ވަގުފޯމު ފުރި ކަމަށް ތުހުމަތުވާ މީހުންގެ ފޮޓޯ ޖެހުމުން އެމްޑީޕީގެ ހަރުގެއަށް ކަޅުތެޔޮ ޖަހައިފި

ރޭ ދަންނަވަ އެމްޑީޕީގެ ހަރުގެއަށް ކަޅުތެޔޮ ޖެހުމުން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ.

ރޭ ދަންނަވަ އެމްޑީޕީގެ ހަރުގެއަށް ކަޅުތެޔޮ ޖެހުމުން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ.

ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެންބަރުން އިތުރު ކުރަން ވަގު ފޯމު ފުރި ކަމަށް ބުނާ މީހުންގެ ފޮޓޯ ހަރުކުރުމުން އެމްޑީޕީގެ ހަރުގެއަށް ކަޅުތެޔޮ ޖަހައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް އާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާއި ޕީއެންސީގެ އެކްޓިވިސްޓުންތަކެއްގެ ފޮޓޯ، ކަރުދާހަށް ޕްރިންޓުކޮށް ހަރުކޮށްފައި ހުރީ، ޗާންދަނީމަގުގައި ހުންނަ އެމްޑީޕީގެ ހަރުގޭގެ ދަގަނޑު ގޭޓުގަ އެވެ.

އެ ފޮޓޯތައް އިއްޔެ ހަރުކޮށް ސޯޝަލް މީޑިއާގައި ފޮޓޯ އާއި ވީޑިއޯތައް ވައިރަލް ވަމުން ދަނިކޮށް، ކަޅުތެޔޮ ޖަހާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.

އެއީ ކޮން ބަޔަކު ކުރި ކަމެއްކަން ނޭނގެ އެވެ.

އެ މައްސަލައިގައި ފުލުހުން ރޭ އެ ސަރަހައްދަށް ހާޒިރުވި އެވެ. ނަމަވެސް ފުލުހުން އަދި ބަހެއް ނުބުނެ އެވެ.

ކަޅުތެޔޮ ޖެހުމަކީ ރާއްޖޭގެ ސިޔާސީ މަސައްކަތުގައި ޒަމާނުއްސުރެ ވެސް އޮތް ކަމެކެވެ. ބައެއް ފަހަރު ސިޔާސީ މީހުންގެ ގަޔަށް ވެސް ކަޅުތެޔޮ ޖަހާފައި އެބަ ހުއްޓެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު 100،000 އަށް އެރުވުމަށްޓަކައި ހަރަކާތްތައް މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ އެވެ. ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކި އަދަދަކަށް ޕާޓީއަށް މެންބަރުން ހޯދަން އެންގި އެވެ. މެންބަރުން އިތުރުކުރަން ޕީއެންސީން ހިންގި އެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވީ ސަރުކާރުގެ ވެރިންނާއި މަޖިލީހުގެ މެންބަރުންނެވެ.

ޕީއެންސީ އަށް ވަގަށް މެންބަރުން ވައްދާ ޝަކުވާ ބޮޑުވެފައި ވަނިކޮށް، އެކަން އެގޮތަށް ހިނގާފައިވާ ކަމަށް ޕީއެންސީން އިއްޔެ އެއްބަސްވި އެވެ. އެފަދަ ބައެއް މައްސަލަތައް ބައެއް ފަރާތްތަކުން ޕޮލިހަށް ހުށަހަޅާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ވެސް ދަނީ އެ މައްސަލަ ބަލަމުންނެވެ.

ޕީއެންސީ އަށް ވަގަށް މެންބަރުން ވެއްދީ އެ ޕާޓީގެ ޖަގަހައިގެ ތެރޭގައި ކަމަށާއި، އެކަން ކުރީ ކޮން ބައެއްކަން އެނގިވަޑައިގަންނަވާ ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ވިދާޅުވެފައިވެ އެވެ.

ވަގު ފޯމުގެ މައްސަލަ މި ހަފުތާގައި އިތުރަށް ހޫނުވީ، ވަގު ފޯމު ފުރަމުން ފުރަމުން ގޮސް، ހއ. ވައިކަރަދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރުން ހުސައިން ޒިޔާދު (ފިއްޓޭ) ވެސް ވަގަށް ޕީއެންސީ އަށް ވެއްދިކަން ފަޅައި އެރި ހިސާބުންނެވެ.

ވަގު ފޯމުގެ މައްސަލައިގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރާ ސުވާލުކުރަން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox