ރާއްޖެ ޓީވީގެ ލަވައިގެ މައްސަލަ: އުސޫލާ ހިލާފުވި ކަމަށް ނިންމައިފި، މައްސަލަ ބަލަނީ ލަވައަކީ ހަބަރެއް ކަމަށް ބަލައިގެން

ރާއްޖެ ޓީވީގެ ލަވައިގެ މައްސަލަ: އުސޫލާ ހިލާފުވި ކަމަށް ނިންމައިފި، މައްސަލަ ބަލަނީ ލަވައަކީ ހަބަރެއް ކަމަށް ބަލައިގެން

މިދިޔަ މަހުގެ 26، ގައި ރާއްޖެ ޓީވީން ގެނެސްދިން "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުން ދެން ފުނޑިއްޖެއޭ،" ލަވަ, ހަބަރާއި ކަރަންޓު އެފެއާޒް ބްރޯޑްކާސްޓް ކުރުމުގެ އުސޫލާ ހިލާފު ކަމަށް ނިންމައި، ލިޔުމުން ޖަވާބުދާރީވާން އެ ޓީވީއަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އަންގައިފި އެވެ.

ކޮމިޝަނުން ބުނަނީ އެ މައްސަލަ ތަހުގީގު ކުރަމުންދިޔައިރު، ހަބަރާއި ކަރަންޓު އެފެއާޒް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ބުރަ ނުވާން ބުނެފައި އޮންނަ ކޯޑް އޮފް ޕްރެކްޓިސްގެ މާއްދާއާ "ހިލާފު ކަމަށް ފާހަގަ ކުރެވިފައިވާ" ކަމަށެވެ.

ކަމެއް ހިނގި ގޮތް ސާބިތުނުވާ ހާލަތުގައި މުއުތަބަރު ފަރާތަކާ ހަވާލާދީ ހަބަރު ގެނެސްދޭން ބުނެފައި އޮންނަ މާއްދާއާ އެ ލަވައިގެ ބައެއް ބައިތައް "ހިލާފު ކަމަށް ބެލެވޭ" ކަމަށް ވެސް ކޮމިޝަނުން ބުނެފައިވެ އެވެ.

Advertisement

ރާއްޖެ ޓީވީއިން ގެނެސްދިން ލަވަ ގެނެސްދީފައި ވަނީ ހަބަރެއް ނުވަތަ އެފަދަ ކޮންޓެއްގެ ގޮތުގައި ނޫނެވެ. އެހެންކަމުން ހަބަރެއްގެ މިންގަނޑަށް ލަވަ ފައްތައިގެން ތަހުގީގު ކުރަމުންދާ ސަބަބެއް ކޮމިޝަނުން ނުބުނެ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީއަށް އަންގާފައި ވަނީ ފެބްރުއަރީ 24، ގެ މެންދުރު 2:00 ޖެހުމުގެ ކުރިން ޖަވާބުދާރީވުމަށެވެ. ރާއްޖެ ޓީވީއިން މައްސަލައިގައި ހަވާބުދާރީނުވެއްޖެ ނަމަ "ލިބިފައިވާ ލިޔެކިޔުންތަކުގެ" މައްޗަށް ބިނާކޮށް މައްސަލަ ނިންމާނެ ކަމަށް ވެސް ކޮމިޝަނުން ބުނެ އެވެ.

ރާއްޖެޓީވީން ގެނެސްދިން ލަވައިގެ ޅެން ހެދީ އާމިރު ސަލީމް އެވެ. އެ ލަވައިގައި މައިގަނޑު ގޮތެއްގައި ފާޑުކިޔާފައި ހުރީ ރައްޔިތުންނަށް މި ސަރުކާރުން ނުކޮށްދީ ދިގުލައިގެންދާ ކަންކަމަށެވެ.

އެގޮތުން މިިދިޔަ ސަރުކާރުން މާލެ ރައްޔިތުންނަށް ދޫކުރި ފްލެޓާއި ގޯތިތައް ހަވާލު ކުރުން ލަސްވަމުންދާ މައްސަލަ އާއި މާލޭގައި ފެންބޮޑުވާ މައްސަލަ އިތުރަށް ގޯސްވުމުގެ އިތުރުން ރައްޔިތުން ހާލުގައި ތިއްބައި ރައީސުލްޖުމްހޫރިއްޔާ ރާއްޖެއިން ބޭރަށް ގިނަ އަދަދެއްގެ ދަތުރު ކުރެއްވި ވާހަކައަށް އެ ލަވައިގައި ފާޑުކިޔާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox