ރައީސްގެ ހުއްދަ ނެތި ދައުލަތުން އެއްވެސް ފަރާތަކަށް މާލީ ލުއިތަކާއި މައާފު ނުދެވޭ ގޮތް ހަދައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު : ދެން ދައުލަތުން މާލީ ލުޔެއް ދެވޭނީ އެމަނިކުފާނުގެ ހުއްދައާއެކު ---- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު : ދެން ދައުލަތުން މާލީ ލުޔެއް ދެވޭނީ އެމަނިކުފާނުގެ ހުއްދައާއެކު ---- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހުރިއްޔާގެ ހުއްދަ ނެތި ދައުލަތުން އެއްވެސް ފަރާތަކަށް މާލީ ލުޔެއް ނުވަތަ މައާފެއް ނުދެވޭނެ ގޮތަށް އުސޫލެއް އެކުލަވާލައި ގެޒެޓުކޮށްފި އެވެ.

މާލިއްޔަތު ގާނޫނުގެ ދަށުން އެކުލަވާލި މާލިއްޔަތު ގަވާއިދުން ބާރު ދީ އެކުލަވާލި މި ގަވާއިދަށް ކިޔަނީ "ދައުލަތުގެ އޮފީސްތަކާއެކު އެކި ފަރާތްތަކުން ކޮށްފައިވާ މުއާމަލާތްތަކާ ގުޅިގެން ލުއި ދިނުމާއި، މަންފާ ހޯދައިދިނުމާއި، ފައިސާ މައާފުކޮށްދިނުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ގޮތުގެ އުސޫލު،" އެވެ.

މާލީ ވުޒާރާއިން ގެޒެޓުކޮށްފައިވާ މި އުސޫލުގައި ބުނެފައިވަނީ ދައުލަތުގެ އޮފީސްތަކުން މާލީ ލުއި އަދި މައާފު ބޭނުންވާ ފަރާތްތަކުން އެ ތަންތަނުގައި އެކަމަށް އެދެން ޖެހޭނެ ކަމަށެވެ. އެކަމަށް އެދުމުގައި ހިމަނަންޖެހޭ ތަފުސީލުތައްވެސް އުސޫލުގައިވެ އެވެ.

ކައުންސިލްތައް ފިޔަވައި ދައުލަތުގެ ހުރިހާ އޮފީހަކުން އެ ހުށަހަޅެންތަކަށް އަމަލުކުރަން ނިންމުމަށް ފަހު ރައީސް ގެ ހުއްދައަށް އެދެން ޖެހެ އެވެ. އަދި ލުޔުއް ދެވޭނީ ރައީސް އެކަމަށް ހުއްދަ ދެއްވުމުންނެވެ.

އުސޫލުގައިވާ ގޮތުން ރައީސް ހުއްދައާ އެދޭއިރު މާލީ ލުއި ނުވަތަ މައާފު ދޭން ޖެހޭ ކަމަށް ނިންމި ސަބަބު ތަފުސީލުކޮށްދޭންޖެހެ އެވެ. އަދި އެކަމާ ގުޅޭގޮތުން ހުށަހަޅަންޖެހޭ މާލީ ހިސާބުތަކާއި ލިޔެކިޔުންތައްވެސް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.

މީގެއިތުރުން، ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުން ދައްކަން ޖެހޭ ކުއްޔާއި، ޖޫރިމަނާ، އަދި އިންޓަރެސްޓު ދެއްކުމުގައި ލުއި ދިނުންވެސް މި އުސޫލާއެކު ރައީސްގެ ހުއްދަނެތި ނުދެވޭނެ އެވެ. މި ލުޔަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ލުއިދޭން ފެންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީ ނިންމާ ފަރާތްތަކަށް ލުއިދިނުމާމެދު ފަހު ބަސް ބުނާނީ ރައީސް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox