ޕީއެންސީއަށް ވަގަށް މީހުން ވެއްދި މައްސަލަ އެމްޑީޕީން އެޗްއާރުސީއެމަށް ވެސް ހުށަހަޅައިފި

ޑީއެންއާރު އޮފީހުގައި ޕީއެންސީއަށް ފޯމު ފުރުން ކުރިއަށް ގެންދިޔަ ދުވަހެއްގެ ފޮޓޯއެއް -- ފޮޓޯ: ސޯޝަލްމީޑިއާ

ޑީއެންއާރު އޮފީހުގައި ޕީއެންސީއަށް ފޯމު ފުރުން ކުރިއަށް ގެންދިޔަ ދުވަހެއްގެ ފޮޓޯއެއް -- ފޮޓޯ: ސޯޝަލްމީޑިއާ

ވެރިކަން ކުރާ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެންބަރު އިތުރުކުރަން އިލެކްޝަން ކޮމިޝަނަށް ހުށަހެޅި ވަގު ފޯމުތަކުގެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި އިދިކޮޅު އެމްޑީޕީން ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް މައްސަލައެއް ހުށަހަޅައިފި އެވެ.

އެމްޑީޕީގެ އޮފިޝަލެއް "އަދަދު" ނޫހަށް ބުނީ އެޗްއާރުސީއެމަށް އެ ޕާޓީން ހުށަހެޅީ ރައްޔިތުންތަކެއްގެ ޒާތީ މައުލޫމާތު ވަގަށް ނަގައިގެން ޕީއެންސީއަށް މީހުން ވެއްދި މައްސަލަ ކަމަށެވެ.

"އެއީ އަސާސީ ހައްގަކަށް އަރައިގަތުމުގެ އަމަލަކަށް ވާތީ ޒާތީ މައުލޫމާތު ވަގަށް ނަގައިގެން ޕީއެންސީއަށް މީހުން ވެއްދި މައްސަލަ އެމްޑީޕީގެ ފަރާތުން އެޗްއާރުސީއެމަށް ހުށަހެޅީ،" އެމްޑީޕީގެ އޮފިޝަލް ބުންޏެވެ.

ވަގު ފޯމުތައް ފުރައިގެން އާންމުން ޕީއެންސީއަށް ވެއްދި މައްސަލައިގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި އޭގެ އެތައް މައްސަލައެއް މިހާރު ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް އެ މައްސަލަތައް ތަހުގީގު ކުރަމުންދާކަމެއް ފުލުހުން ނުބުނެ އެވެ.

ރައްޔިތުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައިގެން މީހުން ޕީއެންސީއަށް ވެއްދި ކަމަށް ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން މިއަދު ޑީއެންއާރުގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަކުރާރުކޮށް ނޫސްވެރިން ސުވާލު ކުރަން ފެށުމުން އެތަނުގެ ވެރިން ވަނީ މީޑިއާއަށް ފިލައިފަ އެވެ.

ނަމަވެސް ވަގު ފޯމު ކަމަށް ބެލެވޭ ފޯމުތައް ފުރީ ޑީއެންއާރު ހިންގާ އޮފީހުގެ ތެރޭގައި ކަމަށް މިއަދު އެތަނުގެ ވެރިން އެއްބަސްވި އެވެ. ޑީއެންއާރްއިން ބުނީ ވަގު ފޯމު ކަމަށް ބެލެވޭ ފޯމުތައް ފުރުމުގެ މަސައްކަތް ކުރި މަންޒަރުގެ ފޮޓޯތައް ނަގާފައި ވަނީ އެތަނުގެ މީޓިން ރޫމުގައި ކަމަށެވެ.

ވަގު ފޯމު ކަމަށް ބެލެވޭ ފޯމުތައް ފުރުމުގެ މަސައްކަތް ކުރި ތަނުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ޑީއެންއާރުގެ ވެރިޔާ އަހުމަދު އާލީ ވެސް ހުންނެވި އެވެ. އެކަމަކު، އާލީ މިއަދު ވިދާޅުވީ އޭނާ އެތަނަށް ދިޔައީ ހަމައެކަނި ޕިއްޒާ ކާން ކަމަށެވެ. ނަމަވެސް، ވަގު ފޯމު ކަމަށް ބެލެވޭ ފޯމު ފުރި މަންޒަރުގެ ފޮޓޯތައް ލީކުވިއިރު، ބައެއް ފޯމުތަކާއެކު އާލީ ވެސް ހުންނެވި އެވެ.

ނޫސްވެރިންގެ ސުވާލުތައް ވަކި ހިސާބަކުން ހޫނުވުމުން އާލީ އާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހިމް ނޫސްވެރިންނަށް ފިލައި، އޮފީސް ތެރެއަށް ވަދެ ވަލު ދޮރާށިން ނުކުމެ ފިލީ އެވެ. އެ ދެ ބޭފުޅުން ފިލީ އެ ދެ ބޭފުޅުންގެ ގަމީހުގައި ނޫސްވެރިން ހަރު ކުރި ވަޔާލެސް މައިކުތަކާ ވެސް އެކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox