ިސިޓީ އާއި ބަޔާނަށް ނާކާމިޔާބު، އިންޓަ އާއި އާސެނަލުން ފުރުސަތު ބޮޑުކޮށްފި

Jan 23, 2025, 5:06 AM
ޕީއެސްޖީގެ ޖޮއާއޯ ނެވޭސް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ޕީއެސްޖީގެ ޖޮއާއޯ ނެވޭސް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ޕެރިސް (ޖެނުއަރީ 23) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ސިޓީ އާއި ބަޔާން މިއުނިކުން ކުޅުނު މެޗުތަކުން ބަލިވިއިރު، އިންޓަ މިލާނާއި އާސެނަލުން މުބާރާތުގެ ގަދަ 16 އިން ފުރުސަތު ހޯދުމާ ގާތަށް ޖެހިލައިފި އެވެ.

ސިޓީން ދެ ގޯލުގެ ލީޑެއް ނެގި ނަމަވެސް ޕީއެސްޖީ ވަނީ 4-2 އިން މޮޅުވެފަ އެވެ. ފެޔަނޫޑުން ވަނީ 3-0 އިން ބަޔާން މިއުނިކް ބަލިކޮށްފަ އެވެ. އަދި ލައުޓާރޯ މާޓީނޭޒްގެ ގޯލުން 1-0 އިން ސްޕާޓާ ޕްރާގު އަތުން އިންޓަ މޮޅުވިއިރު، އާސެނަލުން ވަނީ 3-0 އިން ޑިނަމޯ ޒަގްރެބް ބަލިކޮށްފަ އެވެ.

އާރްބީ ސަލްޒްގާބް އަތުން 5-1 އިން ރެއާލް މެޑްރިޑް ވަނީ މޮޅުވެފަ އެވެ.

ޕެރިހުގައި ކުޅުުނު މެޗުގެ ދެ ވަނަ ހާފުގެ ކުޅުން ފެށިގެން މާ ގިނައިރެއް ނުވެ، ތިން މިނިޓް ތެރޭ ސިޓީން ދެ ގޯލު ޖެހި އެވެ. މި ގޯލުތައް ޖެހީ ޖެކް ގްރީލިޝް އާއި އާލިން ބްރައުޓް ހާލަންޑް އެެވެ. އޭގެ ފަހުން، ހަތަރު ވަރަކަށް މިނިޓް ތެރޭ ދެ ގޯލު ޖަހައި، ޕީއެސްޖީން އެއްވަރުކުރި އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ، އޮސްމާން ޑެމްބެލޭ އާއި ބްރެޑްލީ ބާކޮލާ އެވެ.

ޕީއެސްޖީން މޮޅުވީ ޖޮއާއޯ ނެވޭސް އާއި ގޮންޒާލޯ ރާމޯސް ޖެހި ގޯލުތަކުންނެވެ.

މި މެޗުން މޮޅުވެ، ޕީއެސްޖީން ވަނީ ޕްލޭއޮފްގެ ޖާގައެއް ހޯދުމުގެ ފުރުސަތު ފަހިކޮށްފަ އެވެ. އެކަމަކު، މި މެޗުން ބަލިވެ، ސިޓީ އަށް ޗެމްޕިއަންސް ލީގުގެ ގަދަ 24 ޓީމުގެ ތެރެއިން ފުރުސަތު ގެއްލި މުބާރާތުން ކެޓުމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.

ފެޔަނޫޑުން ބަޔާން ބަލިކުރި މެޗުގައި ލަނޑުތައް ޖެހީ، ސަންޓިއާގޯ ހިމެނޭޒް ދެ ގޯލާއި އަޔަސޭ އުއޭޑާ އެވެ. މި ނަތީޖާއާ އެކު ބަޔާން އޮތީ ތާވަލުގެ 15 ވަނައިގަ އެވެ. އެއީ ހަތް މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. އަދި 11 ވަނައިގައި އޮތް ފެޔަނޫޑަށް ހަތް މެޗުން ވަނީ 13 ޕޮއިންޓް ލިބިފަ އެވެ.

ސަލްްޒްބާގް ކޮޅަށް ރެއާލުން ލަނޑުތައް ޖެހީ ރޮޑްރީގޯ އާއި ވިނީޝިއުސް ޖޫނިއާ، ކޮންމެ ކުޅުންތެރިއަކު ދެ ގޯލާއި ކީލިއަން އެމްބާޕޭ ގޯލެކެވެ. ސަލްޒްބާގުގެ ލަނޑު ޖެހީ، މެޑްސް ބިޑްސްޓަރްޕް އެވެ. މި މޮޅާ އެކު ރެއާލް އޮތީ ހަތް މެޗުން 12 ޕޮއިންޓާ އެކު 16 ވަނައިގަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު އާސެނަލުން ޑިނަމޯ ޒަގްރެބް ކޮޅަށް ލަނޑުތައް ޖެހީ ޑެކްލަން ރައިސް، ކައި ހަވާޓްޒް އަދި މާޓިން އޮޑެގާޑް އެވެ. އާސެނަލް އޮތީ ލީގުގެ ތިން ވަނައިގަ އެެވެ. އެއީ ހަތް މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ. އަދި ހަތަރެއްގައި އޮތް އިންޓަ އަށް ވެސް ހަތް މެޗުން ވަނީ 16 ޕޮއިންޓް ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox