އެމެރިކާއިން ގައުމުތަކަށް ދޭ އެހީ ހުއްޓުމަކަށް، ޑަބްލިއުއެޗްއޯއިން ވެސް ވަކިވެއްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ފޮޓޯ: ރޮއިޓާސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ފޮޓޯ: ރޮއިޓާސް

އެމެރިކާއިން ގައުމުތަކަށް ދޭ އެހީތައް 90 ދުވަހަށް ހުއްޓާލައި، ދުނިޔޭގެ ސިއްހަތާ ބެހޭ މައި ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވެސް އެ ގައުމުން ވަކިވެއްޖެ އެވެ.

އެމެރިކާގެ ރައީސްކަމާ ރޭ ހަވާލުވުމަށްފަހު އާ ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއިކޮށް ނެރުނު އަމުރުތަކުގެ ތެރެއިން 90 ދުވަހަށް އެހީ ހުއްޓާލި އަމުރުގައި ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެ ގައުމުން އެހެން ގައުމުތަކަށް އެހީވާނީ ހަމައެކަނި އެމެރިކާގެ ފޮރިން ޕޮލިސީއާ އެއްގޮތަށް ކަމަށެވެ.

"އެމެރިކާގެ ހާރިޖީއާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމްތަކުގެ މަސްއޫލިއްޔަތު އަދާ ކުރާ ހުރިހާ ޑިޕާޓްމަންޓްތަކާއި އެޖެންސީތަކުގެ އިސްވެރިންނަށް ތަރައްގީގެ އެހީގެ ފަންޑުތަކަށް ފައިސާ ދޫކުރުން ވަގުތުން މެދުކަނޑާލަން އަންގަން،" ޓްރަމްޕްގެ އަމުރުގައި ވިދާލުވި އެވެ.

ޑަބްލިއުއެޗްއޯއިން ވަކިވާން ޓްރަމްޕް ނެރުނު އަމުރުގައި ވިދާޅުވީ އެ ޖަމިއްޔާއިން ކޮވިޑް-19 އާއި އެހެން ބަލިތައް ފެތުރުން ކޮންޓްރޯލް ކުރަން ފެއިލްވެފައިވާ ކަމަށާއި އެ ޖަމިއްޔާއަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް ތުހުމަތު ކޮށްފަ އެވެ.

"ޑަބްލިއުއެޗްއޯއިން ދަނީ ބޭއިންސާފުން ފައިސާތައް ހޯދަމުން. މިއީ ބޮޑު ނިންމުމެއް،" ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އިދާރާ، ކެޕިޓަލްއަށް ޖެނުއަރީ 6، 2021 ގައި ވަދެގަނެ ހަމަނުޖެހުން ހިންގި ޕްރައުޑް ބޯއީސް އާއި އޯތު ކީޕާސް ގޭންގު މެންބަރުންގެ އަދަބު ލުއިކޮށް، އެ ހަމަނުޖެހުމުގައި ބައިވެރިވި ގިނަ އަދަދެއްގެ ބަޔަކަށް ޓްރަމްޕް ވަނީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މައާފު ދެއްވާފަ އެވެ.

އޭގެ ގާތްގަނޑަކަށް 1500 މީހުންނަށް ފުރިހަމަ އަފޫއާންމެއް ދިނެވެ. އޭގެ ތެރޭގައި ފުލުހުންނަށް ހަމަލާ ދިން މީހުންނާއި ކެޕިޓޯލްގެ މުދަލަށް ގެއްްލުން ދިން އެތައް ސަތޭކަ ބަޔަކު ވެސް ހިމެނެ އެވެ.

ކެމްޕެއިންގައި ޓްރަމްޕް ހައްލުކުރައްވާނެ ކަމަށް ވައުދުވެޑައިގެންނެވި އެއް މައްސަލައަކީ ގަވާއިދާ ހިލާފަށް އެމެރިކާގައި ދިރިއުޅޭ ހިޖުރަވެރިންނާއި އެ ގައުމަށް އެތެރެވާން މަސައްކަތްކުރާ ހިޖުރަވެރިންގެ މައްސަލަ އެވެ.

މި ވައުދު ފުއްދަވައި ދެއްވުމުގެ ގޮތުން ކުއްލި ހާލަތު އިއުލާންކޮށް އެމެރިކާ އާއި މެކްސިކޯ ގުޅޭ ބޯޑަރު ދޮށަށް ސިފައިން ފޮނުއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި އެމަނިކުފާނު ކުރިން ރައީސްއަކަށް ހުންނެވިއިރު, ތައާރަފުކުރެއްވީ "ރިމެއިން އިން މެކްސިކޯ" ސިޔާސަތު އިޔާދަކުރައްވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

"ރިމެއިން އިން މެކްސިކޯ" ސިޔާސަތުގެ ދަށުން, އެމެރިކާގައި ވަޒަންވެރިވާން ބޭނުންވާ ހިޖުރަވެރިންނަށް, އިމިގްރޭޝަން މައްސަލަތަކުގެ އަޑުއެހުންތައް ނިމެންދެން މެކްސިކޯގައި ތިބެން މަޖުބޫރުވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިއޯ އިން އެންމެ ބޮޑު ހިއްސާގެ ބާޒާރަށް ފުރުސަތު ހުޅުވައިފި

މުކޭޝް އަމްބާނީގެ ޖިއޯ ޕްލެޓްފޯމްސް އިން 3.2 ބިލިއަން ޑޮލަރު ހޯދުމުގެ އަމާޒާއެކު، އިންޑިއާގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ހިއްސާގެ ބާޒާރު އާންމުންނަށް ހުޅުވާލައިފިއެވެ. މި އައިޕީއޯ މެދުވެރިކޮށް ލިބޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ ލޯނުތައް އަނބުރާ ދެއްކުމަށާއި ޓެލެކޮމް ވިޔަފާރި އިތުރަށް ފުޅާކުރުމަށެވެ. ހިއްސާ ވިއްކަން ފެށުމުގެ ކުރިންވެސް ބޮޑެތި މުއައްސަސާތަކުގެ ފަރާތުން މި މަޝްރޫއަށް ވަނީ އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބިފައެވެ.

ދުނިޔެ ހޫނުވުން އަންދާޒާ ކުރި ވަރަށް ވުރެ އިތުރު

ދުނިޔެ ހޫނުވުން ކުރިން އަންދާޒާކުރި ވަރަށް ވުރެ އިތުރުވަމުންދާ ކަމަށާއި، މިހާރު ހުރި ސިޔާސަތުތަކާއެކު މި ގަރުނު ނިމޭއިރު ހޫނުމިން 2.8 ޑިގްރީއަށް އުފުލޭނެ ކަމަށް އދ. ގެ ރިޕޯޓަކުން ދައްކައިފިއެވެ. މި ނުރައްކަލުން ސަލާމަތްވުމަށްޓަކައި 2030 ވަނަ އަހަރާ ހަމައަށް ވިހަ ގޭސް ބޭރުކުރާ މިންވަރު 18 އިންސައްތައަށް ދަށްކުރަން ޖެހޭއިރު، މިހާރުގެ ރޭވުންތަކުން އެކަން ހާސިލުނުވާނެ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެމެރިކާއިން ހޯދަމުން ދިޔަ މީހަކު ޕާކިސްތާނުން ހައްޔަރުކޮށްފި

އޮޅުވާލައިގެން ވަގު ސްޓޭމްޕާއި ލޭބަލް ވިއްކައިގެން އެމެރިކާގެ ޕޯސްޓަލް ސާވިސްއަށް 126 މިލިއަން ޑޮލަރުގެ ގެއްލުންދިން ޕާކިސްތާނު މީހަކު އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ހައްޔަރުކޮށްފިއެވެ. ފަހީމް އަކްރަމް ނަމަކަށް ކިޔާ މި މީހާ ވެބްސައިޓެއް މެދުވެރިކޮށް ފަސް މިލިއަނަށް ވުރެ ގިނަ ވަގު ލޭބަލް ވިއްކާފައިވާތީ، އެމެރިކާގެ ކޯޓަކުން މިދިޔަ މަހު ވަނީ އޭނާގެ މައްޗަށް ދައުވާ އުފުލާފައެވެ. އޭނާ ހޯދުމަށް އެހީތެރިވާ ފަރާތަކަށް އެމެރިކާއިން ބޮޑު އިނާމެއް ހުށަހަޅާފައިވާއިރު، މިހާރު ވަނީ އޭނާ ހިންގި ވެބްސައިޓް ބަންދުކޮށްފައެވެ.

ސައުދީ ދިފާއުކުރުމަށް އިނގިރޭސިވިލާތުގެ ބޯޓުތައް ފޮނުވަނީ

ޔަމަނުގެ ހޫތީން ދެމުންދާ މިސައިލް އަދި ޑްރޯން ހަމަލާތަކުން ސައުދީ އަރަބިއްޔާ ދިފާއުކުރުމަށް އެހީތެރިވުމުގެ ގޮތުން، އިނގިރޭސިވިލާތުގެ ރޯޔަލް އެއާ ފޯސްގެ މަތިންދާބޯޓުތައް ފޮނުވުމަށް އެ ގައުމުން ނިންމައިފިއެވެ. އިނގިރޭސި ސަރުކާރުން ހާމަކުރި ގޮތުގައި މި ބޯޓުތައް ބޭނުންކުރާނީ ހަމައެކަނި ސައުދީގެ އުމްރާނީ ވަސީލަތްތައް ރައްކާތެރިކުރުމުގެ ދިފާއީ މަސައްކަތްތަކަށެވެ.

އާއިލީ ގުޅުން އަލުން ގާއިމުކުރަން ބޭނުންވާ ކަމަށް ވިދާޅުވެއްޖެ

އަމީރު ހެރީގެ ބައްޕާފުޅާއި ބޭބޭފުޅާ އޮތް ނުތަނަވަސް ގުޅުން ރަނގަޅުކޮށް، އާއިލީ ގުޅުން އަލުން ގާއިމުކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. މާޒީގެ ހިތާމަވެރި ހާދިސާތައް ހަނދާން ނައްތާލުމަށް ބާރުއަޅުއްވަމުން ހެރީ ވިދާޅުވީ، ބައެއް މީހުން ބޭނުން ނުވި ނަމަވެސް އެ ގުޅުން އިއާދަކުރުމަކީ މިވަގުތަށް އެންމެ މުހިންމު ކަންތައް ކަމަށެވެ.

މޮރޮކޯގައި އަންހެން ބޮޑުވަޒީރަކު އައްޔަންކުރުމުން ދީނީ ބަހުސެއް

މޮރޮކޯގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ މަގާމަށް ފާތިމާ ޒަހްރާ އައްޔަންކުރެއްވުމާ ގުޅިގެން، އަންހެނުންނަށް އެފަދަ މަތީ މަގާމުތައް ދިނުމާ މެދު އެ ގައުމުގައި ދީނީ އަދި ސިޔާސީ ބޮޑު ބަހުސެއް ވަނީ ފެށިފަ. މި ނިންމުމަށް ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާއިރު، މިއީ މޮރޮކޯގެ ތާރީޚީ ނިންމުމެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމެއް.

ފްރާންސްގައި ރޭގަނޑު ބޭރަށް ނުކުތުން މަނާކޮށްފި

ފަރަންސޭސިވިލާތުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ޕެރިހާއި އެހެނިހެން ސިޓީތަކުގައި ރޭގަނޑު ބޭރަށް ނުކުމެ އުޅުން މަނާކޮށް ކާފިއު އިއުލާންކޮށްފިއެވެ. ތައުލީމީ ހާލަތު ރަނގަޅުކުރުމަށް ފެށި މި މުޒާހަރާތައް ފުޅާވެ، ހިނގި ކުރިމަތިލުންތަކުގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް ފުލުހުންނާއި އާންމުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox