ތިނަދޫގައި އެއާޕޯޓެއް އަޅަން ސޮއިކުރުމުން ކާޑެއްދޫ އިންޓަނޭޝަނަލް ކުރަން ވިލާއިން ކުރި މަސައްކަތްތަކަށް ބޮޑު ހުރަހެއް

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވިލާ އެއާގެ ޗެއާމަން ގާސިމް އަދި ދަރިކަލުން ސިޔާދުގެ އިތުރުން އެ ކުންފުނީގެ އިސްވެރިން --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވިލާ އެއާގެ ޗެއާމަން ގާސިމް އަދި ދަރިކަލުން ސިޔާދުގެ އިތުރުން އެ ކުންފުނީގެ އިސްވެރިން --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މީގެ އަހަރެއް ކުރިން ގދ. ތިނަދޫ ފަޅު ހިއްކައިގެން އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށް ސަރުކާރުން އެމްއޯޔޫއެއްގައި ސޮއިކުރުމާއެކު އިންވެގެން އޮތް ގދ. ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކުރުމަށް އެތަން ހިންގާ ވިލާ އެއާއިން މަޝްވަރާކުރަމުން އައި ބައިނަލްއަގުވާމީ ދެ ޑިވެލޮޕަރަކު ވާހަކަތައް ހުއްޓާލަން ޖެހުނު ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިދިޔަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅަން ތައިލެންޑުގެ ޕޭން ޕެސިފިކް ކުންފުންޏާ އެކި ދިވެހި ސަރުކާރުން އެމްއޯޔޫގައި ސޮއިކުރީ ފެބުރުއަރީ 20، 2024 ގަ އެވެ. އެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް މިހާތަނަށް ކުރިއަށް ގެންގޮސްފައި ނުވެ އެވެ.

ކާޑެއްދޫ އެއާޕޯޓުގެ މަސައްކަތްތަކާ ގުޅޭ ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގުތިސޯދީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވިލާ އެއާގެ އިސްވެރިން ވަނީ ހާޒިރުކޮށްފަ އެވެ. މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ކުންފުނިން، ތިނަދޫ އެއާޕޯޓު މަޝްރޫއުގެ ސަބަބުން ލިބުނު ގެއްލުން ހާމަކުރީ ކޮމިޓީއާ ހިއްސާކުރި ލިޔުމެއްގަ އެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު ވިދާޅުވީ، ތިނަދޫ އަދި ގއ. ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓުތަކެއް އަޅަން ސަރުކާރުން ނިންމާ އެމްއޯޔޫގައި ސޮއިކުރުން ވީ އެ ކުންފުނި ބޭރުގެ ޑިވެލޮޕަރުން ކުރިމަތީ ލަދުގަންނަވާލި ކަމެއް ކަމަށެވެ.

ކާޑެއްދޫ އެއާޕޯޓު ތަރައްގީކުރަން ވާހަކަ ދައްކަމުން އައީ އެމެރިކާގެ އެއާޕޯޓު ޑިވެލޮޕިން ކޮންސޯޓިއަމެއް ކަމަށްވާ ސެންޓަލައިން އަދި އޭޑީއޭސީ ކަމަށެވެ.

"އަޅުގަނޑުމެން ގެނައިން ސެންޓަލައިން މީހުން. އެމީހުން އައިސް އެމީހުން ސާވޭކުރި 2022 ގެ ޖޫން ގަ. އަޅުގަނޑުމެން ގެނައިން އޭޑީއޭސީ ވެސް. ދެ ޕާޓީއާ އެއްކޮށް އަޅުގަނޑުމެން މަސައްކަތް ކުރަމުން ދަނިކޮށް ވަކި ހިސާބަކުން އެމްއޯޔޫގަ ސޮއިކޮށް އެނައުންސްމަންޓެއް އައިމަ އިންވެސްޓަރުގެ ކޮންފިޑެންސް ފުދޭވަރަކަށް ގެއްލުނު،" ނާޝިދު ވިދާޅުވި އެވެ.

ސަރުކާރުގެ އަދި ރާއްޖޭގެ ގައުމީ ތަރައްގީގެ ޕްލޭނެއް އޮތްތޯ އިންވެސްޓަރުން އެ ހިސާބުން ސުވާލު އުފެއްދިކަން އޭނާ ފާހަގަކުރެއްވި އެވެ.

މިކަމާ ގުޅިގެން ސުވާލުކުރުމުން ކުންފުނީގެ ޑިރެކްޓަރު އަދި ގާސިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ވިދާޅުވީ، ކާޑެއްދޫއާ އެހާ ކައިރީގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅަން ނިންމުމާއެކު އެކަމުގެ ކަންބޮޑުވުންތައް ފާހަގަކޮށް ސަރުކާރުގެ ވުޒާރަތަކާ އެ ވާހަކަ ދެކެވިފައިވާ ކަމަށެވެ.

"[އަޅުގަނޑުމެން ދެންނެވިން] އިންފްރާސްޓަކްޗާ ޑިވެލޮޕްމަންޓް ކަންކަމުގަ ކްރިޓިކަލް މާސް މުހިންމުވެއޭ. މުހިންމު ނުވެ އެކަން ކުރަން އުޅެގެން އެކަން ނުވެފައޭ އޮންނާނީ،" ސިޔާދު ވިދާޅުވި އެވެ.

ރާއްޖޭގައި އެއާޕޯޓުތައް ހަދާ ހިންގުމުގެ ގާބިލުކަމާއި ތަޖުރިބާ ވިލާ އެއާގައި އެބަހުރި ކަމަށާއި އެންމެ ހެޔޮއަގުގައި އެކަން ކުރެވޭނީ އެ ކުންފުންޏަށްކަން އޭނާ މިއަދުގެ ކޮމިޓީގައި ފާހަގަކުރެއްވި އެވެ. ރާއްޖެއަށް އިންވެސްޓުމަންޓުތައް ގެނައުމުގައި މިފަދަ ކަންކަމަށް ވިސްނަން ޖެހޭނެ ކަން ގާސިމުގެ ވިޔަފާރިގެ ކަންކަން ބަލަހައްޓަވަމުން ގެންދަވާ ސިޔާދު ވިދާޅުވި އެވެ.

"ކެޕިޓަލް އިންވެސްޓްމަންޓުތައް ރާއްޖެއަށް ގެންނައިރު ރިސޯސް ޑުޕްލިކޭޓު ނުވާނެ ގޮތަކަށް އެބަޖެހޭ މި ކެޕިޓަލް އިންވެސްޓްމަންޓުތައް ރާއްޖެއަށް އަންނަން. މި ރާއްޖޭގަ ބައިވަރު ސެކްޓާސްތައް އެބަހުރި ޑިވެލޮޕް ވާންޖެހޭ،" ސިޔާދު ދެކިލައްވާ ގޮތުގައި ކާޑެއްދޫ އެއާޕޯޓު ތަރައްގީކުރުން ވިލާއަށް ދޫކޮށްލުމަކީ ރައްޔިތުންނަށް އަދި ސަރުކާރަށްވެސް އެންމެ ފައިދާ ބޮޑުވާނެ ގޮތެވެ.

ކާޑެއްދޫ އެއާޕޯޓު ވިލާ އެއާ އާ ހަވާލުކޮށްފައިވަނީ 2013 ވަނަ އަހަރު އެވެ. ސަރުކާރުން ވިލާ އެއާ އާއެކު އެ އެއާޕޯޓު އޮޕަރޭޓްކުރަން ހަދާފައި އޮތް އެއްބަސްވުން އުވާލީ ސިވިލް އޭވިއޭޝަނުގެ މިންގަނޑުތަކާ ހިލާފްވެގެންކަމަށް ބުނެ ޖުލައި 18، 2017 ވަނަ ދުވަހު އެވެ.

ނަމަވެސް، ވިލާއިން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މެއި 10، 2021 ގައި އެ ކޯޓުން ހުކުމްކުރީ ކާޑެއްދޫ އެއާޕޯޓުގެ އެއްބަސްވުން ސަރުކާރުން އުވާލާފައިވަނީ ބާތިލް އިޖުރާއަތެއްގެ މަތިން ކަމަށެވެ. ކޯޓު ހުކުމާ އެއްގޮތަށް ކާޑެއްދޫ އެއާޕޯޓު އަލުން ވިލާއާ ހަވާލުކޮށް ސޮއިކުރީ މާޗު 1، 2022 ގަ އެވެ.

ތިނަދޫގެ އުތުރަށް އޮތް ފަސް ކިލޯ މީޓަރުގެ ފަޅު ހިއްކައިގެން އިންޓަނޭޝަނަލް އެއާޕޯޓެއް އަޅާއިރު 10 މިނެޓަށް ވުރެ ކައިރީގައި އޮތް ކާޑެއްދޫ އެއާޕޯޓާއި ތިނަދޫ ގުޅާލަން ވެސް ރައީސް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ.

"އަދަދު" ނޫހުން ކުރި ތަހުގީގުން އެނގުނު ގޮތުން 600 މިލިއަން ޑޮލަރުގެ ތިނަދޫ އެއާޕޯޓު މަޝްރޫއު ހިންގަން ހަވާލުކުރީ، އަމަލީ ގޮތުން ވިޔަފާރިއެއް ނުކުރާ، އަދި އަމުދުން އެވަރުގެ ބިޔަ ޕްރޮޖެކްޓެއް ހިންގާފައިވާ ކުންފުންޏަކާ ނޫނެވެ. އެއީ އަންނައުނު ވިއްކާ ތައިލޭންޑްގެ ޕޭޕަރު ކުންފުންޏެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox