އޮފީސް ތެރޭ ވަގު ފޯމު ފުރި ކަމަށް އިއުތިރާފުވެފައިވާތީ ޑީއެންއާރުގެ ވެރިންގެ މައްސަލަ ބަލަންޖެހޭ: ފައްޔާޒް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް: ގޮވާލެއްވީ ޑީއެންއާރުގެ ވެރިންގެ މައްސަލަތައް ބަލަން -- ފޮޓޯ: އަދަދު ފައިލް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް: ގޮވާލެއްވީ ޑީއެންއާރުގެ ވެރިންގެ މައްސަލަތައް ބަލަން -- ފޮޓޯ: އަދަދު ފައިލް

އާންމުންގެ ޒާތީ މައުލޫމާތުން ވައްކަންކޮށް، ވެރިކަން ހިންގާ ޕީއެންސީއަށް ވަގަށް މީހުން ވެއްދި މައްސަލައިގައި ޝާމިލުވެ، ބައިވެރިވެފައިވާނެ ކަމަށް ޑިޕާޓްމަންޓް އޮފް ނެޝިނަލް ރެޖިސްޓްރޭޝަންގެ އިސް ވެރިން އެއްބަސްވެފައިވާތީ އެކަން ބަލަންޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ވަގު ފޯމު ކަމަށް ބެލެވޭ ފޯމުތައް ފުރުމުގެ މަސައްކަތް ކުރި ޑީއެންއާރުގެ މީޓިން ރޫމަށް ނޫސްވެރިން ގެންގޮސް ތަނުގެ ވެރިން ވަނީ ނޫސްވެރިންނަށް އެތަން މިއަދު ދައްކާލައިފަ އެވެ. އަދި ފޯމުތައް ފުރީ ސަރުކާރުގެ މުވައްޒަފުން، އެތަނުގައި ކަމަށް ވެސް ޑީއެންއާރުގެ ވެރިން މިއަދު އިއުތިރާފުވި އެވެ.

"ޑީއެންއާރުގެ ވެރިން މި ކުށަށް އިއުތިރާފުވެފައިވާތީ މައްސަލަ ބަލައި އިދާރާތަކުން ފިޔަވަޅު އަޅަން ޖެހޭ، އަދި ޕީއެންސީއިން އީސީއަށް މިދިޔަ މުއްދަތުގައި ހުށަހެޅި ފޯމުތައް ބާތިލުކުރަން ޖެހޭ،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވި އެވެ.

ސަރުކާރުގެ މުވައްޒަފުން ލައްވައި، ޑީއެންއާރުގެ އޮފީސް ތެރޭ ޕީއެންސީއަށް ފޯމު ފުރާފައިވާނެ ކަމަށް މިއަދު އެއްބަސްވީ ޑީއެންއާރްއާ ހަވާލުވެ ހުންނެވި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާލީ އާއި ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދެވެ. މަޖީދާއި އާލީ އެކަމަށް އިއުތިރާފުވެފައިވާ ކަމަށް ފައްޔާޒުގެ ޕޯސްޓުގައި ފާހަގަ ކުރެއްވި އެވެ.

"ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ނުދެވުމުން ހޯމް މިނިސްޓްރީގެ އިސްވެރިން ފިލި ނަމަވެސް މިކަމުގެ ހަގީގަތް މިއޮތީ ހާމަވެފައި. ޕީއެންސީއަށް ވަގު ފޯމު ފުރީ ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާކުރެވިފައިވާ ދައުލަތުގެ މުއައްސަސާއެއްގެ ތެރޭގައި، ދައުލަތުގެ މުދާ ބޭނުންކޮށްގެން، އެ ތަނުގެ މުވައްޒަފުން،" ފައްޔާޒް ވިދާޅުވި އެވެ.

ނޫސްވެރިން ގެންގޮސް އިތުރަށް ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރު މަޖީދު ވިދާޅުވީ ސަރުކާރުގެ މުވައްޒަފުންނާއި ތަކެތި ބޭނުންކޮށްގެން ޕީއެންސީއަށް ފޯމު ފުރުމުގައި އިސްކޮށް ހުންނެވީ ހޯމް މިނިސްޓަރު އަލީ އިހުސާން ކަމަށެވެ.

"އަޅުގަނޑުމެންގެ މައްޗަށް، ހާއްސަކޮށް މިނިސްޓަރު އަލީ އިހުސާން އިސްވެ ހުންނަވައިގެން މިނިސްޓަރުގެ ދަށުގައި އެކިއެކި މުއައްސަސާތަކަށް ނިސްބަތްވާ ސިޔާސީ މީހުން ނުވަތަ ހޯމް ޓީމްގެ ފަރާތުން ޕީއެންސީއަށް ހުށަހެޅިފައި މިއޮތް އަދަދުގެ ގޮތުގައި ތި ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ މި ދައްކަނީ 1700 ފޯމެއްގެ ވާހަކަ،" މަޖީދު ވިދާޅުވި އެވެ.

ވަގު ފޯމުތައް ފުރައިގެން އާންމުން ޕީއެންސީއަށް ވެއްދި މައްސަލައިގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި އޭގެ އެތައް މައްސަލައެއް މިހާރު ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް އެ މައްސަލަތައް ތަހުގީގު ކުރަމުންދާކަމެއް ފުލުހުން ނުބުނެ އެވެ.

ވަގު ފޯމުތަކުގެ މައްސަލައިގައި މި ނޫހާ ވާހަކަ ދެއްކި ޕީއެންސީގެ ބައެއް އިސް އޮފިޝަލުން ބުނީ ވަގަށް ފުރި ފޯމުތަކުގެ އަދަދު އެތައް ހާހަކަށް އަރާނެ ކަމަށެވެ. އަދި އެއީ އިންތިހާއަށް ލަދުވެތިވާ ކަމެއް ކަމަށް ވެސް މި ނޫހާ ވާހަކަ ދެއްކި ބޭފުޅުން ވިދާޅުވި އެވެ.

ވަގު ފޯމުތަކުގެ މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާން މަގާމުން ވަކި ކުރުމުގެ މައްސަލައެއް އިދިކޮޅު އެމްޑީޕީން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ. އިހުސާނުގެ މައްސަލަ ހުށަހެޅީ، ފޮޓޯތައް ލީކުވިއިރު، ވަގު ފޯމުގެ މަސައްކަތް ކުރި ތަނުގައި އިހުސާނު ވެސް ހުންނެވުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox