ވަގު ފޯމުތަކުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ ކަމަށް ފުލުހުން ބުނޭ: އެމްޑީޕީ

އެމްޑީޕީގެ ލީގަލް ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ވަގު ފޯމުތަކުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާކަމުގެ ޔަގީންކަން ފުލުހުންދޭ ކަމަށް އެމްޑީޕީން ބުނޭ -- ފޮޓޯ؛ އެމްޑީޕީ

އެމްޑީޕީގެ ލީގަލް ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ވަގު ފޯމުތަކުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާކަމުގެ ޔަގީންކަން ފުލުހުންދޭ ކަމަށް އެމްޑީޕީން ބުނޭ -- ފޮޓޯ؛ އެމްޑީޕީ

ވެރިކަން ހިންގާ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް އަށް މެންބަރު އިތުރުކުރަން އިލެކްޝަން ކޮމިޝަނަށް ހުށަހެޅި ވަގު ފޯމުތަކުގެ މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ބަލަމުންދާ ކަމަށް ފުލުހުން ބުނި ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

އެމްޑީޕީގެ ލީގަލް ޓީމުން ފުލުހުންނަށް ހުށަހަޅާފައިވާ އެ ޕާޓީގެ 96 މެންބަރެއް ވަގަށް ޕީއެންސީއަށް ވެއްދި މައްސަލައިގައި ހޯދިފައިވާ ކުރިއެރުން ބެލުމަށް ފުލުސް އޮފީހަށް ދިޔުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން އެ ޕާޓީގެ ތަރުޖަމާން އަނަސް އަބްދުއްސައްތާރު ވިދާޅުވީ ވަގު ފޯމުތަކުގެ މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ބަލަމުންދާ ކަމުގެ ޔަގީންކަން ފުލުހުން ދީފައިވާ ކަމަށެވެ.

މިގޮތުން ޑީއެންއާރަށް ކުރެވޭ ތުހުމަތުތަކާ އެކު އެ މުއައްސަސާ ހިމާޔަތް ކުރުމަށް ފުލުސް އޮފީހުގައި އެދުމުން، އެކަމާ ގުޅިގެން ފުލުހުން ވެސް ކަންބޮޑުވުން ފާޅު ކުރެއްވި ކަމަށް އަނަސް ވިދާޅުވި އެވެ.

"ފުލުހުން ވެސް މިއަދު ބައްދަލުވުމުގައި ފާހަގަކުރެއްވި، ހަމައެކަނި އަޅުގަނޑުމެން ފާހަގަކުރެއްވި ކަންތައްތައް އެކަންޏެއް ނޫނޭ އަންނާނީ. ޕާސްޕޯޓަށް ވެސް މި އަންނަ ވަރަށް ބޮޑު ސެކިއުރިޓީ ބްރީޗެކޭ ވާނީ. އެހެންވީމަ އެބޭފުޅުން ވަރަށް ބޮޑަށް ޔަގީންކަން ދެއްވި އެ މުއައްސަސާގެ މުހިންމުކަމާއި ހައްސާސްކަން ފާހަގަކުރެއްވި. އަދި މި މައްސަލައަކީ ސީރިއަސް މައްސަލައެއް ގޮތުގައި ބައްލަވަމުން ކުރިއަށްދާ ކަމަށް ވެސް އެބޭފުޅުން ހިއްސާ ކުރެއްވި،" އަނަސް ވިދާލުވި އެވެ.

ޕީއެންސީން މަސައްކަތް ކުރަމުންދަނީ އެ ޕާޓީއަށް އިލެކްޝަންސް ކޮމިޝަނުން ފައިސާ ހޯދުމަށް މެންބަރުން ވެއްދުނު ގޮތަކަށް ވައްދަން ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އެމްޑީޕީގެ ލީގަލް ޓީމުގެ ހެޑް މަހްފޫޒް ސައީދު ވިދާޅުވީ ވަގު ފޯމުތަކުގެ މައްސަލަ ހުށަހެޅި މީހުންގެ ބަޔާން ނަގައި، ފިންގާ ޕްރިންޓް ތަހުލީލު ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

ނަމަވެސް އެމްޑީޕީން ހުށަހަޅާފައިވާ މައްސަލަތަކުގެ އެއްވެސް ތަފްސީލެއް މިއަދުގެ ބައްދަލުވުމަށް ފުލުހުން ހޯދާފައި ނުވާތީ، އެކަން އެނގިފައި ނުވާ ކަމަށް މަހްފޫޒް ވިދާޅުވި އެވެ.

"އެ މައްސަލަތައް ވެސް ތަހުގީގު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި. އަޅުގަނޑުމެން ޕާޓީ މެދުވެރިކޮށް ޕޮލިހަށް މައްސަލަ ހުށަހެޅި ބޭފުޅުންނަށް ދަންނަވާލަން ބޭނުން ފުލުހުންގެ ފަރާތުން އެބޭފުޅުންނަށް ގުޅުއްވާނެ. އެބޭފުޅުން ބަޔާން ދެއްވައި ފުލުހުންނަށް އެ މައްސަލައިގެ ތަހުގީގުގައި އެއްބާރުލުން ދެއްވުމަކީ ވަރަށް މުހިންމު ކަމެއް،" މަހްފޫޒް ވިދާޅުވި އެވެ.

ވަގު ފޯމުތަކުގެ މައްސަލައިގައި ޕީއެންސީގެ ރަޖިސްޓްރާގެ އިތުރުން ފޯމުތަކުގައި ހެކިވެރިއެއްގެ ގޮތުގައި އެންމެ ގިނައިން ސޮއިކުރެއްވި ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލްއާ ފުލުހުން ސުވާލު ކޮށްފައި ނުވާތީ، އެކަން އަވަސް ކުރުމަށް ވެސް އެދިފައިވާކަން މަހްފޫޒް ފާހަގަކުރެއްވި އެވެ.

އެމްޑީޕީގެ 3،000 އަށްވުރެ ގިނަ މެންބަރުން ޕީއެންސީއަށް ވަގަށް ވައްދާފައިވާ ކަމަށް އެ ޕާޓީން ތުހުމަތު ކުރެ އެވެ. އެގޮތުން އޭގެ ތެރެއިން ބައެއް މައްސަލަތައް އިލެކްޝަންސް ކޮމިޝަންގެ އިތުރުން ފުލުހުންނަށް ވެސް ވަނީ ހުށަހަޅާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox