ރައްޔިތުންނަށްވުރެ ޕާޓީ އިސްކުރި ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އަނާރާއަށް

 ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމު : ރައްޔިތުންނަށްވުރެ ޕާޓީ އިސްކުރި ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފަ ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމު : ރައްޔިތުންނަށްވުރެ ޕާޓީ އިސްކުރި ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފަ ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކޮށް، އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރަން ސަރުކާރުން ހުށަހެޅި ބިލު ފާސްކުރި ވޯޓުގައި އިސްކުރީ "ޓީމު" ނުވަތަ ޕާޓީ ކަމަށް ބުނުމުން ގިނަ ބައެއްގެ ފާޑުކިޔުން ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމަށް އަމާޒުވެއްޖެ އެވެ.

މި ބިލު ކޮމިޓީން ފާސްކުރިއިރު ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ އަނާރާ ވޯޓެއް ނުދެއްވި އެވެ. ނަމަވެސް މިއަދު މަޖިލީހުން ބިލު ފާސްކުރިއިރު އަނާރާ ވޯޓު ދެއްވީ ބިލާ އެއްކޮޅަށެވެ.

ވޯޓަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަނާރާ ވިދާޅުވީ ކޮމިޓީގައި ބިލުތަކަށް ހިޔާލު ފާޅުކުރި ނަމަވެސް މެޖޯރިޓީން ކަމެއް ނިންމާއިރު ދާންޖެހޭނީ ޓީމާއެކު ކަމަށް ގަބޫލުކުރާ ކަމަށެވެ.

މި ޕޯސްޓަށް އެތައް ބަޔަކު ވަނީ ރައްދު ދީފަ އެވެ. އޭގެ ތެރޭގައި އިދިކޮޅު ސިޔާސީންނާއި އާންމުންވެސް ހިމެނެ އެވެ. ހަޑިހުތުރު ބަހުން ވެސް އަނާރާއަށް ފާޑުކިޔާފައި ހުއްޓެވެ.

"އަމިއްލަ ފަރުދެއްގެ ގޮތުގައި މަޖިލީހަށް ކުރިމަތިލާ ހޮވިފަ ގާނޫނާ ހިލާފަށް އަމަލުކުރާ ޓީމަކާ ގުޅިގެން ގާނޫނާ ހިލާފު އަމަލުކުރުންތީ ރައްޔިތުންނަށް ގައްދާރުވުން،" އެކަކު ލިޔެފައިވެ އެވެ.

އޭނާ އިޝާރާތް ކުރެއްވީ އަމިއްލަ ގޮތުން ވާދަކޮށް ހޮވުމުން، އަނާރާ ވެރިކަންކުރާ ޕީއެންސީއާ ގުޅުނު ވާހަކަ އަށެވެ.

"ގައުމަށް ތިޔަ ވެވުނީ ގައްދާރު. ތިޔައީ ހިޔާނަތްތެރި މަކަރުވެރި ވިސްނުމެއް. ވޯޓު ބޭނުންވާ ގޮތަށް ދިނުމުގެ އިޚްތިޔާރު އޮންނާނެ،" އިތުރު މީހަކު ލިޔެފައިވެ އެވެ.

ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގައި އިންނެވި މެންބަރު އިބްރާހިމް އިސްމާއިލް (އިބުރާ) ވެސް އަނާރާއަށް ފާޑިކިޔުއްވާފައިވެ އެވެ. އިބުރާ ވިދާޅުވީ މަޖިލިސް މެންބަރުންނަކީ ކަންކަން ނިންމަން ތިބޭ ބައެއް ކަމަށާއި ރައްޔިތުން މެންބަރުން ހޮވަނީ ޓީމަކަށް ނޫން ކަމަށެވެ.

"މިކަހަލުގެ މީހުން ރައްޔިތުން ތަމްސީލު ކުރަން ހޮވަނީ ކޮން ބައެއް؟ މަޖިލީސް ގެ ބޭނުމަކީ ގާނޫނުތަކަށް މިނިވަން ބަހުސްކޮށް އެ ފާސްކުރުން. ޕާޓީ އިން އަނގާ ގޮތައް ބަޓަނައް ފިތަން ކަލޭމެން ތިނަގާ މުސާރަވެސް ހަރާމް ވާނެ،" އިތުރު މީހަކު ލިޔެފައިވެ އެވެ.

އޭގެ އިތުރުން, އަނާރާ އަކީ ސަރުކާރުން ބުނާ ގޮތަކަށް ރަބަރު ސްޓޭމްޕު ޖައްސަވާ މެންބަރެއް ކަމަށާއި އެކަން އޮޅޭގޮތަށް ވާހަކަ ނުދެއްކެވުމަށް ވެސް މީހަކު ގޮވާލާފައިވެ އެވެ.

"ބައްލަވާ. ރައްޔިތުން އިންސާދު ހޯދަން ދާން އޮތް ނިޒާމަށް އަތްބާނާ ކަރަށް ފިއްތާލީމަވެސް ވަޑައިގަންނަވަން ޖެހެނީ ހަމަ އެ ޓީމާ އެއްކޮށްތޯ؟ އެފަދަ މީހުންނަކީ އެބަޔަކު ހާސިލްކުރި އިލްމަށްވެސް ހުތުރު ދޭ ބައެއް،" ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ލިޔުއްވާފައިވެ އެވެ.

މިއަދު މަޖިލީހުން ފާސްކުރި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރާ ބިލު ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. އާދިއްތަ ދުވަހުގެ ރޭ މަޖިލީހަށް ވެއްދި މި ބިލު ބަލައިގަންނަން ފާސްކުރީ މިއަދު އެވެ.

އެ ބިލުގައި ބުނެފައި ވަނީ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ސަބަބުން ކޯޓުން ވަކި ކުރާނެ ދެ ފަނޑިޔާރުން ކަނޑައަޅަންޖެހޭނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަމަށެވެ. ގާނޫނަށް އަމަލު ކުރަންފަށާތާ ފަސް ދުވަހުގެ ތެރޭގައި ވަކި ކުރާނެ ފަނޑިޔާރުންގެ ނަންތައް ޖޭއެސްސީން މަޖިލީހަށް ފޮނުވަންޖެހެ އެވެ.

ބިލުގައިވާ ގޮތުން، ސުޕްރީމް ކޯޓުން ވަކި ކުރާ ދެ ފަނޑިޔާރުން ކަނޑައެޅުމަށްޓަކައި، އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުން އެފަދަ މަސައްކަތް ކުރަން ދީފައިވާ މުއްދަތުތަކަށް ޖޭއެސްސީން ބަލާކަށް ނުޖެހެނޭ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox