެޗުޑޭއެއްގައި ބަލިވީ، 2006/2007 ވަނަ ލީގު ސީޒަނުގަ އެވެ.

ބަޔާނުން މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނުއިރު، ބޮކުމް އަތުން ބަލިވީ 3-2 އިންނެވެ. އަމިއްލަ ދަނޑުގައި ލެވަކޫސަނުން ވާޑާ ބްރެމަން އަތްދަށުވީ 2-0 އިންނެވެ. އަދި، ޑޯޓްމަންޑުން ކުޅުނު މެޗުގައި އޮއުސްބާގް އަތުން ބަލިވީ 1-0 އިންނެވެ.

Advertisement

ލީގުގެ އެއް ވަނައިގައި ބަޔާން އޮތީ 25 މެޗުން 61 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލެވަކޫސަނަށް 25 މެޗުން ލިބިފައިވަނީ، 53 ޕޮއިންޓެވެ.

ބަޔާނުން 125 ވަނަ އަހަރީ ދުވަސް ފާހަގަކުރާ މުނާސަބަތާ ގުޅުވައިގެން ހަރަކާތްތަަކެއް ބާއްވައި ކުޅުނު މެޗުގައި ދެ ގޯލުގެ ލީޑެއް ނެގި އެވެ. މެޗުގެ ފުރަތަމަ 28 މިނިޓް ތެރޭ ބަޔާންގެ ދެ ގޯލު ވެސް ޖެހީ ޕޯޗުގީސް ފުލްބެކް، ރަފައެލް ގަރޭރޯ އެވެ.

މެޗުގެ ތެރެއަށް އެނބުރި ވަނުމަށް ބޮކުމް އިން ފުރަތަމަ ގޯލު ޖެހީ މެޗުގެ 31 ވަނަ މިނިޓްގަ އެވެ. މިއީ، ޖަކޯވް މެޑިކް ކާމިޔާބުކުރި ގޯލެކެވެ. މިއީ، އޭނާ މި ސީޒަނުގައި ލީގުގައި ޖެހި ފުރަތަމަ ގޯލެވެ.

ބަޔާނަށް މައްސަލަ ދިމާވީ މެޗުގެ 42 ވަނަ މިނިޓްގައި އެ ޓީމުގެ މިޑްފީލްޑަރު، ޖޮއާއޯ ޕަލީނިއާ އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. މިއީ، ބޮކުމްގެ ޖީއޯޖަސް މަސޫރާސް އަށް ނުރައްކާތެރި ފައުލެއް ކުރުމުން ޕަލީނިއާ އަށް ދެއްކި ރަތް ކާޑެކެވެ.

މެޗުގައި ބަޔާނުގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި، ބޮކުމް އިން ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގަ އެވެ. މިއީ، އޭރިއާތެރެއިން އިބްރާހިމާ ސިސޯކޯ ބޮލުން ކާމިޔާބުކުރި ގޯލެކެވެ. އެ ޓީމު މޮޅުވި ގޯލު ޖެހީ މަޓޫސް ބެރޯ އެވެ.

މިއީ، މިދިޔަ 34 އަހަރު ތެރޭ ބަޔާން ދަނޑުގައި ބޮކުމް އިން ހޯދި ފުރަތަމަ މޮޅެވެ. އަދި، މިދިޔަ ޑިސެމްބަރު މަހު 14 ގެ ފަހުން ލީގުގެ މެޗެއްގައި ބަޔާން ބަލިވި ފުރަތަމަ ފަަހަރެެވެ.

ލެވަކޫސަން ކޮޅަށް މެޗުގެ ހަތް ވަނަ މިނިޓްގައި ބްރެމަން އަށް ލީޑުނަގައިދިނީ، ރޮމާނޯ ޝްމިޑްޓް އެވެ. އަދި މެޗުގެ އިތުރު ވަގުުތުގައި ބްރެމަންގެ ދެ ވަނަ ގޯލު ޖެހީ ޖަސްޓިން ނިޖްމާ އެވެ.

ޑޯޓްމަންޑް އަތުން އޮއުސްބާގް މޮޅުކޮށްދިން ގޯލު ޖެހީ، ޖެފްރޭ ގޯވީލޫ އެވެ. މި މެޗުގައި ލަނޑު ޖަހަން ޑޯޓްމަންޑުން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް ކާމިޔާބުކުރެވޭ ގޮތެއްނުވި އެވެ. މި މެޗުން ބަލިވި ޑޯޓްމަންޑް އޮތީ 25 މެޗުން 35 ޕޮއިންޓާ އެކު، ލީގުގެ 10 ވަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox