ޝީ ބިލްޑިންގުގެ ކުރިމަތިން ހުރި ފަޅު އިމާރާތެއްގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފްގެ ރަސްމީ އެކައުންޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އަލިފާން ރޯވީ މ. ހައުސްޕްލާޒާގައި ކަމަށެވެ. އެ ބިމުގައި ދެ އިމާރާތެއް ހުންނައިރު، އަލިފާން ރޯވެފައި ވަނީ އިރުމަތީ ބައިގަ އެވެ. އެއީ އެމްއެންއެސްއެލް ފްލެޓުތަކެއް ހުރި، މިހާރު މީހުން ދިރި ނޫޅޭ އިމާރާތެކެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމެއް ނުވަތަ ނޫންކަމެއް އަދި ނޭނގެ އެވެ. އެ އިމާރާތުގައި އަލިފާން ހިފައި ފަޅައިގެންދިޔައީ މިއަދު ހެނދުނު 6:30 ހާއިރު އެވެ. ނަމަވެސް ފަތިހު 5:30 ހާއިރު ވެސް އެ ސަރަހައްދުން ދުމުގެ ވަސް ދުވި ކަމަށް އެ ސަރަހައްދުގައި ހުރި "އަދަދު" ގެ ނޫސްވެރިޔާ ބުންޏެވެ.
އެ ގޭގައި ރޯވި އަލިފާންގަނޑު ސިފައިން މިހާރު ވަނީ ކޮންޓްރޯލް ކޮށްފަ އެވެ.













