މެންބަރުންގެ ހިޔާލުގައި ކޮޅުފައިން ޖަހައި ޕީއެންސީގެ ވެރިން އެންގީ ފަނޑިޔާރުން ވަކިކުރާ ބިލަށް ތާއިދުކުރަން

މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާން އިއްވަން ފެބްރުއަރި 6، 2025 ގައި ބޭއްވި ޖަލްސާގައި ޖަލްސާއަށް ފަހު ސަރުކާރަށް ތާއިދު ކުރާ މެންބަރުންނާއެކު ރައީސް މުއިއްޒު ނެންގެވި ފޮޓޯ. -- ފޮޓޯ: ރައީސް އޮފީސް

މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާން އިއްވަން ފެބްރުއަރި 6، 2025 ގައި ބޭއްވި ޖަލްސާގައި ޖަލްސާއަށް ފަހު ސަރުކާރަށް ތާއިދު ކުރާ މެންބަރުންނާއެކު ރައީސް މުއިއްޒު ނެންގެވި ފޮޓޯ. -- ފޮޓޯ: ރައީސް އޮފީސް

ސިޔާސީ ޕާޓީތަކަށް, ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލު ކުރަން ހުށަހަޅާފައިވާ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުންދަނިކޮށް، އެ ކޯޓުގެ ދެ ފަނޑިޔާރަކު ވަކި ކުރަން ހުށަހަޅާފައި އޮތް ބިލަށް، ވެރިކަން ކުރާ ޕީއެންސީގެ ގިނަ މެންބަރުން ދެކޮޅުކަން ހާމަކޮށްފައި ވަނިކޮށް، އެކަމަށް އިހުތިރާމު ކުރުމެއް ނެތި، ބިލަށް ތާއިދު ކުރުމަށް ރައީސް ޑރ. މުހައްމަދު ހިމެނިވަޑައިގަންނަވާ ޕީއެންސީގެ ލީޑަޝިޕުން މެންބަރުންނަށް އަންގަވައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރަން ބިލް ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ.

ސަރުކާރުން ހުށަހެޅި ބިލެއް ނޫންކަން ދައްކަން ސައްތާރު ލައްވައި އޭނާގެ އަމިއްލަ މެންބަރެއްގެ ބިލެއްގެ ގޮތުގައި ބިލް ހުށަހެޅުއްވުމަށް ފަހު، އެ ބިލަށް ޕީއެންސީގެ މެންބަރުންގެ ތާއިދު އޮތްތޯ ބެލުމަށް އިއްޔެ ބޭއްވި ޕާލިމެންޓަރީ ގްރޫޕުގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ ތެރެއިން ދެތިން މެންބަރެއް ފިޔަވައި އެ ބިލް ފާސްކުރަން ތާއިދު ކުރާ މެންބަރަކު ނެތެވެ.

ނަމަވެސް ޕީއެންސީގެ ލީޑަޝިޕުން ރޭގެ ވަގުތެއްގައި މެންބަރުންނަށް އެންގީ އެ ބިލަށް ތާއިދު ކުރުމަށެވެ.

"މަޖިލީހަށް ހުށަހަޅާފައިވާ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ބަލައިގަނެ، އެ ބިލަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ތާއީދު ކުރުމަށް ޕީއެންސީގެ ލީޑާޝީޕުން ނިންމާފައިވާތީ، އިއްޒަތްތެރި ހުރިހާ މެމްބަރުން ވެސް މި ބިލަށް ތާއީދުކޮށްދެއްވައި ބަހުސް މަރުހަލާގައި ވެސް ބިލަށް ތާއީދުކޮށް ވާހަކަ ދެއްކެވުން އެދެން،" ޕީއެންސީ އަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަށް، އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ފޮނުއްވި މެސެޖުގައިވެ އެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާން އިއްވަން ފެބްރުއަރި 6، 2025 ގައި ބޭއްވި ޖަލްސާގައި ބައިވެރިވި މެންބަރުން. -- ފޮޓޯ: މަޖިލީހުގެ އިދާރާ
މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާން އިއްވަން ފެބްރުއަރި 6، 2025 ގައި ބޭއްވި ޖަލްސާގައި ބައިވެރިވި މެންބަރުން. -- ފޮޓޯ: މަޖިލީހުގެ އިދާރާ

މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާން އިއްވަން ފެބްރުއަރި 6، 2025 ގައި ބޭއްވި ޖަލްސާގައި ބައިވެރިވި މެންބަރުން. -- ފޮޓޯ: މަޖިލީހުގެ އިދާރާ

އިއްޔެ ބޭއްވި ޕީއެންސީ ޕާލިމެންޓަރީ ގްރޫޕުގައި ވެސް ބިލަށް ތާއިދުކޮށް އެންމެ ބޮޑަށް ވާހަކަ ދެއްކެވި އެއް މެންބަރަކީ ފަލާހު ކަމަށާއި، ބިލަށް ތާއިދު ކުރައްވަން ސީދާ ރައީސް މުއިއްޒު ވެސް ބޭނުންވާ ކަމަށް ފަލާހު ވިދާޅުވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި ބައެއް މެންބަރުން އަދަދު ނޫހަށް ވިދާޅުވި އެވެ.

"ލީޑަޝިޕުން މަސައްކަތް އެ ކުރަނީ މަޖުބޫރުކޮށްގެން ވޯޓު ލައްވަން، ތާއިދު ކުރަން. ގިނަ މެންބަރުން ބިލާ ދެކޮޅު،" ޕީއެންސީގެ މެންބަރުންގެ ތެރެއިން އަދަދު ނޫހާ ވާހަކަ ދެއްކެވި ބައެއް މެންބަރުން ވިދާޅުވި އެވެ.

މެންބަރު ސައްތާރު ހުށަހެޅުއްވި ބިލުގައި ބުނެފއި ވަނީ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ސަބަބުން ކޯޓުން ވަކި ކުރާނެ ދެ ފަނޑިޔާރުން ކަނޑައަޅަންޖެހޭނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަމަށެވެ. ގާނޫނަށް އަމަލު ކުރަންފަށާތާ ފަސް ދުވަހުގެ ތެރޭގައި ވަކި ކުރާނެ ފަނޑިޔާރުންގެ ނަންތައް ޖޭއެސްސީން މަޖިލީހަށް ފޮނުވަންޖެހެ އެވެ.

ބިލުގައިވާ ގޮތުން، ސުޕްރީމް ކޯޓުން ވަކި ކުރާ ދެ ފަނޑިޔާރުން ކަނޑައެޅުމަށްޓަކައި، އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުން އެފަދަ މަސައްކަތް ކުރަން ދީފައިވާ މުއްދަތުތަކަށް ޖޭއެސްސީން ބަލާކަށް ނުޖެހެނޭ އެވެ.

ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުން

  • ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުޢުތަޞިމް އަދުނާން
  • ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު
  • ފަނޑިޔާރު ޢާއިޝާ ޝުޖޫން މުހައްމަދު
  • ފަނޑިޔާރު މަހާޒު އަލީ ޒާހިރު
  • ފަނޑިޔާރު ހުސްނުއް ސުއޫދު
  • ފަނޑިޔާރު އަލީ ރަޝީދު ހުސައިން
  • ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް

ސިޔާސީ ޕާޓީތަކަށް, ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލު ކުރަން ހުށަހަޅާފައިވާ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުންދަނިކޮށް، އެ މައްސަލަ ބަލަމުންދާ ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ބޭރުކޮށްލަން ހުށަހަޅާފައިވާއިރު، މިއީ ދިވެހި ތާރީހުގައި ވެސް މިފަދަ ގޮތަށް ފަނޑިޔާރުން ބޭރުކުރާ ފުރަތަމަ ފަހަރެވެ.

މިހާރު އަމަލުކުރާ ގާނޫނު އަސާސީގެ ދަށުން އިންތިގާލީ މަރުހަލާގައި އެކުލަވާލި ސުޕްރީމް ކޯޓުގައި ތިއްބެވީ ފަސް ފަނޑިޔާރުންނެވެ. އޭގެ ފަހުން، އާސަރުކާރަކާއި އާ ރައްޔިތުންގެ މަޖިލީހެއް އިންތިހާބު ކުރުމަށް ފަހު، 2010 ވަނަ އަހަރު ދާއިމީ ސުޕްރީމް ކޯޓު އެކުލަވާލީ ފަނޑިޔާރުންގެ މައްޗަށެވެ. ނަމަވެސް، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 2014 ގައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލު ކުރި އެވެ.

އެފަހަރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ދުރުކުރީ އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު އެވެ.

ނަމަވެސް އެމްޑީޕީ ވެރިކަމަށް އަލުން އައުމަށް ފަހު، 2019 ގައި ސުޕްރީމް ކޯޓުގެ ބެންޗު ހަތަކަށް ބަދަލުކޮށް މިހާރު އޮތް ސުޕްރީމް ކޯޓު އުކުލަވައިލި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox