އާސަންދަ ކުންފުނީގެ ބައެއް ތަންތަން ސައުންޑްޕްރޫފް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.
އެ ކުންފުނިން އިއްޔެ ގެޒެޓުކުރި އިއުލާނެއްގައި ބުނީ ސައުންޑްޕްރޫފް ކުރަން ޖެހެނީ އެ ކުންފުނިން ދޭ މައުލޫމާތާ އެއްގޮތަށް ކުންފުނީގެ ބައެއް ތަންތަން ކަމަށެވެ. އެ ތަންތަނުގެ އެއްވެސް ތަފުސީލެއް އާސަންދައިން އިއުލާނުގައި ހިމަނާފައެއް ނުވެ އެވެ.
އާސަންދަ ކުންފުނީގެ މައި އޮފީސް ހުންނަނީ ފެން ބިލްޑިންގުގަ އެވެ. އެ ކުންފުނީގެ ބައެއް އެހެން އޮފީސްތައް މާލޭގައި ހުރެ އެވެ.
އާސަންދައިން ބުނީ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ފެބްރުއަރީ 23، ގެ މެންދުރުފަހު 3:00 ގެ ކުރިން ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށެވެ. މަދުވެގެން ތިން ފަރާތުން ޝައުގުވެރިކަން ފާޅުނުކުރާނަމަ އިއުލާނު ބާތިލްކުރުމުގެ ބާރު އާސަންދައަށް ލިބެ އެވެ.
މި މަސައްކަތުގެ މައުލޫމާތު ކަރުދާސް ލިބޭނީ ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކަށެވެ.

އަންދާޒީ ހިސާބު ހުށަހެޅުން ކުރިއަށް ގެންދަން އާސަންދައިން ނިންމާފައިވަނީ ފެބްރުއަރީ 27، ގެ މެންދުރުފަހު 3:00 ގައި ބާއްވާ ވެބް މީޓިން އެއް މެދުވެރިކޮށެވެ.












