އިންޑިއާގެ ރޭލު ސްޓޭޝަނެއްގައި ފިތިގެން 15 މީހުން މަރުވެއްޖެ

އިންޑިއާގެ ރޭލު ސްޓޭޝަނެއްގައި ފިތިގެން 15 މީހުން މަރުވެއްޖެ

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ރޭލު ސްޓޭޝަނެއްގައި ތޮށްޖެހި ފިތިގެން 15 މީހުން އިއްޔެ މަރުވެއްޖެ އެވެ.

ދިއްލީގެ ޗީފް މިނިސްޓަރު އަޓީޝީ ވިދާޅުވީ ހާދިސާގައި މަރުވީ 15 މީހުން ކަމަށެވެ. އެކަމަކު ހާދިސާގައި މަރުވި މީހުންގެ އަދަދު 18 އަށް އަރާ ކަމަށް އިންޑިއާގެ އެންޑީޓީވީން ބުންޏެވެ.

އަލްޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ރޭލު ސްޓޭޝަނުގައި ފިތިގެން މަރުވި 15 މީހުންގެ ތެރޭގައި 10 އަންހެނުންނާއި ތިން ކުޑަކުދިން ހިމެނެ އެވެ.

އިންޑިއާގެ މިނިސްޓާ އޮފް ރެއިލްވޭއިސް އަޝްވިނީ ވައިޝްނޯ ވިދާޅުވީ އެހީތެރިކަން ފޯރުކޮށްދީ، މައްސަލައާ ގުޅިގެން އަވަސް ތަހުގީގެއް ހިންގަން ފަށާފައިވާ ކަމަށެވެ.

މުމްބާއީއާ 624 ކިލޯ މީޓަރު ދުރުގައި އިރު ދެކުނަށް އޮންނަ ޕްރިޔާރާޖް ސިޓީއަށް ފުރަން ތައްޔާރުވެފައި އޮތް އެ ރޭލަށް ގިނަ ބަޔަކު އަރަން އަރަން މަސައްކަތްކުރީ ފެސްޓިވަލަކަށް ދިޔުމަށެވެ.

އިންޑިއާގައި ފެސްޓިވަލްތައް ކުރިއަށްދާ ދުވަސްވަރާ ދިމާކޮށް އަބަދުވެސް ފިތިގެން މީހުން މަރުވާ މައްސަލަތައް ކުރިމަތިވެ އެވެ. މިގޮތުން މިދިޔަ މަހު ވެސް ފެސްޓިވަލެއްގެ ތެރެއިން ފިތިގެން 30 މީހުން މަރުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕެރޫގެ އަވަށެއްގެ މޭޔަރުކަމަށް ހިޓްލަރު މުސޮލިނީ އިންތިހާބުވެއްޖެ

ސިމިއޯން އިންތިހާބުވީ 1،000 އަށްވުރެ މަދު މީހުން ދިރިއުޅޭ ސަރަހައްދެއްގެ މޭޔަރު ކަމަށް ވީނަމަވެސް، ދުނިޔޭގައި މަޝްހޫރުވި ދެ ފެސިސްޓް ޑިކްޓޭޓަރުންގެ ނަމުން އޭނާއަށް ނަން ދީފައިވުމުގެ ސަބަބުން، ބައިނަލްއަގުވާމީ މީޑިއާގެ ސަމާލުކަން އެ ގައުމުގެ އެ ކުޑަ އަވަށަށް ވަނީ ހުއްޓިފަ އެވެ.

ދޫންޏެއްގެ އަޑާއި މުއާސަލާތު ކުރުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް

ހިމާލަޔާ ސަރަހައްދުގައި އިންސާނީ ހަރަކާތްތަކާއި އުމްރާނީ ތަރައްގީ އިތުރުވުމުގެ ސަބަބުން، "މޮނާލް" ދޫނީގެ ގުދުރަތީ މާހައުލު ގެއްލި އެ ސަރަހައްދުގެ މަތީ ހިސާބުތަކަށް ހިޖުރަކުރަން ވަނީ މަޖުބޫރުވެފައެވެ. މީގެ އިތުރުން، އިންސާނީ އަޑުގަދަވުމުގެ ސަބަބުން އެކަތި އަނެކައްޗާ މުއާމަލާތްކުރުމަށްޓަކައި އެ ދޫނިތަކުގެ އަޑުގެ ރާގަށް ބަދަލުތަކެއް އަންނަމުންދާކަން ދިރާސާތަކުން ދައްކައެވެ.

ކަންބޮޑުވުން އުފެދިފައި ވަނިކޮށް މީހަކަށް މަރުގެ އަދަބު ދީފި

އެމެރިކާގެ ޓެކްސަސްގައި 2000 ވަނަ އަހަރު މީހަކު މަރާލި މައްސަލައެއްގައި ޖަމާލް ހޮވާޑްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް، ވިހަ އިންޖެކްޝަން ޖަހައިގެން ތަންފީޒުކޮށްފިއެވެ. އިންޖެކްޝަންގެ ރައްކާތެރިކަމާ މެދު ކަންބޮޑުވުން ފާޅުކޮށް ހޮވާޑްގެ ވަކީލުން ހުކުމް ފަސްކުރަން އެދުނު ނަމަވެސް، ކޯޓުތަކުން ވަނީ އެކަމަށް އިންކާރުކޮށްފައެވެ. މިއީ މިދިޔަ ހަފުތާގައި އެހެން މީހަކަށް މަރުގެ އަދަބު ދިނުމުގައި ދިމާވި މައްސަލަތަކާ ގުޅިގެން އުފެދުނު ބަހުސްތަކެއްގެ ތެރެއިން ހިންގި އަމަލެކެވެ.

ޔޫކޭ ކަނޑުތަކުން އަލުން ނޫއުރަހަ ކަންނެލި ފެންނަން ފަށައިފި

ޔޫކޭގެ ކަނޑުތަކުން ހުސްވެފައިވާ ނޫއުރަހަ ކަންނެލި އަލުން ފެންނަން ފެށުމަކީ ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތުން ނަތީޖާ ނެރެވިދާނެކަމުގެ އުންމީދީ ހެއްކެއް ކަމަށް ޑަބްލިއުޑަބްލިއުއެފްގެ ރިޕޯޓެއްގައި ފާހަގަކޮށްފިއެވެ. މި ކުރިއެރުން ލިބިފައިވަނީ މަސް ބޭނޭ މިންވަރު ކަނޑައެޅުމާއި މަސް އަލާވާ ސަރަހައްދުތައް ހިމާޔަތްކުރުން ފަދަ ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވުނު މަސައްކަތްތަކުގެ ސަބަބުންނެވެ.

ސައުދީގެ ދެ އެއާޕޯޓަކަށް ދިން ހަމަލާތަކުގައި ތިން މަރު

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާގެ އަބްހާ އަދި ކިންގް ޚާލިދު އެއާޕޯޓަށް ދިން މިސައިލް އަދި ޑްރޯން ހަމަލާތަކެއްގައި ތިން މީހަކު މަރުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެއެވެ. މި ހަމަލާތަކުގައި މަރުވެފައިވަނީ މޮރޮކޯ، އަލްޖީރިއާ އަދި ސޫދާނަށް ނިސްބަތްވާ ތިން މީހުން ކަމަށް ސައުދީގެ ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

ހަނދަށް ކުރި ދަތުރުގެ ސޮފްޓްވެއާ އިންޖިނިއަރު މަރުވެއްޖެ

ނާސާގެ އެޕޯލޯ މިޝަންތަކުގެ ސޮފްޓްވެއާ އިންޖިނިއަރިން ޓީމު އިސްވެ ބަލަހައްޓަވައި، ހަނދަށް އިންސާނުން ފޮނުވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި މާގްރެޓް ހެމިލްޓަން އުމުރުން 90 އަހަރުގައި މަރުވެއްޖެއެވެ. އޭނާއަކީ "ސޮފްޓްވެއާ އިންޖިނިއަރިން" މި ލަފުޒު އުފެއްދެވި، އަދި އެޕޯލޯ 11 ހަނދަށް ތިރިކުރި ވަގުތު ދިމާވި ކޮމްޕިއުޓަރު މައްސަލަ ހައްލުކުރުމުގައި އެންމެ އިސްކޮށް ހުންނެވި ސައިންޓިސްޓެވެ. އޭނާގެ މި ތާރީޚީ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެމެރިކާގެ އެންމެ މަތީ މަދަނީ ޝަރަފު ކަމަށްވާ "ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމް" ވެސް ވަނީ ލިބިވަޑައިގެންފައެވެ.

އިންސާނިއްޔަތާ ހިލާފު ޖަރީމާ ހިންގި މީހަކަށް އެމެރިކާގެ އެހީ

އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް ހިންގާފައިވާ ސީރިޔާގެ ކުރީގެ ޖެނެރަލް ބައްސާމް އަލް ހަސަންއަށް، އެމެރިކާ އާއި ލުބުނާނުން ޚަރަދުކޮށް ހިމާޔަތް ދެމުންދާކަން ތަހުގީގަކުން ވަނީ ފަޅާއަރާފައެވެ. އޭނާއަށް މި ހިމާޔަތް ދެނީ ވަގަށް ނަގާފައިވާ އެމެރިކާގެ ނޫސްވެރިޔާ އޮސްޓިން ޓައިސްއާ ގުޅޭ ޖާސޫސީ މައުލޫމާތު ފޯރުކޮށްދިނުމަށް އެއްބަސްވުމުން ކަމަށްވާއިރު، ސީރިޔާގެ އާ ސަރުކާރުން ދަނީ އޭނާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

Newsletter

Get the latest news delivered straight to your inbox