އިންޑިއާ މެޗާއި އޭޝިއަން ކަޕް ކޮލިފައިންގައި ވެސް ގައުމީ ޓީމު ލީޑުކުރަނީ ސުޒޭން

Mar 5, 2025, 7:37 AM
އިންޑިއާ މެޗާއި އޭޝިއަން ކަޕް ކޮލިފައިންގައި ވެސް ގައުމީ ޓީމު ލީޑުކުރަނީ ސުޒޭން

މި މަހު ގައުމީ ޓީމުން އިންޑިއާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗާއި ކުރިއަށް އޮތް އޭޝިއަން ކަޕް ކޮލިފައިންގައި ވެސް ރާއްޖޭގެ ގައުމީ ޓީމު ލީޑުކުރާނީ މިހާރު ވެސް ކޯޗުގެ މަގާމު ފުރަމުން އަންނަ ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު، ސުޒޭން ވަނީ ގައުމީ ޓީމުގައި އެންމެ ފަހުން މަސައްކަތްކުރި، ބިދޭސީ ދެ ކޯޗުން ކަމަށްވާ، ނެދަލެންޑްސްގެ މާޓިން ކޫޕްމަން އާއި އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ އެސިސްޓަންޓް އަކަށް މަސައްކަތްކޮށްފަ އެވެ. ކޫޕްމަން ވަކިކުރުމުން، 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ސުޒޭން ވަނީ ގައުމީ ޓީމުގެ ހެޑް ކޯޗެއްގެ ޒިންމާ އުފުލައިފަ އެވެ.

އޭގެ ފަހުން، މޮރިއޭރޯ ހަވާލުވީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ފަހުކޮޅުގަ އެވެ. އެ އަށް ފަހު، ސުޒޭން ހުރީ މޮރިއޭރޯގެ އެސިސްޓަންޓް އަކަށެވެ. މޮރިއޭރޯގެ ކޮންޓްރެކްޓް ހަމަވުމުން، 2023 ވަނަ އަަހަރުގެ އޮގަސްޓް މަހުން ފެށިގެން ގައުމީ ޓީމުގެ ކޯޗަކަށް މަސައްކަތް ކުރަމުން އަންނަނީ ސުޒޭން އެވެ.

މިދިޔަ އަހަރު ގައުމީ ޓީމުން ކުޅުނު އެކުވެރިކަމުގެ ދެ މެޗުގައި ބަންގްލަދޭޝާ ދެކޮޅަށް ވެސް ގައުމީ ޓީމުގެ ކޯޗަކަށް މަސައްކަތްކުރީ ސުޒޭން އެވެ.

ފީފާ އިން މިދިޔަ އޮގަސްޓް މަހުން ފެށިގެން، ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން ނޯމަލައިޒިން ކޮމިޓީއެއްގެ ބެލުމުގެ ދަށަށް ގެނައިއިރު، އެ ކޮމިޓީން އެކި މަސައްކަތްތައް ކުރުމަށް ކޮމިޓީތައް އެކުލަވާލިއިރު، ޓެކްނިކަލް ކަންކަމަށް ވެސް ކޮމިޓީއެއް އެ އެކުލަވާލި އެވެ. އެ ކޮމިޓީގެ ވެސް ލަފާގެ މަތިން، ސުޒޭންއާ އެކު، ގައުމީ ޓީމު ކުރިއަށްދާން ނިންމިކަން އެނގިފައިވެ އެވެ.

ގައުމީ ޓީމަށް މިއީ ބޮޑު އަހަރެކެެވެ. އެ ގޮތުން، މި މަހުގެ 19 ވަނަ ދުވަހު، އިންޑިއާގެ ޝިލޮންގައި އެކުވެރިކަމުގެ މެޗެއް ކުޅުމަށް ފަހު، މި މަހު 25 ވަނަ ދުވަހު ފިލިޕީންސްގައި، އެ ގައުމާ ދެކޮޅަށް އޭޝިއަން ކަޕް ކޮލިފައިން ފަށާނެ އެވެ. ކޮލިފައިންގެ ހަ މެޗުގެ ތެރެއިން، ފަސް މެޗެއް މި އަހަރު ކުޅޭއިރު، ފުރަތަމަ ތިން މެޗު ވެސް އޮތީ ރަށުންބޭރުގަ އެވެ. އެއީ، ޖޫން 10 ގައި އީސްޓް ޓިމޯއާ ކުޅޭ މެޗާއި އޮކްޓޫބަރު، 9 ގައި ތަޖިކިސްތާނާ ކުޅޭ މެޗެވެ.

ރާއްޖޭގައި ފުރަތަމަ މެޗު ކުޅޭނީ އޮކްޓޫބަރު 14 ވަނަ ދުވަހު ތަޖިކިސްތާނާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި، ނޮވެމްބަރު 18 ގައި ފިލިޕީންސާ ކުޅުމަށް ފަހު، އަންނަ އަހަރު މާޗް 31 ގައި އީސްޓް ޓީމޯއާ ބައްދަލުކުރާނެ އެވެ.

ސުޒޭންގެ އިރުޝާދުގެ ދަށުން ވަރަށް އަވަހަށް ގައުމީ ޓީމުގެ ޕްރެކްޓިސްތައް ފަށާނެ ކަމަށް އެފްއޭއެމް އިން ވަނީ ބުނެފަ އެވެ.

ސުޒޭން ވަނީ މީގެ ކުރިން ވެސް 23 އަހަރުން ދަށުގެ ޓީމުގެ ހެޑް ކޯޗުކަން ކޮށްފަ އެވެ. އެ ގޮތުން ސުޒޭން ވަނީ 2008 ވަނަ އަހަރުގެ ބެއިޖިން އޮލިމްޕިކްސްގެ ކޮލިފައިންގައި ވާދަކުރި 23 އަހަރުން ދަށުގެ ޓީމަށް 2007 ގައި ކޯޗުކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox