ޔުނައިޓެޑަށް ޕޮއިންޓެއް، ވެސްޓް ހޭމްގެ އަތްދަށުވެ އާސެނަލްގެ ލީގު އުންމީދަށް ދެރައެއް

Feb 22, 2025, 6:42 PM
ޔުނައިޓެޑަށް ޕޮއިންޓެއް، ވެސްޓް ހޭމްގެ އަތްދަށުވެ އާސެނަލްގެ ލީގު އުންމީދަށް ދެރައެއް

ލަންޑަން (ފެބްރުއަރީ 22) - އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ދެ ވަނަ ހާފުގައި ޖެހި ގޯލުތަކާ އެކު، 2-2 އިން އެވަޓަންއާ އެއްވަރުކޮށް ޕޮއިންޓެއް ހޯދިއިރު، ވެސްޓް ހޭމް ޔުނައިޓެޑް އަތުން 1-0 އިން ބަލިވެ އާސެނަލުން ލީގު ހޯދަން ކުރާ އުންމީދަށް ދެރަ ގޮތެއް ދިމާވެއްޖެ އެވެ.

ޑޭވިޑް މޮއިސްގެ އިރުޝާދުުގެ ދަށުން ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އެވަޓަން އިން ފުރަތަމަ ހާފު ނިންމާލީ އަމިއްލަ ދަނޑުގައި ދެ ގޯލުގެ ލީޑަކާ އެކު އެވެ. ޔުނައިޓެޑް ކޮޅަށް އެވަޓަންގެ ލަނޑުތައް ޖެހީ، ބެޓޯ އާއި އަބްދުﷲ ޑޮކޫރޭ އެވެ.

ފުރަތަމަ ހާފުގައި އެވަޓަންގެ ގޯލާ އަމާޒުކޮށް ބޯޅައެއް ފޮނުވާނުލެވުނު ޔުނައިޓެޑުން މެޗުގައި ދެ ލަނޑު ޖެހީ ދެ ވަނަ ހާފުގެ އަށް ވަރަކަށް މިނިޓް ތެރޭގަ އެވެ. ޔުނައިޓެޑްގެ ފުރަތަމަ ގޯލަކީ، މެޗުގެ 72 ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން ބްރޫނޯ ފެނާންޑޭސް އެވެ. އޭގެ އަށް މިނިޓް ފަހުން، މެނުއަލް އުގާޓޭ ވަނީ އޭރިއާ ރޮނގުމަތިން ގޯލަށް ބޯޅައެއް ވައްދާލައި، ޔުނައިޓެޑަށް އެއްވަރުކޮށްދީފަ އެވެ.

މެޗުގެ އިތުރު ވަގުތުގައި، ޔުނައިޓެޑްގެ ދެ ޑިފެންޑަރުން ކަމަށްވާ ހެރީ މެގުއާ އާއި މަތައިސް ޑި ލިޓް، އެ ޓީމުގެ އޭރިއާތެރެއިން އެވަޓަންގެ އެޝްލީ ޔަންގަށް ފައުލުކުރި ކަމަށް ފުރަތަމަ އެވަޓަން އަށް ދިން ޕެނަލްޓީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމީ ފައުލެއް ނޫން ކަމަށެވެ.

ލީގުގެ 14 ވަނައިގައި އެވަޓަން އޮތީ 26 މެޗުން 31 ޕޮއިންޓާ އެކު އެވެ. އެއް ދަރަޖަ ފަހަތުގައި އޮތް ޔުނައިޓެޑާއި ލީގުގެ 16 ވަަނައިގައި އޮތް ވެސްޓް ހޭމް އަށް ވަނީ 26 މެޗުން 30 ޕޮއިންޓް ލިބިފަ އެވެ.

ޔުނައިޓެޑްގެ އުގާޓޭ (ކ) އާއި ފެނާންޑޭސް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ވެސްޓް ހޭމް އިން އާސެނަލް ކޮޅަށް ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅުގައި ޖެރަޑް ބޮވެން އެވެ. ވެސްޓް ހޭމްގެ ފުލްބެކް، އާރޮން ވަން ބިސާކާ ނެގި ހުރަަހަކަށް އަަރައި ބޮވެން ބޮލުން ޖެހި މި ގޯލަކީ ޕްރިމިއާ ލީގުގައި އޭނާ ކާމިޔާބުކުރި، 50 ވަނަ ގޯލެވެ.

މި މެޗުގައި، އާސެނަލްގެ ޒުވާން ޑިފެންޑަރު، މައިލްސް ލެވިސް-ސްކެލީ އަށް 73 ވަނަ މިނިޓްގައި ރަތް ކާޑެއް ދެއްކި އެވެ. ހާފުގެ މެދެއްހާ ހިސާބުން ވެސްޓް ހޭމްގެ މުހައްމަދު ކުޑޫސް ހުސްކޮށް ގޯލަށް ޖަހަން ދަނިކޮށް، ލެވިސް-ސްކެލީ ކުރި ފައުލަށް ފުރަތަމަ ރީނދޫ ކާޑު ދެއްކިއިރު، ވީއޭއާރް އިން އަންގައިގެން ބެލުމަށް ފަހު، އެ ރީނދޫ ކާޑު ކެންސަލްކޮށް ރަތް ކާޑަކަށް ބަދަލުކުރި އެވެ.

މި މެޗުން، ބަލިވެ، އާސެނަލް ވަނީ 15 މެޗަށް ފަހު ލީގުގައި ބަލިވެފަ އެވެ. އަނެއްކޮޅުން ލީގުގެ ރޭހުގައި ލިވަޕޫލާ ދެމެދު ފަރަގުކުޑަކުރަން ލިބުނު ފުރުސަތު ގެއްލުނީ އެވެ. ވެސްޓް ހޭމުން ޖެހިޖެހިގެން ދެ ސީޒަނުގައި އާސެނަލް ދަނޑުގައި މި ވަނީ މޮޅުވެފަ އެވެ.

ލީގު ތާވަލުގެ ލިވަޕޫލް އެއް ވަނައިގައި އޮތީ 26 މެޗުން 61 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އާސެނަލަށް ވަނީ 26 މެޗުން 53 ޕޮއިންޓް ލިބިފަ އެވެ. ލިވަޕޫލުން މާދަމާރޭ މެންޗެސްޓާ ސިޓީ އަތުން މޮޅުވެ، 11 ޕޮއިންޓުގެ ލީޑެއް ނަގަން އޮތީ ފުރުސަތު ފަހިވެފަ އެވެ.

ލީގުގައި މިރޭ ޓޮޓެންހަމް ހޮޓްސްޕާސް އިން ވަނީ 4-1 އިން އިޕްސްވިޗް ޓައުން ބަލިކޮށްފަ އެވެ. ބްރައިޓަން އިން 4-0 އިން ސައުތެމްޓަން ބަލިކުރިއިރު، އެއް ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައި ކުޅުނު ބޯންމައުތު އަތުން ވުލްވްސް މޮޅުވީ، 1-0 އިންނެވެ. އަދި ފުލަމް ދަނޑުގައި ކްރިސްޓަލް ޕެލަސް ވަނީ 2-0 އިން ކުރިހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox