މައުލޫމާތު ހާމަނުކުރާން ކޯޓަށް ދިޔައީ އައިކޮމްއިން ގާނޫނު މާނަކުރިއިރު ތައާރުޒުވުންތަކެއް ހުރީމަ: އުޝާމް

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް: ވަކިކުރި 228 ސިޔާސީ މުވައްޒަފުން ހާމަނުކުރަން އޭޖީ އޮފީހުން ވަނީ ހައި ކޯޓަށް ގޮސްފައި -- ފޮޓޯ: ރައީސް އޮފީސް

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް: ވަކިކުރި 228 ސިޔާސީ މުވައްޒަފުން ހާމަނުކުރަން އޭޖީ އޮފީހުން ވަނީ ހައި ކޯޓަށް ގޮސްފައި -- ފޮޓޯ: ރައީސް އޮފީސް

މިދިޔަ އަހަރުގެ ފަހުކޮޅު ސަރުކާރުން ވަކިކުރި ސިޔާސީ މުވައްޒަފުންތަކެއްގެ މައުލޫމާތު ހާމަނުކުރާން ސަރުކާރުން ހައި ކޯޓަށް މައްސަލަ ވެއްދީ، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ގާނޫނު މާނަކުރުމުގައި މީގެ ކުރިން ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާ ތައާރުޒުވުންތަކެއް ހުރުމުން ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އައްޔަނުކުރި ސިޔާސީ މުވައްޒަފުންގެ ޖުމުލަ އަދަދު ނޭނގި އޮއްވައި ހަރަދު ކުޑަކުރުމުގެ ގޮތުން ވަކިކުރި ކަމަށް ސަރުކާރުން ބުނާ 228 މީހުންގެ މައުލޫމާތު ހާމަކުރުމަށް އެންގި ތިން މައްސަލައެއް، އައިކޮމް އާ ދެކޮޅަށް ސަރުކާރުން އިސްތިއުނާފުކުރީ މިދިޔަ ހަފުތާގަ އެވެ.

މިކަމާ ގުޅިގެން "އަދަދު" ނޫހާ ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ މައްސަލަތައް އިސްތިއުނާފުކުރަން ނިންމީ، އައިކޮމްއިން މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނު މާނަކުރުމުގަ ތައާރުޒުވުންތަކެއް ހުރީމަ ކަމަށެވެ.

Advertisement

"މީގެ ކުރިން ސުޕްރީމް ކޯޓުން އަދި ހައި ކޯޓުން ނިންމާފަ ހުރި ނިންމުންތަކާ ތައާރުޒުވުންތަކެއް ހުރީމަ،" ފޯނުން ވާހަކަދައްކަވަމުން އުޝާމް ވިދާޅުވި އެވެ.

އެގޮތުން އައިކޮމް އިން މާނަކުރުމުގައި ތައާރުޒުވެފައިވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 20 ވަނަ މާއްދާ އަދި 23 ވަނަ މާއްދާ އާ ގުޅިގެން މީގެ ކުރިން ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.

ނަމަވެސް، އައިކޮމްގެ ނިންމުންތަކުގައި ހާމަކުރަން އަންގާފައިވާ ބައެއް ތަފުސީލުތަކަކީ މީގެ ކުރިންވެސް އާރުޓީއައި ގާނޫނުގެ ދަށުން ހާމަކޮށްފައިވާ މައުލޫމާތުތަކެއްކަމަށް އުޝާމް ވެސް އެއްބަސްވެލެއްވި އެވެ. އަދި ގާނޫނު މާނަކުރުމުގައި ހުރި ކަންކަން ސާފުކޮށް ހާމަކުރެވެންހުރި މައުލޫމާތު ހާމަކުރުމާ ބެހޭގޮތުން ރައީސް އޮފީހާއި ދައުލަތުގެ އެހެން އިދާރާތަކާއެކު އޭޖީ އޮފީހުން މަޝްވަރާ ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ގާނޫނުގަ އެ ބުނާ ތަރަހައިގެ ތެރެއިން. ގާނޫނުގެ 20 ވަނަ މާއްދާ އަދި 23 ވަނަ މާއްދާއަށް ރިއާޔަތްކޮށް ގާނޫނުގަ އެ ބުނާ މިންވަރަށް އެ މައުލޫމާތުތައް އާންމުކުރުމާ ގުޅޭގޮތުން ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރަމުން މި ދަނީ،"

"ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގަ މިކަމާ ގުޅޭގޮތުން އަޅުގަނޑުމެންނަށް ގޮތްތަކެއް ނިންމި، ގާނޫނުގަ އެ ބުނާ މިންވަރަށް މައުލޫމާތު ހާމަކުރުމާ މެދު ކޮންމެވެސް ގޮތެއް ނިމިގެންދާނެ،" އުޝާމް ވިދާޅުވި އެވެ.

އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން ހަރަދު ކުޑަކުރަން ކަމަށް ބުނެ 15 ދުވަހުގެ ތެރޭގައި 228 ސިޔާސީ މުވައްޒަފުން ވަކި ކުރަން ރައީސް އެންގެވީ އޮކްޓޯބަރު 15, 2024, ގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތް ސްޓޭޓް މިނިސްޓަރުން, 43 ޑެޕިއުޓީ މިނިސްޓަރުން, 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުން ކަމަށް ރައީސް އޭރު ވިދާޅުވި އެވެ.

ވަކިކުރި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހޯދުމަށް އައިކޮމްގައި އެދުމުން، ވަކިވަކިން އެ ތިން މައްސަލަ ބަލައި އެ މައުލޫމާތު ރައީސް އޮފީހުން ފަސް ދުވަހުގެ ތެރޭގައި ހާމަ ކުރުމަށް އައިކޮމްއިން ނިންމީ ޑިސެމްބަރު 25، 2024، ގަ އެވެ.

އެ ތިން މައްސަލައިގައި ވެސް އައިކޮމްއިން ނިންމީ ސިޔާސީ މުވައްޒަފުންގެ ނަމާއި، މަގާމާއި، ވަޒީފާ އަދާކުރަމުން އައި ތަނާއި ވަޒީފާއިން ވަކިކުރި ތާރީހަކީ ޒާތީ މައުލޫމާތު ކަމަށް ރައީސް އޮފީހުން ފާހަގަކުރި ނަމަވެސް، އެ މައުލޫމާތު ދިނުމުން މުޅި ރައްޔިތުންގެ މަސްލަހަތު މާ ރަނގަޅަށް ހާސިލުވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox