ޕީއެންސީގެ ފޯމު ފުރުމުގެ މަސައްކަތް ޑީއެންއާރުގެ ތެރޭގައި ކުރި ކަމަަށް އިހުސާން އިއުތިރާފުވެއްޖެ

ހޯމް މިނިސްޓަރު، އަލީ އިހުސާން ރައްޔިތުންގެ މަޖިލީހުގައި: އޭނާ ވިދާޅުވީ ޑީއެންއާރު ތެރޭގައި ސިޔާސީ މަސައްކަތް ކުރުމަކީ ރަނގަޅު ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހޯމް މިނިސްޓަރު، އަލީ އިހުސާން ރައްޔިތުންގެ މަޖިލީހުގައި: އޭނާ ވިދާޅުވީ ޑީއެންއާރު ތެރޭގައި ސިޔާސީ މަސައްކަތް ކުރުމަކީ ރަނގަޅު ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޕީއެންސީއަށް މެންބަރުން އިތުރު ކުރުމަށް ފޯމު ފުރުމުގެ މަސައްކަތް ޑިޕާޓުމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ތެރޭގައި ކުރި ކަމަށް ހޯމް މިނިސްޓަރު، އަލީ އިހުސާން އިއުތިރާފުވެވަޑައިގެންފި އެވެ.

އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވެވަޑައިގަންވަމުން, އިހުސާން ވިދާޅުވީ ޑީއެންއާރު ތެރޭގައި ޕީއެންސީ ފޯމުތަކުގައި އިނގިލީގެ ނިޝާން ޖެހުމާއި ފޮޓޯ ޕްރިންޓު ކުރުން ފަދަ މަސައްކަތްތައް އެތަނުގެ ސިޔާސީ މުވައްޒަފުން ކުރި ކަމަށެވެ.

"މި މަސައްކަތް ކުރައްވަމުން ގެންދެވި އިރުގައި އެ ބޭފުޅުން ޑީއެންއާރު މި ނިސްބަތްވާ އޮފީސް ހުންނަ ފްލޯގައި ހުންނަ މީޓިން ރޫމެއްގެ ތެރޭގައި ހަވީރު މި މަސައްކަތުގެ ބައެއް މަސައްކަތްތައް ކުރި،" އިހުސާން ވިދާޅުވި އެވެ.

"މީގެ ތެރޭގައި އަޅުގަނޑު ފަހުން ސާފުކޮށްލި އިރުގައި މި ބޭފުޅުން ކުރަމުން ގެންދާ މަސައްކަތަކީ ފޯމުތައް ފުރައިގެން އަންނައިރުގައި އޭގެ ވިޓްނެސްގެ [ހެކިވެރިޔާގެ] ބައި މި އިންނަނީ ފިލް [ފުރިހަމަ] ނުކޮށް، އެ ބޭފުޅެއްގެ ފޯމުގެ ވިޓްނެސްގެ ބައި އެ ބޭފުޅަކު ފިންގަޕްރިންޓު ޖެހުމާއި ސޮއި ކުރުމާޢި އެ އެއްޗެހީގައި ތަފުސީލު ލިޔުމާއި މި ކަންކަން އެ ތަނުގެ ތެރޭގައި ހިނގައިދިޔަ ކަމަށް އަޅުގަނޑަށް ފަހުން މައުލޫމާތު ލިބިފައިވޭ،"

އޭނާ ވިދާޅުވީ ހޯމް މިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާތަކުގައި ތިބި ސިޔާސީ މުވައްޒަފުން ޕީއެންސީއަށް ފޯމު ފުރުމުގެ މަސައްކަތް ކުރަމުން ގެންދިޔައީ އޭނާ އަންގައިގެން ކަމަށެވެ. އެ ގޮތުން ހޯމް މިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާތަކުގައި މަސައްކަތް ކުރާ ކޮންމެ ސިޔާސީ މުވައްޒަފަކު 15 ފޯމު ހަމަ ކުރަން އެންގެވި ކަމަށް އިހުސާން އިއުތިރާފުވެވަޑައިގެންނެވި އެވެ.

ޑީއެންއާރުގެ އޮފީސް ތެރޭގައި ފުރުމުގެ މަސައްކަތް ކުރީ އެ ފޯމުތައް ގެނެސްގެން ކަމަށް އިހުސާން ވިދާޅުވި އެވެ.

"އިއްޒަތްތެރި ރައީސް، އަޅުގަނޑު ގަބޫލު ކުރަން ގާނޫނީ ކުށަކަށްވިޔަސް ސިޔާސީ މުވައްޒަފުން ސިޔާސީ މަސައްކަތް ދައުލަތުގެ އިދާރާއެއްގެ ތެރޭގައި ކޮށްގެންވުމަކީ އެހާ ރަނގަޅު ކަމެއް ނޫން، ހާއްސަކޮށް ޑީއެންއާރު ފަދަ ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުއައްސަސާއެއްގެ އޮފީހެއްގެ ތެރޭގައި މިފަދަ ކަންތައްތައް ކުރުމަކީ ކުރެވިގެން ދިޔުމަކީ ރައްޔިތުންގެ އިތުބާރު އެކަމަށް ގެއްލިދާފަދަ ސުވާލު އުފެދިދާނެ ފަދަ ކަމެއް،" އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ އެ ސަބަބާ ހުރެ މީގެ ފަހުން ހޯމް މިނިސްޓްރީގެ ދަށުން ހިންގާ އެއްވެސް މުއައްސަސާއެއްގައި އެފަދަ މަސައްކަތެއް ނުކުރުމަށް މިހާރު އަންގާފައިވާނެ ކަމަށެވެ.

މިނިސްޓަރު އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދީ ވަގު ފޯމު މައްސަލައިގެ އިތުރުން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންގެ ކަންކަން ބެލެހެއްޓުމަށް މެލޭޝިއާގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ބެސްޓިނެޓާ ހަވާލު ކުރީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށް ބުނެ އެވެ,

އެ މައްސަލައިގައި އިދިކޮޅުން ފާހަގަކޮށްފައި ހުރި ކަންކަމުން ދިފާއުވުމުގެ ބަދަލުގައި މިއަދު އިހުސާން މުޅީންހެން ވެސް ދެއްކެވީ ކުރީ ސަރުކާރުގެ ވާހަކަ އެވެ.

އެގޮތުން ވަގު ފޯމު ފުރައިގެން ޕާޓީތަކަށް މީގެ ކުރިން ވެސް މީހުން ވައްދާ ކަމަށާއި އެ ކަމަކީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ވެސް ހިނގި ކަމެއް ކަމަށް އިހުސާން ވިދާޅުވި އެވެ. އަދި ބެސްޓިނެޓުގެ އެއްބަސްވުމަށް އަމަލު ކުރަން ޖެހުނީ ވެސް މިދިޔަ ސަރުކާރުން އެ އެއްބަސްވުމާމެދު ގޮތެއް ނިންމާފައި ނުވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑްރަގު ކެފޭއަކުން ހަ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ކެފޭއެއްގެ ގޮތުގައި ހިންގި އެޕާޓްމަންޓަކުން ހަ މީހަކު ހައްޔަރުކޮށް، އެ އެންމެން 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުންގެ އޮޕަރޭޝަނުގައި އެ ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާއިރު، ހައްޔަރުކުރި ހަ މީހުންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

ގެދޮރު އިމާރާތްކުރަން ލޯނު ނަގަން ބޭނުންވާ އިކުއިޓީއަށް އެހީއެއް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ޓްރަސްޓް ފަންޑެއްގައި ރައްކާކުރެވިފައެވެ.

އާންމު އުނދަގޫކުރާކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އުނދަގޫތަކަށް ހައްލެއް ނުލިބިގެން މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށް ކަމަށްވާއިރު، މި މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީހެއްގެ އުނދަގުލާ ހެދި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް

ހަޅުތާލުކުރާ މީހާ ބުނާގޮތުން، ދޮޅު އަހަރު ވަންދެން އެކި އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ވެސް އެކަމަށް އެދެވޭ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭނާ ބުނީ އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީސް ހަޅުތާލު ހުއްޓާނުލާނެ ކަމަށެވެ.

އައިޖީއެމްއެޗް މުވައްޒަފުންގެ ޕެޓިޝަނެއް ރައީސްއަށް

މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ހާޒިރީ އިނާޔަތް އެއްހަމަކުރުމަށާއި، ހޮނިހިރު ދުވަހާއި ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އިންސާފުވެރި އުޖޫރައެއް ހަމަޖައްސައިދިނުމަށެވެ. މީގެ ކުރިން ހުށަހެޅި ޕެޓިޝަނަށް ޖަވާބެއް ލިބިފައިނުވާތީ، މުވައްޒަފުން ވަނީ ޕޭ ހާމަނައިޒް ކުރުމުގައި އުނިވެފައިވާ ކަންކަން އިސްލާހުކޮށްދިނުމަށް އެދިފައެވެ.

ފުލުސް މީހާގެ ގައިގައި ޖެއްސީ 100 ކިލޯމީޓަރު ބާރަށް ދުއްވާފައި

"މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ."

ރަސްމާލޭގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ: ޒަމްޒަމް

ރަސްމާލޭގައި އީގަލް ހިލްސްއަށް ދޭ ސަރަހައްދުގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވި ކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ހާމަކޮށްފިއެވެ. މި މަޝްރޫއާ ގުޅޭގޮތުން ގިނަ އިލްމުވެރިންތަކެއްގެ ކަންބޮޑުވުން ހުރި އިރު، މިކަމާ ގުޅޭ 100 ސަފުހާގެ ރިޕޯޓެއް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox