ޕާޓީތަކަށް މެންބަރުން ވެއްދުން މި މަހުގެ ނިޔަލަށް މެދުކަނޑާލަން އީސީން ނިންމައިފި

އިންތިހާބަކާ ދިމާކޮށް ސިޔާސީ ޕާޓީތަކުން މާލޭގެ މަގެއްގައި ކެމްޕޭން ބެނާތައް ދަމާފައި: ޕާޓީތަކަށް މެންބަރުން ވެއްދުން މި މަހުގެ ނިޔަލަށް މެދުކަނޑާލަން އީސީ އިން ވަނީ ނިންމާފަ --- ފޮޓޯ: އަދަދު

އިންތިހާބަކާ ދިމާކޮށް ސިޔާސީ ޕާޓީތަކުން މާލޭގެ މަގެއްގައި ކެމްޕޭން ބެނާތައް ދަމާފައި: ޕާޓީތަކަށް މެންބަރުން ވެއްދުން މި މަހުގެ ނިޔަލަށް މެދުކަނޑާލަން އީސީ އިން ވަނީ ނިންމާފަ --- ފޮޓޯ: އަދަދު

ސިޔާސީ ޕާޓީތަކަށް މެންބަރުން އިތުރުކުރުމަށް އާންމުންގެ ޒާތީ މައުލޫމާތުގެ ނަހަމަ ބޭނުންކޮށް ވަގު ފޯމުތަކެއް އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހަޅަމުންދާ މައްސަލަތައް ބޮޑުވެ، މި މަހުގެ ނިޔަލަށް ޕާޓީތަކަށް މެންބަރުން ވެއްދުން މެދުކަނޑާލަން ނިންމާފައިވާ ކަމަށް އީސީ އިން ބުނެފި އެވެ.

މިހާރު އެންމެ ބޮޑަށް ފެންމަތިވެފައިވަނީ ވެރިކަން ހިންގާ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެންބަރުން އިތުރުކުރަން ވަގު ފޯމުތައް ހުށަހެޅި މައްސަލަ އެވެ. އެ މަސައްކަތުގައި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެންބަރުންވެސް ބައިވެރިވެފައިވާއިރު ވަގު ފޯމުތަކެއް ހުށަހެޅި ކަމަށް އެ ޕާޓީން އެއްބަސްވެފައިވެ އެވެ.

އީސީއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުން މެދުކަނޑާލާފައިވަނީ ޖެނުއަރީ 30، އާ ހަމައަށް ކަމަށެވެ. އެކަން ކުރަނީ މެންބަރުން ވެއްދުމުގެ ނިޒާމު ހަރުދަނާކުރުމަށް ކަމަށެވެ.

"މިގޮތަށް ނިންމި ނަމަވެސް 'މައި ޕޯޓަލް' މެދުވެރިކޮށް ޕާޓީން ވަކިވުމުގެ ހިދުމަތް މެދުނުކެނޑި ކުރިއަށްދާނެ،" އީސީން ބުނެފައިވެ އެވެ.

ވަގު ފޯމުތަކުގެ މައްސަލަ ފަޅައިގެން ދިޔައީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) ގެ ނަމުގައި ވަގު ފޯމެއް ހުށަހަޅައިގެން އެ ފޯމު ޕްރޮސެސްކޮށް އޭނާގެ ރެޖިސްޓްރީ ޕީއެންސީއަށް ބަދަލުކުރިކަން ފަޅައިއެރުމުންނެވެ. އެ މައްސަލާގައި ޒިންމާވާ ފަރާތްތަކާ ދެކޮޅަށް ފިޔަވަަޅު އަޅާނެ ކަމަށް އީސީން ވަނީ ބުނެފަ އެވެ.

މި ނޫހާ ވާހަކަ ދެއްކި ޕީއެންސީގެ ބައެއް އިސް އޮފިޝަލުން ވިދާޅުވަނީ ވަގު ފޯމު ފުރައިގެން އެ ޕާޓީއަށް ވެއްދި މީހުންގެ އަދަދު އެތައް ހާހަކަށް އަރާނެ ކަމަށެވެ. ވަގު ފޯމު ފުރުމުގެ މަސައްކަތް ކުރި އެއް ތަނަކީ ޕީއެންސީގެ ހަރުގެ ކަމަށް ވެސް އެ ޕީއެންސީން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.

ސަރުކާރަށާއި ޕީއެންސީއަށް މިކަމުގައި އެތައް ތުހުމަތެއް އަމާޒުވެފައިވަނިކޮށް މިއަދު ވަނީ، ވަގު ފޯމުތައް ކަމަށް ބެލެވޭ ފޯމުތަކެއް ފުރުމުގެ މަސައްކަތް ކުރިއިރު އެތަނުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ހުންނަވާ މަންޒަރު ފެންނަ ފޮޓޯތަކެއް ލީކުވުމަށެވެ. އެ ފޮޓޯތަކުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ހިންގެވުމާ ހަވާލުވެ ހުންނެވި ހޯމް މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާލީ ވެސް ފެނެ އެވެ.

މިކަމާ ގުޅިގެން އިހުސާނުގެ އިތުބާރު ނެތްކަމުގައި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އިދިކޮޅު އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ ނިންމާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox