މެންބަރުން ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމުގައި ތަކުލީފުތަކެއް އުފުލަންޖެހޭ ކަމަށް ބުނެ ޝަކުވާތަކެއް

ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި އެ ބޭފުޅުންގެ އާއިލާ ބޭފުޅުންނަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމުގައި ތަކުލީފުތަކެއް އުފުލަންޖެހޭ ކަމަށާއި އެ ކުރާ ހަރަދު އަނބުރާ ހޯދުމުގައި ވެސް ދަތިތަކެއް ކުރިމަތިވާ ކަމަށް ބުނެ ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މެންބަރުން ކަންބޮޑުވުން ފާޅު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މެންބަރުންނާއި މެންބަރުކަން ކޮށްފައިވާ ބޭފުޅުންގެ އިތުރުން އެ ބޭބޭފުޅުންގެ އައިލާތަކަށް ރާއްޖެއިން ބޭރުން ހިލޭ ބޭސްފަރުވާ ކުރެވޭ ގޮތަށް އޮންނަ އިންތިޒާމާ ގުޅޭ ގޮތުން މަޖިލީހުގެ އާންމު ކޮމިޓީއަށް ފޮނުވާފައި އޮތް ސިޓީއަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

އެ މަޝްވަރާގައި ބައިވެރިވެވަޑައިގެން ގިނަ މެންބަރުން ވާހަކަ ދެއްކެވީ މައިކު ނުޖައްސައި އަޑު ކަނޑާލައިގެންނެވެ. ނަމަވެސް މެންބަރުންނަށް ލިބޭ ބޭސްފަރުވާގެ އިމްތިޔާޒު އެންމެ ފުރިހަމަ ގޮތުގައި ނުލިބޭ ކަމަށް ވިދާޅުވެ އެންމެ ފުރަތަމަ ކަންބޮޑުވުން ފާޅު ކުރެއްވީ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު، އިބްރާހިމް ދީދީ އެވެ. ނަމަވެސް އޭނާ ވާހަކަދެއްކެވީ މައިކު ކަނޑާލައިގެން ކަމަށް ވާތީ ދެއްކެވި ވާހަކައިގެ ތަފުސީލެއް ނޭނގެ އެވެ.

އިބްރާހިމް ދީދީގެ ވާހަކައަށްފަހު އެ ދެއްކެވި ވާހަކައަށް ތާއީދު ކުރައްވައި ތިމަރަފުށީ ދާއިރާގެ ޕީއެންސީ މެންބަރު، އަހުމަދު ރިޔާޒު ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ އާއިލާތަކަށާއި އެ މެންބަރުންނަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް ވަރަށް ބޮޑު ހަރަދެއް ކުރާ ކަމަށެވެ. އެހެންކަމުން ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމުގައި މަޖިލިސް މެންބަރުންނަށާއި އެ ބޭފުޅުންގެ އާއިލާތަކަށް ތަކުލީފެއް އުފުއްލަވަން ޖެހިވަޑައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދާދިފަހުން ހިނގައްޖައިމު ހަމަ ޑޮކްޓަރަށް ދައްކަން، ދިޔައިރު، އެލައިޑް އިންޝުއަރެންސުން އެ ބޭފުޅުންގެ ލެޓާއެއް [ސިޓީއެއް] ވެސް ހިފައިގެން ދިޔައީ އެހެންނަމަވެސް ކަން ދިމާ މިވާގޮތަކީ އަޅުގަނޑުމެންނަށް ވަކި ޑޮކްޓަރަކަށް މި ދެއްކުނީ އެ ލެޓާ ބޭނުން ކޮށްގެން، ދެން އެހެން ޑޮކްޓަރަކަށް ދައްކަން މި ޖެހުނީ އަޅުގަނޑުމެން އަމިއްލައަށް ރީއެމްބާސް ކުރާގޮތަށް، އަޅުގަނޑުމެން ސީދާ ހަމަ ޕޭ ކުރަން ޖެހުނު، އެހެންވީމާ އެއީ ހަގީގަތުގައި އެކަން ވެގެން ވާނެ ގޮތެއް ނޫން،" ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމުގެ އިންތިޒާމު ވަކި ގޮތަކަށް ހަމަޖެހިގެން އެކޮޅަށް ދިޔުމުން އިތުރު ތަކުލީފެއް އުފުލަން ޖެހި، މާލެ އައިސް ފޯމު ހުށަހަޅައި އެތައް ވަގުތެއް އެކަމަށް ހޭދަ ކުރަން ޖެހުމަކީ އޮންނަންޖެހޭ ގޮތެއް ނޫން ކަމަށެވެ.

މިސާލު ދައްކަވަމުން ރިޔާޒު ވިދާޅުވީ މިފަހުން އިންޑިއާއަށް ކުރެއްވި ދަތުރެއްގައި ބޭސްފަރުވާއަށް ކުރި ހަރަދު އަނބުރާ ހޯދުމަށް އެލައިޑް އިންޝުއަރެންސަށް ލިޔުންތައް ހުށަހެޅުމުން އެ ތަނުން ރީއިންބާސް ކޮށްދިނުމުގެ ބަދަލުގައި އެ ލިޔެކިޔުންތައް ރިޖެކްޓު ކޮށްލި ކަމަށެވެ.

"އިންޑިއާއަށް އަޅުގަނޑު ކުރި ދަތުރެއްގައި އަޅުގަނޑު އަންހެނުންނާއި އަޅުގަނޑުގެ މެޑިކަލް ހުރިހާ އެއްޗެއް ހުށަހެޅިން، ހުށަހެޅީމާ ރިޖެކްޓު ކޮށްލީ އަޅުގަނޑު އެ ބޭފުޅުންނަށް ވަޓްސްއެޕް ކޮށްލިން އަޅުގަނޑަކީ މިއީ މެންބަރެކޭ، އަޅުގަނޑުމެން މިހެން ހުށަހަޅާ އެއްޗެހި ރިޖެކްޓެއް ތިބޭފުޅުންނަކަށް ނުކުރެވޭނެޔޭ، އިނގޭތޯ؟ ކޮށްގެން ނުވާނެޔޭ،" ރިޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑު ހަރަދުކޮށްފައި އައީ، އެކަމަކު ލިބުނީ 3000ރ.، އިނގޭތޯ؟ އެހެންވީމާ މިގޮތަށް މި ކަންކަން ހިނގައިގެން ނުވާނެ."

މަޖިލިސް މެންބަރުންނަށް ލިބޭ ބޭސްފަރުވާގެ އިންޝުއަރެންސާ މެދު ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރިއިރު، މެންބަރުންގެ މުސާރައިގެ ގޮތުގައި މަހަކު 82،000ރ. ލިބެ އެވެ. އޭގެއިތުރުން މަޖިލިސް މެންބަރުންނާއި އެ ބޭފުޅުންގެ އަނބިންނާއި 18 އަހަރު ނުފުރޭ ކުދިންނަށް މެޑިކަލް އިންޝުއަރެންސުގެ ގޮތުގައި އަހަރަކު 24،000ރ. ލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox