ބޯންމައުތު ބަލިކޮށް ލިވަޕޫލަށް ނުވަ ޕޮއިންޓުގެ ލީޑެއް

Feb 1, 2025, 10:34 PM
ބޯންމައުތު ބަލިކޮށް ލިވަޕޫލަށް ނުވަ ޕޮއިންޓުގެ ލީޑެއް

ލަންޑަން (ފެބްރުއަރީ 2) - އިނގިރޭސި ޕްރިމިއާ ލީގުަގައި ރޭ ބޯންމައުތު ދަނޑުގައި 2-0 އިން އެ ޓީމު ބަލިކޮށް ލީގުގެ އެއް ވަނައިގައި ލިވަޕޫލުން ނުވަ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

އެއް ވަނައިގައި އޮތް ލިވަޕޫލަށް ވަނީ 23 މެޗުން 56 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް އާސެނަލަށް 23 މެޗުން 47 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓަށް ވަނީ 24 މެޗުން 47 ޕޮއިންޓް ލިބިފަ އެވެ. ފޮރެސްޓުން ވަނީ އިއްޔެ ކުޅުނު މެޗުގައި، 7-0 އިން ބްރައިޓަން އަތުން މޮޅުވެފަ އެވެ.

ބޯންމައުތު ދަނޑުގައި އެންޓޮއިން ސެމެންޔޯ ޖެހި ޝޮޓެއް ދަނޑިއަށް އަމާޒުވިއިރު، ލިވަޕޫލުން ފުރަތަމަ ހާފުގައި ލީޑުނެގީ އެ ޓީމުގެ ކޯޑީ ގަކްޕޯ އަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ އަކުން މުހައްމަދު ސަލާހު ޖެހި ގޯލުންނެވެ. ބޯންމައުތުގެ ޑޭވިޑް ބްރޫކްސް ފުރަތަަމަ ހާފުގައި ޖެހި ގޯލެއް ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަަލައިފައި އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

ދެ ވަނަ ހާފުގައި ބޯންމައުތަށް އެއްވަރުކޮށްދޭން ޖަސްޓިން ކްލައިވަޓަށް ލިބުނު ރަނުގެ ފުރުސަތު ވީ ބޭކާރެވެ. މިއީ، ބޯންމައުތުގެ މާކަސް ޓަވެނިއާ ޖެހި ޝޮޓެއް ދަނޑީގައި ޖެހިފައި އޭރިއާތެރެއިން ލިބުނު ބޯޅައަކުން، ކްލައިވަޓް ޖެހި ޝޮޓް ދިޔައީ މާ ބޭރުންނެވެ.

އޭގެ ފަހުން، ކައުންޓަ އެޓޭކެއްގައި ލިވަޕޫލަށް ދެ ވަނަ ގޯލު ޖަހައިދިނީ ސަލާހު އެވެ. މި ގޯލާ އެކު ސަލާހު ވަނީ ލީގުގައި 178 ގޯލު ޖަހައިފަ އެވެ. މިއާ އެކު، ލީގު ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓުގައި ސަލާހު ވަނީ ހަ ވަނަ އަށް ޖެހިލައިފަ އެވެ. އެއީ ކުރިން 177 ގޯލާ އެކު، ޗެލްސީގެ ލެޖެންޑް ފްރޭންކް ލަމްޕާޑް އޮތް މަގާމެވެ.

މި މޮޅާ އެކު، ލިވަޕޫލުން ލީގުގައި 19 މެޗު ބަލިނުވެ ހަމަކުރިިއިރު، 11 މެޗަށް ފަހު ބޯންމައުތު މި ވަނީ ބަލިވެފަ އެެވެ.

ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ފުލަމް އަތުން ބަލިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox