ބޮލޯނިއާ އިން އިންޓަ ހިފަހަައްޓައިފި

Jan 16, 2025, 5:52 AM
ބޮލޯނިއާ އިން އިންޓަ ހިފަހަައްޓައިފި

މިލާން (ޖެނުއަރީ 16) - އިޓާލިއަން ލީގުގައި ރޭ ބޮލޯނިއާ އަށް 2-2 އިން އިންޓަ މިލާނާ އެއްވަރުކޮށް، އެ ޓީމު ލީގުގެ ރޭހުގައި ކުރިއަށްދިއުމުގެ ފުރުސަތެއް ހުއްޓުވައިފި އެވެ.

ލީގުގެ އެއް ވަނައިގައި އޮތް ނަޕޯލީ އަށް 20 މެޗުން 47 ޕޮއިންޓް ލިބިފައިވާއިރު، ރޭގެ ނަތީޖާއާ އެކު އިންޓަ އަށް 19 މެޗުން 44 ޕޮއިންޓް ވަނީ ލިބިފަ އެވެ. އިންޓަ އިން މެޗު ހަމަކުރާއިރު، ނަޕޯލީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށް، ލީގުގެ އެއް ވަނަ އަށް އަރަން ފުރުސަތު އެބައޮތެވެ. އެކަމަކު، ރޭގެ މެޗުން އިންޓަ އަށް މޮޅުނުވެވުމުން، މެޗު ހަމަކުރާއިރު އެއް ވަަނައިގައި ލީޑެއް ނެގުމުގެ ފުރުސަތު ގެއްލުނީ އެވެ.

ތިން ވަނައިގައި އޮތް އެޓަލަންޓާ އަށް ވަނީ 20 މެޗުން 43 ޕޮއިންޓް ލިބިފަ އެވެ.

އިންޓަ ދަނޑުގައި ރޭ ކުޅުނު މެޗުގެ 15 ވަނަ މިނިޓްގައި ބޮލޯނިއާ އިން ލީޑުނެގީ، ސަންޓިއާގޯ ކަސްޓްރޯ ޖެހި ގޯލުންނެވެ. އޭގެ ހަތަރު މިނިޓް ފަހުން، ޑެންޒެލް ޑަމްފްރީސް ވަނީ ގޯލެއް ޖަހައި، ނަތީޖާ ހަމަހަަމަކޮށްފަ އެވެ.

ފުރަތަމަ ހާފުގެ އިތުރުވަގުތުގައި، އިންޓަ އިން ލީޑުނެގީ ލަޓައުރޯ މާޓީނޭޒް ޖެހި ގޯލުންނެވެ. މިއީ، މި ސީޒަނުގެ 26 މެޗުން މާޓީނޭޒް ޖެހި ނުވަ ވަނަ ގޯލެވެ. ބޮލޯނިއާ އިން ނަތީޖާ ހަމަހަމަކުރީ އެމީލް ހޯލްމް ޖެހި ގޯލުންނެވެ.

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox