13 މެޗު އެއްވަރު؛ ޔުވެންޓަސް ބައްޔެއް ނުވޭ

Jan 15, 2025, 7:26 AM
13 މެޗު އެއްވަރު؛ ޔުވެންޓަސް ބައްޔެއް ނުވޭ

ޓިއުރިން (ޖެނުއަރީ 15) - އިޓާލިއަން ލީގުގައި ރޭ އެޓަލަންޓާއާ ދެކޮޅަށް ކުުޅުނު މެޗުން ޔުވެންޓަސްއާ 1-1 އެއްވަރުވެއްޖެ އެވެ.

މިއީ މި ފަހަރުގެ ލީގުގައި ބަލިނުވެ އޮތް ޔުވެންޓަސް އިން އެއްވަރުވެގެން ނިމުނު 13 ވަނަ މެޗެވެ. މިއީ، 2004/2005 ވަަނަ ސީޒަނުގައި އިންޓަ މިލާނުން ފުރަތަމަ 20 މެޗުގެ ތެރެއިން 14 މެޗުން އެއްވަރުވި ފަހުން، ފުރަތަމަ 20 މެޗުގެ ތެރެއިން އެންމެ ގިނަ ފަަހަރު ޓީމެއް އެއްވަރުވި ލީގު ސީޒަނެވެ.

ލީގުގެ ފުރަތަަމަ 20 މެޗު ބަލިނުވެ، އާ ކޯޗު، ތިއާގޯ މޮޓާގެ އިރުޝާދުގެ ދަށުން ޔުވެންޓަސް އިން ނިންމާލިއިރު، އެ ޓީމު އޮތީ ލީގު ތާވަލުގެ ފަސް ވަަނައިގަ އެެވެ. އެއީ 34 ޕޮއިންޓާ އެކު އެވެ. އެއް ވަަނައިގައި އޮތް ނަޕޯލީ އަށް 20 މެޗުން ވަނީ 47 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް އިންޓަ މިލާނަށް 18 މެޗުން 43 ޕޮއިންޓް ލިބިފައިވެ އެވެ.

Advertisement

އެޓަލަންޓާ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ޖެހޭތޯ ޔުވެންޓަސް އާއި އެޓަލަންޓާ އިން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

އެކަަމަކު، ދެ ވަނަ ހާފު ފަށައިގެން، ނުވަ މިނިޓް ތެރޭ ޔުވެންޓަސް އިން ލީޑުނެގި އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޕިއޭރޭ ކަލޫލޫ އެވެ. މެޗުގެ 54 ވަނަ މިިނިޓްގައި ކަލޫލޫ ޖެހި ބޯޅަ ގޯލަށް ވަނީ ހަނި އޭންގަލުންނެވެ.

ޔުވެންޓަސް އިން މި މެޗު ކާމިޔާބުކުރާނެ ކަމަށް ބެލެވިފައި އޮއްވައި، އެޓަލަންޓާ އިން އެއްވަރުކުރީ މެޗުގެ 78 ވަނަ މިނިޓްގަ އެވެ. މި ގޯލު ޖަހައިިދިނީ އިޓަލީގެ ގައުމީ ޓީމުގެ ފޯވާޑް، މަޓެއޯ ރެޓެގީ އެވެ. މި މެޗުގައި އެޓަލަންޓާ އިން ފޮނުވާލި ގިނަ ހަމަލާތަކެއް ޔުވެންޓަސްގެ ކީޕަރު، މިޝޭލޭ ޑި ގްރެގޯރިއޯ ވަނީ މަތަކޮށްފަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox