ކުޅަދާނަ މިއުޒީޝަން، މެޒޯ މުހައްމަދު ނިޔާވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ، މެޒޯ މުހައްމަދު މާޖިދު -- ފޮޓޯ: ސޯޝަލްމީޑިއާ

މަޝްހޫރު ލަވަކިޔުންތެރިޔާ، މެޒޯ މުހައްމަދު މާޖިދު -- ފޮޓޯ: ސޯޝަލްމީޑިއާ

މަޝްހޫރު ލަވަކިޔުންތެރިޔާ މެޒޯ މުހައްމަދު މާޖިދު މިއަދު ނިޔާވެއްޖެ އެވެ.

އޭނާގެ އާއިލާއިން ވަނީ އެކަން "އަދަދު" ނޫހަށް ކަށަވަރު ކޮށްދީފަ އެވެ. އޭނާ ނިޔާވިއިރު އޭނާގެ އުމުރަކީ 59 އަހަރެވެ.

މެޒޯ މުހައްމަދު ނުވަތަ ކްރީމް މުހައްމަދުއަކީ ކުޅަދާނަ ލަވަކިޔުންތެރިއެއްގެ އިތުރުން ހުނަރުވެރި މިއުޒީޝަނެއް ވެސްމެ އެވެ. އަދި ގިޓަރިސްޓެއްގެ އިތުރުން އޭނާއަކީ މޮޅު ޑްރަމަރެއް ވެސްމެ އެވެ. އުމުރުން އެންމެ 11 ވަރަކަށް އަހަރުގައި 1977، ގައި މިއުޒިކްގެ ތެރެއަށް ވަން މުހައްމަދުގެ ނަމަކީ ރާއްޖޭގެ މިއުޒިކްގެ ތާރީހުގައި ރަން އަކުރުން ފަވާލެވޭ ނަމެކެވެ. އޭނާގެ އަޑަކީ ދިވެހި އެތައް ހިތެއްގައި އުމުރަށް ރައްކާ ކުރާނެ ފަދަ ހިތްގައިމު އަޑެކެވެ.

ކްލަބް ކޯބްރާސްއިން މިއުޒިކުގެ ދުނިޔެއަށް ނުކުތް މުހައްމަދު ދިވެހި މިއުޒިކީ ޖައްވުގައި ފިޔަޖަހަން ފެށީ އޭނާގެ އަމިއްލަ މިއުޒިކް ބޭންޑު، މެޒޯ އުފެއްދުމަށްފަހު އެވެ. އޭގެ ކުރިން "ބޯން އިން އެމް" ގެ ނަމުގައި ވެސް އޭނާ ބޭންޑެއް އުފެއްދި އެވެ.

އޭނާގެ އެންމެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ކަމަނަ ގޯތީ އާދަނުތާއޭ" އާއި "ޖިސްމު ނެތިގެން ގޮސް ހަފުސް" އަދި އުޑުންތަރިތައް" ފަދަ ދިވެހިންގެ މަގުބޫލުކަން ހޯދާފައިވާ އެތައް ލަވައެއް ހިމެނެ އެވެ. އޭނާގެ ދިގު މިއުޒިކީ ހަޔާތުގައި ނެރެނު އަލްބަމްތަކުގެ ތެރޭގައި "ގުގުރި" އަލްބަމް އާއި "މާލި" އަލްބަމް ފަދަ އަމިއްލަ ރާގުގެ އަލްބަމްތައް ފާހަގަކޮށްލެވެ އެވެ.

ދިވެހި އަމިއްލަ އުފެއްދުންތެރިކަމުގެ ލާމަސީލެއްގެ ގޮތުގައި ފާހަގަކޮށްލެވޭ މެޒޯ މުހައްމަދުގެ މެޒޯ ބޭންޑަކީ ރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުގައި ވެސް ހުނަރު ދައްކާލައި އެތައް ބައެއްގެ ހިތްތައް ކަތިލާފައި ބޭންޑެކެވެ. އެގޮތުން އައިޓީބީ ބާލިން ޓޫރިޒަމް ފެއާގަ އާއި ބީއައިޓީ މިލާން ޓޫރިޒަމް ފެއާގެ އިތުރުން ސައުތު އެފްރިކާ އާއި ސީޝްލްސް އަދި އިންޑިއާގައި މެޒޯއިން ރާއްޖެ ތަމްސީލު ކޮށްދީފައިވެ އެވެ.

މެޒޯ މުހައްމަދު މާޖިދުއަށް މިއުޒިކީ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ލިބުނު ދުވަސް
މެޒޯ މުހައްމަދު މާޖިދުއަށް މިއުޒިކީ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ލިބުނު ދުވަސް

މެޒޯ މުހައްމަދު މާޖިދުއަށް މިއުޒިކީ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ލިބުނު ދުވަސް

އޭގެއިތުރުން އިންޑިއާގެ މަޝްހޫރު ޓީވީ ޗެނަލް، އެމްޓީވީގައި އެންމެ ފުރަތަމަ ދިވެހި ލަވައަކަށް ދެއްކީ ވެސް މެޒޯ ބޭންޑުގެ "ވިސްނާ ވިސްނާ" ލަވަ އެވެ.

މެޒޯ މުހައްމަދު މިއުޒިކުގެ ދާއިރާގައި ކުރި ހިދުމަތުގެ އަގު ވަޒަންކޮށް 2010، ގައި މިއުޒިކުގެ ދާއިރާއިން އޭނާއަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވެސް ސަރުކާރުން ދިނެވެ.

އެތައް ބައެއްގެ ހިތްތަކުން ޖާގަ ހޯދާފައިވާ ފަންނާނު ދުނިޔެ ދޫކުރިއިރު، އޭނާގެ ދަރިފުޅު މީރާ މުހައްމަދު މާޖިދު އަކީ ވެސް ހުނަރުވެރި ލަވަކިޔުންތެރި އެކެވެ.

މެޒޯ މުހައްމަދުގެ އަޑު ދިވެހިންނަށް އެންމެފަހުން އިވިގެން ގޮސްފައި ވަނީ މިދިޔަ އަހަރު ޓީވީއެމުން ގެނެސްދިން އެހަނދާނުގައި ޝޯއިންނެވެ.

މިއުޒިކުގެ ދާއިރާގެ އިތުރުން މުހައްމަދަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ވެސް ފާހަގަކޮށްލެވޭ އެކްޓިވިސްޓެއް ވެސްމެ އެވެ.

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox