އޭޝިއަން ކަޕްގެ ކޮލިފައިން އަށް ރާއްޖޭން ޕްރެކްޓިސް ފަށައިފި

Mar 7, 2025, 6:45 AM
ގައުމީ ޓީމުން ރޭ ބޭއްވި ޕްރެކްޓިސް ސެޝަންގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އަބީދު

ގައުމީ ޓީމުން ރޭ ބޭއްވި ޕްރެކްޓިސް ސެޝަންގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އަބީދު

މި މަހު ފަށާ އޭޝިއަން ކަޕް ކޮލިފައިން އަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ރޭ ޕްރެކްޓިސް ފަށައިފި އެެވެ.

ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ރޭ ޕްރެކްޓިސް ފެށިއިރު، ބައިވެރިވީ މި ވަގުތު ޓްރެއިނިން އަށް ނުކުމެވެން ތިބި ކުޅުންތެރިންނެވެ. އެ ގޮތުން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކުޅުންތެރިން ޕްރެކްޓިހާ ގުޅޭނީ ފަހުންނެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މި މަހު 25 ވަނަ ދުވަހު ރަަށުންބޭރުގައި ބައްދަލުކުރާނީ ފިލިޕީންސާ އެވެ. އެ މެޗު ކުޅުމުގެ ހަ ވަރަކަށް ދުވަސް ކުރިން، އިންޑިއާއާ ދެކޮޅަށް އެ ގައުމުގައި އެކުވެރިކަމުގެ މެޗެއް ކުޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ކޮލިފައިންގެ ހަ މެޗުގެ ތެރެއިން، ފަސް މެޗެއް މި އަހަރު ކުޅޭއިރު، ފުރަތަމަ ތިން މެޗު ވެސް އޮތީ ރަށުންބޭރުގަ އެވެ. އެއީ، ޖޫން 10 ގައި އީސްޓް ޓިމޯއާ ކުޅޭ މެޗާއި އޮކްޓޫބަރު، 9 ގައި ތަޖިކިސްތާނާ ކުޅޭ މެޗެވެ. ރާއްޖޭގައި ފުރަތަމަ މެޗު ކުޅޭނީ އޮކްޓޫބަރު 14 ވަނަ ދުވަހު ތަޖިކިސްތާނާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި، ނޮވެމްބަރު 18 ގައި ފިލިޕީންސާ ކުޅުމަށް ފަހު، އަންނަ އަހަރު މާޗް 31 ގައި އީސްޓް ޓީމޯއާ ބައްދަލުކުރާނެ އެވެ.

ގަލޮޅު ދަނޑުގައި ރޭ ބޭއްވި ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އަބީދު

ފީފާ އިން މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން، ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން ނޯމަލައިޒިން ކޮމިޓީއެއްގެ ބެލުމުގެ ދަށަށް ގެނައިއިރު، އެ ކޮމިޓީން އެކި މަސައްކަތްތައް ކުރުމަށް ކްލަބްތަކުގެ ލަފާގެ މަތިން ކޮމިޓީތައް އެކުލަވާލި އެެވެ. އެ ގޮތުން، ޓެކްނިކަލް ކަންކަމަށް ވެސް ކޮމިޓީއެއް އެ އެކުލަވާލި އެވެ. އެ ކޮމިޓީގެ ލަފާގެ މަތިން، ކޯޗު އަލީ ސުޒޭންއާ އެކު، ގައުމީ ޓީމު ކުރިއަށްދާން ނިންމީ އެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަން ފުޓްބޯޅަ ނުކުޅޭތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، މި މުއްދަތުގެ ތެރޭގައި، މިދިޔަ އަހަރު ގައުމީ ޓީމުން ކުޅުނު އެކުވެރިކަމުގެ ދެ މެޗުގައި، ބަންގްލަދޭޝާ ދެކޮޅަށް ވެސް ގައުމީ ޓީމުގެ ކޯޗަކަށް މަސައްކަތްކުރީ ސުޒޭން އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި މި ފަހަރު ރާއްޖެ މި ހިމެނޭ ގްރޫޕްގެ ތިން ޓީމާ މީގެ ކުރިން ރާއްޖޭން ވަނީ ކުޅެފަ އެވެ. ފިލިޕީންސާ ދެކޮޅަށް ކުޅުނީ ރާއްޖޭގައި ކުރިއަށްދިޔަ 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްގަ އެވެ. އެ ފަަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގައި ރާއްޖެ ވަނީ އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން 3-2 އިން ބަލިވެފަ އެވެ. އަދި ފިލިޕީންސާއި ރާއްޖޭން އެންމެ ފަހުން 2021 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު މެޗު ވަނީ 1-1 އިން އެއްވަރުވެފަ އެވެ. އެ ފަހަރު މެޗުތައް ކުޅެފައިވަނީ، ސެންޓްރަލައިޒްކޮށް ޔޫއޭއީގަ އެވެ.

ތަޖިކިސްތާނާ ދެކޮޅަށް ވަނީ ތިން މެޗެއް ކުޅެފަ އެވެ. އެއީ، 1998 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖެ 3-0 އިން ބަލިވި މެޗާއި 2011 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައި 0-0 އިން އެއްވަރުވި މެޗު އަދި 2015 ވަނަ އަހަރު ރާއްޖެ 2-0 އިން ބަލިިވި މެޗެވެ.

ރާއްޖޭން ވަނީ 2014 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި އީސްޓް ޓިމޯއާ ދެކޮޅަށް ކުޅެފަ އެވެ. އެ ފަހަރު ރާއްޖެ މޮޅުވީ 3-2 އިންނެވެ. އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓަކީ، 23 އަހަރުން ދަށަށް ހާއްސަކޮށް، ސީނިއާ ތިން ކުޅުންތެރިން ހިމެނޭ ގޮތަށް ކުރިއަށްދާ އިވެންޓެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox