މއ. ސްޕްރިން ރިވާގައި ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 22 މީހަކަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އޮފް މޯލްޑިވްސް (އެންޑީއެމްއޭ) އިން ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި އެވެ.
އެންޑީއެމްއޭއިން ބުނީ އަލިފާނުގެ ހާދިސާގައި ދުމުގެ ސަބަބުންނާއި އިމާރާތަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ 10 ގޭބީސީއެއްގެ 33 މީހުން ފާހަގަކުރެވިފައިވާ ކަމަށެވެ.
ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ މީހުންގެ ތެރޭގައި ހިމެނޭ ފަސް ގޭބިސީއެއްގައި ހިމެނޭ 14 ދިވެހިންނާއި އަށް ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަން އެންޑީއެމްއޭއިން ހަމަޖައްސައިދީފައިވާއިރު، ބިދޭސީ އާއިލާއަކުން ވަނީ އަމިއްލަ ވަގުތީ ބޯހިޔާވެހިކަމަށް ބަދަލުވެފަ އެވެ.
އޭގެއިތުރުން 11 ބިދޭސީއަކަށް އެ މީހުން ނިސްބަތްވާ ކުންފުނިތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
ސްޕްރިން ރިވާގައި ރޯވި އަލިފާނުގައި އެ ގޭގައި ހުރި ފުރުޓް ޓްރީ ފިހާރައިގެ ގުދަނެއްގައި ވެސް ރޯވި އެވެ. އަދި އިންވެގެން ހުރި މއ. ކެލާގެއަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފަ އެވެ.

ކެލާގޭގެ ތިންވަނަ ފަންގިފިލާގެ ކުޑަދޮރުތަކެއް ތަޅައިގެން ގޮސް، އެ އެޕާޓްމަންޓުގައި ހުރި ބައެއް ތަކެއްޗަށް ވެސް ގެއްލުން ލިބުނެވެ. އެ ގޭގައި ދިރިއުޅޭ ބައެއް މީހުންނަށް ވެސް ވަގުތީ ބޯހިޔާވެހިކަން ދިނެވެ.













