އައްޑޫ ކަރަންޓު މައްސަލަ ހައްލު ކުރުމަށް އިހުތިޖާޖު ކުރުން ނޫން ގޮތެއް ނެތް: ނިޒާރު

އައްޑޫ ސިޓީގެ މޭޔަރު، އަލީ ނިޒާރު: އޭނާ ވިދާޅުވީ އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ކުރުމަށް މުއައްސަސާތަކުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް -- ފޮޓޯ: އަދަދު

އައްޑޫ ސިޓީގެ މޭޔަރު، އަލީ ނިޒާރު: އޭނާ ވިދާޅުވީ އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ކުރުމަށް މުއައްސަސާތަކުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް -- ފޮޓޯ: އަދަދު

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކުން އެކަށީގެންވާ މަސައްކަތެއް ކުރަމުން ނުދާ ކަމަށާއި އެ މައްސަލަ ހައްލު ކުރުމަށް އޮތް ހަމައެކަނި ގޮތަކީ ރައްޔިތުން އިހުތިޖާޖު ކުރުން ކަމަށް އެ ސިޓީގެ މޭޔަރުު، އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ނިޒާރު މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނުއަސާސީން ލިބިދޭ އެއްވެ އުޅުމުގެ މިނިވަންކަމާއި ހަޅުތާލު ކުރުމުގެ ހައްގު ރައްޔިތުން މިހާރު ބޭނުން ކުރަން ޖެހިފައިވާ ކަމަށެވެ.

"އައްޑޫ ސިޓީގެ ރައްޔިތުން ކަރަންތުގެ އަސާސީ ހައްގުން މަހުރޫމުކޮށް އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރު އިހުމާލުވެފައިވުމާއި އަދި އެ މައްސަލަ ހައްލު ކުރުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކުން އެކަށީގެންވާ ގޮތަކަށް މަސައްކަތް ކުރަމުން ނުދާތީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ލިބެންޖެހޭ ހައްގު ލިބިގަތުމަށް އިޖުތިޖާޖު ކުރުން ނޫން އިތުރު ގޮތެއް ނެތް ކަމަށް ދެކެން،" ނިޒާރުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

އައްޑޫ ރައްޔިތުންނަށް ކުރިމަތިވަމުންދާ އުނދަގޫތަކަށް ހައްލު ހޯދަން އިޖުތިޖާޖަށް ނުކުންނަން ނިޒާރު ގޮވާލާފައިވާއިރު، އައްޑޫގެ ކަރަންޓުގެ މައްސަލަ މި ރޯދަ މަސް ފެށުމުގެ ކުރިން ހައްލު ކުރާނެ ކަމަށް ފެނަކައިން މީގެ ކުރިން ބުންޏެވެ.

ސްޓެލްކޯއާއެކު އެއްބަސްވުމެއް ހަދައި، އެ އެއްބަސްވުމުގެ ދަށުން އައްޑޫއަށް 1.8 މެހަވަޓުގެ ޖަނަރޭޓަރެއް ގެންގޮސް އިތުރު ތިން ޖެނެރޭޓަރު މަރާމާތު ކުރަމުންދާ ކަމަށް މިދިޔަ ފެބްރުއަރީ 17، ގައި ފެނަކައިން ބުންޏެވެ. ނަމަވެސް އައްޑޫގެ ކަރަންޓު މައްސަލައަށް ހައްލު ނުލިބި މި ރޯދަ މަހު ވެސް އެ ސިޓީން ދަނީ އެކި ވަގުތުތަކުގައި ކަރަންޓު ކަނޑަމުންނެވެ.

އެކަމާ ގުޅިގެން އައްޑޫ ރައްޔިތުންނާއި އެ ރައްޔިތުން ތަމްސީލު ކުރައްވާ މަޖިލިސް މެންބަރުން ވެސް ގެންދަވަނީ ސޯޝަލްމީޑިއާގައި ކަންބޮޑުވުން ހިއްސާ ކުރައްވަމުންނެވެ.

އެގޮތުން ވެރިކަންކުރާ ޕީއެންސީން މިވަގުތު އެކަހެރިކޮށްފައިހުރި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ އަށް ބޭނުންވާ ވަރަށް ކަރަންޑު އުފައްދަން އިންޖީނުތައް ނުގެންދެވެން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox