ނައިބު ރައީސް ހުސެއިން ޔޫއޭއީއަށް ވަޑައިގެންފި

ޔޫއޭއީއަށް ފުރާވަޑައިގަތުމަށް ނައިބު ރައީސް ފުލައިޓަށް ވަޑައިގަންނަވަނީ --- ފޮޓޯ: ރައީސް އޮފީސް

ޔޫއޭއީއަށް ފުރާވަޑައިގަތުމަށް ނައިބު ރައީސް ފުލައިޓަށް ވަޑައިގަންނަވަނީ --- ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު އެކުވެރި އަރަބި އިމާރާތަށް ކުރައްވާ ރަސްމީ ދަތުރެއްގައި ފުރާވަޑައިގެންފި އެވެ.

ނައިބު ރައީސް ޔޫއޭއީއަށް ފުރާވަޑައިގެންނެވީ މިރޭ އިރާކޮޅު އެމިރޭޓްސްގެ ފުލައިޓަކުންނެވެ. އެމަނިކުފާނު މިހާރު ހުންނެވީ އެ ގައުމުގަ އެވެ.

ރައީސް އޮފީހުން ބުނީ އެމަނިކުފާނު ޔޫއޭއީއަށް ވަޑައިގެންނެވީ އެ ގައުމުގެ ދުބާއީގައި މި މަހުގެ 11، އިން 13، އަށް ކުރިއަށްދާ 'ގްލޯބަލް ގަވަމަންޓްސް ސަމިޓް" ގައި ދިވެހި ސަރުކާރުގެ ފަރާތުން ބައިވެރިވެޑައިގަތުމަށް ކަމަށެވެ.

Advertisement

ދުނިޔޭގެ ގައުމުތަކުން ވެރިންނާއި އިސް އޮފިޝަލުން ބައިވެރިވާ މި ސަމިޓަކީ ސަރަހައްދީ ގައުމުތަކާއި، ބައިނަލްއަގުވާމީ ޖަމާއަތްތަކާއި، ވަކި ވަކި ފަރުދުންގެ މެދުގައި އެއްބާރުލުން އިތުރުކޮށް، ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލުތައް ހޯދުމަށް ބާއްވާ ސަމިޓެކެވެ.

ސަމިޓުގައި ނައިބު ރައީސްގެ އިތުރުން ދިވެހި ވަފުދެއް ބައިވެރިވާކަން ރައީސް އޮފީހުން ސާފުކޮށްދީފައެއް ނުވެ އެވެ.

އެ އޮފީހުން އިތުރަށް ބުނީ ސަމިޓުގެ ތެރެއިން މޫސުމީ ބަދަލުތަކާ ބެހޭ ފޯރަމެއްގައި ނައިބު ރައީސް ހުސެއިން ވާހަކަދައްކަވަން ހަމަޖެހިފައިވާ ކަމަށެވެ.

ސަމިޓުގެ ހަވާސާގައި އެމަނިކުފާނުގެ އެހެން ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުގެ ވެރިންނާ ބައްދަލުކުރައްވާ އެމި ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ އެވެ.

‎ޔޫއޭއީގައި މިދިޔަ އަހަރު ބޭއްވި މި ސަމިޓުގެ އަދަދުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި އެވެ. އެ ދަތުރުގައި ދިވެހި ސަރުކާރުގެ އިސް ވަފުދެއްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox