އެއްވެސް ފަނޑިޔާރެއްގެ މައްސަލަ ބަލަމުންދޭތޯ ސުވާލު ކުރުމުން ޖޭއެސްސީން މައުލޫމާތެއް ނުދިން

ޖުޑީޝަލް ސާވިސް ކޮމިޝަން: އެއްވެސް ފަނޑިޔާރެއްގެ މައްސަލަ ބަލާތޯ ސުވާލު ކުރުމުން އެ ކޮމިޝަނުން މައުލޫމާތު ނުދިން -- ފޮޓޯ: އަދަދު ފައިލް

ޖުޑީޝަލް ސާވިސް ކޮމިޝަން: އެއްވެސް ފަނޑިޔާރެއްގެ މައްސަލަ ބަލާތޯ ސުވާލު ކުރުމުން އެ ކޮމިޝަނުން މައުލޫމާތު ނުދިން -- ފޮޓޯ: އަދަދު ފައިލް

އެއްވެސް ފަނޑިޔާރެއްގެ މައްސަލަ އެ ކޮމިޝަނުން ބަލަމުންދޭތޯ ސުވާލު ކުރުމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) އިން މައުލޫމާތު ދޭން ދެކޮޅު ހަދައިފި އެވެ.

އެއްވެސް ފަނޑިޔާރެއްގެ މައްސަލަ ބަލަމުންދާތޯ ޖޭއެސްސީގެ ސެކްރެޓަރީ ޖެނެރަލް އާމިނަތު ނަދާއާ "އަދަދު" އިން ސުވާލު ކުރުމުން އޭނާ ވިދާޅުވީ ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީއަށް ހުށަހަހެޅުމުން، އެ މައްސަލަ ހާމަ ނުކުރާ ގޮތަށް އެ ކޮމިޝަނުގެ ޕޮލިސީ ބަދަލުކޮށްފައިވާ ކަމަށެވެ.

ނަދާ ވިދާޅުވީ ފަނޑިޔާރެއްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަފުސީލް މިހާރު ހާމަ ކުރަމުންދަނީ ހަމައެކަނި އެ މައްސަލައެއް ފަނޑިޔާރުގެ މައްޗަށް ސާބިތުވުމުން ކަމަށެވެ.

"ކޮމިޝަންގެ ޕޮލިސީ އޮތް ގޮތުން ފަނޑިޔާރެއްގެ މައްސަލަ ހުށަހެޅުމުން މިހާރު އެ މައްސަލަ ހާމައެއް ނުކުރޭ. މައްސަލައެއް ހާމަކުރަނީ ފަނޑިޔާރެއްގެ މައްޗަށް ސާބިތުވީމަ،" އޭނާ ވިދާޅުވި އެވެ.

މީގެކުރިން ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅުމުން އެކަން ހާމަކުރެ އެވެ. އަދި އެއަށްފަހު މައްސަލައާ މެދު އަމަލުކުރާ ގޮތާއި ސާބިތު ނުވިޔަސް އެކަން ވެސް ހާމަކުރެ އެވެ.

ސިޔާސީ ޕާޓީތަކުން ބޭނުންވުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަގާމު ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން ކަނޑައެޅުމަށް، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅި މައްސަލައަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް އިދިކޮޅު އެމްޑީޕީން ވަނީ ތުހުމަތުކޮށްފަ އެވެ.

އެމްޑީޕީން ބުނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ވަކިކޮށް، ހުސްވާ މަގާމުތަކަށް އައްޔަން ކުރަން ނިންމާފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފްގެ އިތުރުން، މި ސަރުކާރުގެ ސިޔާސީ މަގާމުތައް ފުރަމުން ގެންދާ ދެ ބޭފުޅެއް ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން މިހާތަނަށް ސަރުކާރުގެ އިތުރުން ސުޕްރީމް ކޯޓުން އަދި ޖޭއެސްސީން ވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox