ގާސިމްގެ ހަޔާތުނާމާ: ސައުދީ ޕްރިންސް މުހައްމަދު ދެކުނީ ޔާމީންއަކީ ރަހުމަތްތެރިއެއްގެ ގޮތުގައި، އަހަރަކު 20 މިލިއަން ޑޮލަރު ދިން

ޔާމީން އަދި ޕްރިންސް މުހައްމަދު: ޔާމީންއަކީ ރަހުމަތްތެރިއެއް ކަމަށް ވިދާޅުވީ ކުރީގެ ރައީސް ސޯލިހަށް ދެއްވި ފަރިއްކޮޅެއްގައި -- ފޮޓޯ: ރައީސް އޮފީސް

ޔާމީން އަދި ޕްރިންސް މުހައްމަދު: ޔާމީންއަކީ ރަހުމަތްތެރިއެއް ކަމަށް ވިދާޅުވީ ކުރީގެ ރައީސް ސޯލިހަށް ދެއްވި ފަރިއްކޮޅެއްގައި -- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންއަކީ ރަހުމަތްތެރިއެއް ކަމަށް ސައުދީ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން އަލް ސައުދު ވިދާޅުވި ކަމަށާއި ވެރިކަމުގައި ހުންނެވިއިރު ޔާމީންއަށް ކޮންމެ އަހަރަކު 20 މިލިއަން ޑޮލަރު ދެއްވި ކަމަށް ގާސިމް އިބްރާހިމްގެ ހަޔާތުނާމާގައި ހާމަ ކުރައްވައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ ހަޔާތުނާމާގައި ސިޔާސީ ބައެއް ކަންކަމުގެ ވާހަކަ ވަރަށް ތަފުސީލުކޮށް ވަނީ ލިޔެފަ އެވެ. އޭގެ ތެރެއިން އެއް ވާހަކައަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2018 ވަނަ އަހަރު އިންތިހާބުވުމަށްފަހު ސައުދީއަށް ކުރެއްވި ދަތުރުގެ ވާހަކަ އެވެ.

ސޯލިހު ސައުދީއަށް ވަޑައިގެންނެވީ ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ނޮވެމްބަރު 7، 2018، ގަ އެވެ. ގާސިމްގެ ހަޔާތުނާމާގައި ލިޔެފައި އޮތީ އެއީ ކްރައުން ޕްރިންސްގެ ދައުވަތަކަށް ކުރެއްވި ދަތުރެއް ކަމަށެވެ. އެ ދަތުރުގައި ގާސިމް ވެސް ވަޑައިގެންނެވި އެވެ.

Advertisement

"އެ ދަތުރުފުޅުގެ ތެރޭގައި ވަލީ އަހްދު މުހައްމަދު ވަރަށް ފުރިހަމަ ރޭގަނޑުގެ ފަރިއްކޮޅެއް ދެއްވި. އެފަރިއްކޮޅުގެ ތެރޭގައި ވާހަކަފުޅު ދައްކަވަމުން މުހައްމަދު ވިދާޅުވީ ޔާމީނަކީ ރައްޓެއްސެއްގެ ގޮތުގައި ބައްލަވާ ކަމާއި އެކަމަކު ސައުދީގެ ގުޅުން އޮންނަނީ ގައުމާ ކަމަށްވުމުން ވެރިކަމަށް އަންނަ ކޮންމެ މީހަކާ ވެސް ސައުދީން ގާތްކަން ބާއްވާނެ ކަމަށް،" ފޮތުގައި އޮތެވެ.

"[ޕްރިންސްއާއެކު ބޭއްވި] ވަން ޓު ވަން ބައްދަލު ކުރެއްވުމަށްފަހު ގާސިމް އަރިހުގައި ސޯލިހް ވިދާޅުވީ ރައީސް ޔާމީނަށް ކޮންމެ އަހަރަކު 20 މިލިޔަން ޑޮލަރ،ު ބަޖެޓްގެ ހަރަދުތަކުގެ ބޭރުން، ރައީސް އޮފީހުގެ މަސައްކަތްޕުޅަށް ދެއްވާކަމަށް ވަލީ އަހްދު ވިދާޅުވި ކަމަށް. އެއީ ބަޖެޓު ތެރެއަށް ނުވައްދައި ދެއްވަމުން ގެންދެވި އެހީއެއް،" ގާސިމްގެ ފޮތުގައި އޮތެވެ.

ހަމަ އެގޮތަށް ސޯލިހުގެ ސަރުކާރަށް ވެސް އަހަރަކު 20 މިލިއަން ޑޮލަރު ދެއްވާނެ ކަމަށް ޕްރިންސް ވިދާޅުވި އެވެ. ނަމަވެސް އެ އެހީ ދެއްވި ކަމެއް ގާސިމްގެ ފޮތަކުން ނޭނގެ އެވެ.

"އަޅުގަނޑުމެންގެ ސަރުކާރަށް ވެސް އެ އެހީ ދެއްވާނެތޯ ގާސިމް އެއްސެވުމުން ދެއްވާނެ ކަމަށް މުހައްމަދު ވިދާޅުވި ކަމަށް ވެސް ސޯލިހް ވިދާޅުވި،" ފޮތުގައި ލިޔެފައި އޮތެވެ.

ގާސިމްގެ ފޮތުގައި އޭނާ އެންމެ ފުރަތަމަ ވިޔަފާރި ފެށި ގޮތާއި އެ ވިޔަފާރިން ކުރި ފަޅައި ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނަށް އޭނާވީ ގޮތުގެ އިތުރުން ގައުމު ބިނާކުރުމަށް ގާސިމް ކުރެއްވި ހިދުމަތާއި، ލިބުނު ތަނަވަސް ކަމުން ހުޅުވައިލި ދީލަތިކަމާއި، ސިޔާސީ މައިދާނުގައި ނުފޫޒު ގަދަ މީހަކަށްވި ގޮތުގެ ވާހަކަ ވަރަށް ތަފުސީލުކޮށް ގެނެސްދީފައިވެ އެވެ.

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީން އާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ހަޔާތުނާމާ ވެސް ލިޔުނު ތަޖުރިބާކާރު ނޫސްވެރިޔާ, މުހައްމަދު ޖަމީލް ލިޔެފައިވާ ގާސިމުގެ ހަޔާތުނާމާ މިރޭ ރަސްމީކޮށް ވަނީ ނެރެފަ އެވެ. މިއަދަކީ ގާސިމުގެ އުމުރުން 75 އަހަރު ފުރުނު ދުވަހެވެ.

އޭނާގެ ހަޔާތާއި ހިދުމަތާއި ވިޔަފާރިއާ ގުޅޭ ގޮތުން ކުރިން ކިޔައި ދީފައި ނެތް އެތައް ވާހަކައެއް މިރޭ ނެރުނު 700 އަށް ވުރެ ގިނަ ސަފުހާގެ "ގާސިމް އިބްރާހިމް - ލާމަސީލް ދިވެހި ދަރިއެއް" ފޮތުގައިވެ އެވެ. މި ފޮތުގައި ގާސިމު އާއި އޭނާގެ އާއިލާގެ މިހާތަނަށް އާންމުކޮށް ފެނިފައި ނެތް ފޮޓޯ ވެސް ހިމެނެ އެވެ.

މިފޮތާއެކު ގާސިމްގެ ހަޔާތުނާމާގެ ހާއްސަ ވެބްސައިޓު އާއި އޯޑިއޯ ބުކް ވެސް ވަނީ މިރޭ ނެރެފަ އެވެ. އަދި މާދަމާއިން ފެށިގެން ފޮތް ހިލޭ ބަހަން ވެސް ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox