ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ އުރީދޫ މޯލްޑިވްސް ގޯލްޑަން ފުޓްސަލް ރަންގެ ފުރުސަތުގެ ދެ ނަސީބުވެރިން ހޮވައިފި އެވެ.
ކޮންމެ ހަފްތާއަކު އިނާމެއް ލިބޭ ގޮތަށް ބޭއްވި އެ ލަކީ ޑްރޯގައި ދެ ނަސީބުވެރިން ހޮވި ނަމަވެސް، މުބާރާތް ނިމެންދެން ކުރިއަށް އޮތް ހަފްތާތަކަށް ވެސް އިނާމުތަކެއް ވަނީ ކަނޑައަޅާފަ އެވެ.
އެ ލަކީޑްރޯގައި ބައިވެރިވެވޭނީ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މެޗުތައް ކުރިއަށްދާ ގަޑީގައި ރެހެންދި ޓާފުގައި ބަހައްޓާފައިވާ އުރީދޫ ޓެންޓުން ހިދުމަތެއް އެކްޓިވޭޓް ކޮށްގެންނެވެ.

އުރީދޫ މޯލްޑިވްސް ގޯލްޑަން ފުޓްސަލް ރަނުގެ ފުރުސަތުގެ ނަސީބުވެރިޔަކާ އިނާމު ހަވާލުކުރުން -- ފޮޓޯ: އުރީދޫ
މިގޮތުން ކަސްޓަމަރުންނަށް ޕޯސްޓްޕެއިޑް، ޕްރީޕެއިޑް ނުވަތަ ސުޕަނެޓް ކަނެކްޝަނެއް އެކްޓިވޭޓްކޮށް، ނުވަތަ އެއާފައިބާ ޕެކޭޖެއް ގަނެގެން ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
އެ ޕްރޮމޯޝަންގައި ހިމެނޭ އަގުހުރި އިނާމުތަކުގެ ތެރޭގައި ޓީވީ، ފްރިޖް، ސޯފާ، މައިކްރޯވޭވްތައް ހިމެނެ އެވެ. އަދި އެ ޕްރޮމޯޝަނުގެ ހާއްސަ އިނާމެއްގެ ގޮތުގައި ފިޓްސް އެއާގެ ފަރާތުން ދެމީހަކަށް ކޮލޮމްބޯ ދެކޮޅު ޓިކެޓު ލިބެ އެވެ.
ޕްރޮމޯޝަން ކުރިއަށްދާނީ ފެބުރުއަރީ 25، ގައި ގޯލްޑަން ފުޓްސަލް ޗެލެންޖު ނިމުމާއި ހަމައަށެވެ.











