އުރީދޫ މޯލްޑިވްސްގެ ލަކީޑްރޯއިން ހޮވުނު ނަސީބުވެރިން ދޯހާ މެރެތަންއަށް ފުރައިފި

އުރީދޫ މޯލްޑިވްސްގެ ލަކީޑްރޯއިން ހޮވުނު ނަސީބުވެރިން: އެ ނަސީބުވެރިން ވަނީ ދޯހާ މެރަތަންގައި ދުވުމަށް ދޯހާއަށް ފުރައިފައި -- ފޮޓޯ: އުރީދޫ

އުރީދޫ މޯލްޑިވްސްގެ ލަކީޑްރޯއިން ހޮވުނު ނަސީބުވެރިން: އެ ނަސީބުވެރިން ވަނީ ދޯހާ މެރަތަންގައި ދުވުމަށް ދޯހާއަށް ފުރައިފައި -- ފޮޓޯ: އުރީދޫ

އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ހާއްސަކޮށް ހުޅުވާލައިގެން، ދޯހާ މެރެތަންގައި ދުވުމުގެ ދުވުމުގެ ފުރުސަތު ލިބުނު ދެ ކަސްޓަމަރުން މެރަތަންއަށް ދިޔުމަށް މިއަދު ދޯހާއަށް ފުރައިފި އެވެ.

މާދަމާ ދޯހާގައި ކުރިއަށްދާ އެ މެރެތަންއަށް ފުރީ ކަސްޓަމަރުންގެ ލަކީ ޑްރޯއިން ހޮވުނު މުހައްމަދު އަޒުހަދު އަހުމަދު އަދި ތާރިގު މުހައްމަދު ރަޝީދެވެ.

އުރީދޫ ސްޓަފުންގެ މެދުގައި ނެގުނު ލަކީޑްރޯއިން ހޮވުނު ހަމްޒީނާ ފުއާދު އަދި ހުސައިން ފަރާޒު މުހައްމަދު ވެސް ވަނީ މެރަތަންގައި ބައިވެރިވުމަށް ދޯހާއަށް ފުރައިފަ އެވެ.

ވޯލްޑް އެތުލެޓިކްސް ގޯލްޑް ލޭބަލް ހޯދައިފައިވާ ދޯހާ މެރެތަންގައި، މި އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 15،000 އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވާނެ އެވެ.

ވޯލްޑް އެތުލެޓިކްސް ގޯލްޑް ލޭބަލްއާ އެކު ދޯހާ މެރެތަންގައި ދުވެގެން އެހެން މަގުބޫލު މެރެތަންތަކަށް ދިޔުމަށް ކޮލިފައި ވާނެ އެވެ.

އުރީދޫއިން އަންނަނީ ކަސްޓަމަރުންނަށް އަބަދުވެސް އެކި ފުރުސަތުތައް ތަނަވަސް ކޮށްދެމުންނެވެ. މިގޮތުން މިދިޔަ އަހަރު ވެސް ލަކީޑްރޯއިން ހޮވުނު ނަސީބުވެރިން ވަނީ ދޯހާ މެރަތަންގައި ދުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިއްތިހާދުގެ މައިލްސްއިން މޯލްޑިވިއަންގެ ޓިކެޓް ނެގޭގޮތް ހަދައިފި

އިއްތިހާދު އެއާވޭސްގެ "އިއްތިހާދު ގެސްޓް" މެމްބަރުންނަށް އެ މީހުން އެއްކޮށްފައިވާ މައިލްސް ބޭނުންކޮށްގެން މޯލްޑިވިއަންގެ ފްލައިޓްތަކުން ޓިކެޓް ނެގޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފަ.

މިދިޔަ މަހު މައްޗަށް ދިޔަ ޓޫރިސްޓު ނަމްބަރުތައް މި މަހު ދަށަށް

މިދިޔަ އޮކްޓޫބަރު މަހު ރާއްޖެއަށް ޓޫރިސްޓުން އައި އަދަދު މައްޗަށް ދިޔަ ނަމަވެސް، ނޮވެމްބަރު މަހު އެ އަދަދު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 6.3 ޕަސެންޓު ދަށަށް ގޮސްފަ. މިއާއެކު މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ އަދަދު ވެސް ވަނީ މިދިޔަ އަހަރަށް ވުރެ 3.7 ޕަސެންޓު މަދުވެފަ.

އައިކެއާގައި ފްލޭޝް ސޭލްއެއް

އައިކެއާ އޮޕްޓިކަލްސްގެ ފަރީދީމަގު ފިހާރައިގައި ނޮވެމްބަރު 28 އަދި 29 ގައި އަވިއައިނަށް ޚާއްޞަ ފްލޭޝް ސޭލެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ސޭލުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ އަވިއައިނުން 15 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ ބޮޑެތި ޑިސްކައުންޓްތަކެއް ލިބިގެންދާނެއެވެ.

ފަތަން ނޭނގޭ ކޮންމެ ދެ ޓޫރިސްޓަކަށް ގައިޑެއް މަޖުބޫރުކޮށްފި

މޫދު ކުޅިވަރުތަކުގައި ހަރަކާތްތެރިވާ ހުރިހާ ގައިޑުންނަކީ ފަސްޓްއެއިޑާއި ރެސްކިއު ސަނަދު އޮތް ބަޔަކަށް ހެދުމަށްޓަކައި އެއް އަހަރު ދުވަހުގެ މުހުލަތެއް މި ގަވާއިދުން ވަނީ ދީފަ. އަދި އެކްސްކާޝަންތަކަށް ދާއިރު ފަތަން ނޭނގޭ މީހުންނާއި ސްނޯކްލިން ހަރަކާތްތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ލައިފް ޖެކެޓް އެޅުން ވެސް މިހާރު ވަނީ ލާޒިމުކޮށްފަ.

މޫދު ކުޅިވަރާއި އެކްސްކާޝަންތަކަށް ގަވާއިދެއް ހަދައިފި

މި ގަވާއިދުގެ ދަށުން މިފަދަ ހިދުމަތްދޭ ހުރިހާ ތަނެއް މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމާއި، ޕަބްލިކް ލައިބިލިޓީ އިންޝުއަރެންސް ނެގުމުގެ އިތުރުން މޫސުމީ ހަރުކަށި މިންގަނޑުތަކަކަށް އަމަލުކުރުން ލާޒިމުވާނެ. އަދި މި އުސޫލުތަކާ ހިލާފުވާ ފަރާތްތައް އެއް ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް، ހުއްދަ ބާތިލުކުރުމުގެ ބާރު ވެސް މިނިސްޓްރީއަށް ވަނީ ދީފަ.

އާރުޑީސީގެ ހުރިހާ މަޝްރޫއުތަކެއް އެމްޓީސީސީއާ ހަވާލުކޮށްފި

މާލީ ބޮޑު ގެއްލުމަކާ އެކު އާރުޑީސީގެ ހާލަތު ދަށަށް ގޮސްފައި ވަނިކޮށް، ދައުލަތުގެ ހަރަދު ކުޑަކުރަން އެ ކުންފުނީގެ ހުރިހާ މަޝްރޫއުތަކެއް އެމްޓީސީސީގެ ދަށަށް މިއަދު ވަނީ ބަދަލުކޮށްފަ. އެމްޓީސީސީން އެ ހުރިހާ މަސައްކަތްތަކަކާ ހަވާލުވި ނަމަވެސް، އާރުޑީސީގެ މަޝްރޫއުތަކުގެ އަދަދާއި އެ ކުންފުނީގެ މުވައްޒަފުންނާ މެދު ނިންމި ގޮތެއް އަދި ހާމައެއް ނުކުރޭ.

ހުޅުމާލޭގެ ވޯޓާ ތީމް ޕާކު މަޝްރޫއު ސޮލެންޒާރާ ހޯލްޑިންގްސްއާ އެޗް

ހުޅުމާލޭގައި ހަދަން ފަށައި ނުވަ އަހަރު ވަންދެން ހުއްޓިފައި އޮތް ވޯޓާ ތީމް ޕާކު މަޝްރޫއު، އާ މާސްޓާ ޕްލޭނެއްގެ ދަށުން ހަވާލުކުރީ ހޮންކޮންގެ ކުންފުންޏަކުން ހިއްސާވާ ސޮލެންޒާރާ ހޯލްޑިންގްސްއާ. މި މަޝްރޫއުގެ ދަށުން 18 މަސްދުވަހުގެ ތެރޭގައި ވޯޓާ ޕާކަކާއި، 250 ކޮޓަރީގެ ހޮޓަލެއްގެ އިތުރުން އެޕާޓްމަންޓްތަކާއި ވިޔަފާރި ބްލޮކްތައް ތަރައްގީކުރާނެ.

Newsletter

Get the latest news delivered straight to your inbox