އީސީއަށް ވަގު ފޯމު ހުށަހެޅި ކަމަށް ޕީއެންސީން އެއްބަސްވެއްޖެ

ޕީއެންސީއަށް މެމްބަރުން އިތުރު ކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތުގައި ހޯމް މިނިސްޓްރީން ފޯމުތަކެއް ހަވާލުކުރަނީ. ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް ޑީއެންއާރު މެދުވެރިކޮށް މީހުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައިގެން ޕީއެންސީއަށް ވެއްދި ކަމުގެ ތުހުމަތު އިދިކޮޅުން ވަނީ ކޮށްފައި ---- ފޮޓޯ: ޕީއެންސީ

ޕީއެންސީއަށް މެމްބަރުން އިތުރު ކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތުގައި ހޯމް މިނިސްޓްރީން ފޯމުތަކެއް ހަވާލުކުރަނީ. ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް ޑީއެންއާރު މެދުވެރިކޮށް މީހުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައިގެން ޕީއެންސީއަށް ވެއްދި ކަމުގެ ތުހުމަތު އިދިކޮޅުން ވަނީ ކޮށްފައި ---- ފޮޓޯ: ޕީއެންސީ

ވަގު ފޯމު ހުށަހަޅައިގެން މެމްބަރުން އިތުރު ކުރުމުގެ ތުހުމަތު ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މައްޗަށް ކުރެވިފައި ވަނިކޮށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ސައްހަ ނޫން ފޯމުތަކެއް ހުށަހެޅި ކަމަށް އެ ޕާޓީން މިއަދު އެއްބަސްވެއްޖެ އެވެ.

މިއީ މި މައްސަލަ ފެންމަތިވި ފަހުން ޕީއެންސީން މިކަމާ ގުޅޭ ގޮތުން ރަސްމީ ގޮތުން ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ. އެ ޕާޓީން ހުށަހެޅި ފޯމުތަކުގެ ތެރޭގައި ސައްހަ ނޫން ފޯމުތަކެއް ހިމެނޭކަން ފާހަގަކުރެވިފައިވާ ކަމަށް ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

"މެމްބާޝިޕް ޑްރައިވްގައި ޕާޓީއަށް ހުށަހެޅުނު އެތައް ހާސް ފޯމެއް މި ޕާޓީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ވަނިކޮށް، މަދުން ނަމަވެސް ސައްހަ ނޫން ފޯމުތަކެއް ހުށަހެޅިފައިވާކަން މި ޕާޓީއަށް މިހާރު ވަނީ ފާހަގަ ކުރެވިފައި،" އެ ބަޔާނުގައިވެ އެވެ.

ވަގު ފޯމު ހުށަހެޅި ކަމަށް އެއްބަސްވެ ޕީއެންސީއިން ނެރުނު ބަޔާނުގައި ބުނީ، އެ ޕާޓީގެ ފަރާތުން ހުށަހަޅާ ފޯމުތަކުގެ ސައްހަކަން ވެރިފައި ކުރެވޭނެ އެއްވެސް ގޮތެއް އެ ޕާޓީއަށް ލިބިފައި ނެތް ކަމަށެވެ.

"ޕާޓީގެ އިލެކްޝަންސް ޕޯޓަލް މެދުވެރިކޮށް އެ ފޯމުތައް އަޕްލޯޑު ކުރަމުންދިޔަ ނަމަވެސް، ޕާޓީއަށް ލިބޭ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގާބިލުކަން ނެތުމުގެ ނަތީޖާއަކީ ފޯމެއްގެ ސައްހަ ކަމާއި މެދު ސުވާލެއް އުފެދޭ ހިސާބަކީ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމުގެ ފަހުގެ މަރުހަލާއެއް ކަމުގައި ވުން،" އެއީ ހަމައެކަނި އެ ޕާޓީއަށް އޮތް ގޮންޖެހުމެއް ނޫން ކަމަށް ބުނެ އުޒުރު ދައްކަމުން ޕީއެންސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

މިދިޔަ އަހަރުގެ ނިޔަލަށް 100،000 މެމްބަރުން ހަމަކުރުމަށް ޕީއެންސީގެ ލީޑަރު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަތުމާ އެކު މެމްބަރުން އިތުރު ކުރުމުގެ ގިނަ ހަރަކާތްތަކެއް އެ ޕާޓީން ކުރިއަށްގެންދިޔަ އެވެ. މިނިސްޓަރުންނާއި، މަޖިލިސް މެމްބަރުންނާއި، ކުންފުނިތަކުގެ ވެރިންނާއި އަދި އެހެނިހެން ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް ވާދައަށް ފޯމު ފުރައިގެން އެ ޕާޓީގެ ސެކްރެޓޭރިއަޓާ ހަވާލުކުރި އެވެ.

އޭގެ ތެރެއިން ބައެއް ފޯމުތަކާ ރައީސް މުއިއްޒު އާއި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުالله ވެސް ހަވާލުވެވަޑައިގެންނެވި އެވެ. އެ ފޯމުތައް ޕީއެންސީން އީސީއަށް ހުށަހަޅައި ޕްރޮސެސް ކުރަމުން ދަނިކޮށް ވަގު ފޯމު ހުށަހެޅި ކަމުގެ މައްސަލަތަކެއް ފެންމަތިވި އެވެ. އޭގެ ތެރެއިން ބައެއް ފޯމުތަމުގެ ހެކިވެރިންނަށް ސޮއިކޮށްފައި ތިބީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި މިވަގުތު ވެސް ތިއްބެވި ބޭފުޅުންނެވެ.

ޕީއެންސީއަށް ސޮއި ނުކުރާ ބައެއް މީހުންނަށް ނޭނގި އެ މީހުންގެ ޒާތީ މައުލޫމާތާއި ފޮޓޯ އަދި ފިންގަޕްރިންޓް ޖަހައިގެން ފޯމު ފުރައި ހުށަހެޅުމުން އެ ފޯމުތައް ޕްރޮސެސްކޮށް އެ މީހުންގެ ރަޖިސްޓްރީ ބަދަލުކޮށްފައިވާކަން ހާމަވި އެވެ. އޭރު ވެސް ސަރުކާރުގެ ބައެއް މިނިސްޓްރީތަކާއި ކުންފުނިތަކުގެ ތެރޭގައި ޕީއެންސީގެ ހަރަކާތްތެރިން ފޯމު ފުރަމުންދިޔަ ފޮޓޯތަކެއް އާންމުވި އެވެ.

މި މައްސަލަ ފަޅައިގެން ދިޔައީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) ގެ ނަމުގައި ވަގު ފޯމެއް ހުށަހަޅައިގެން އެ ފޯމު ޕްރޮސެސްކޮށް އޭނާގެ ރެޖިސްޓްރީ ޕީއެންސީއަށް ބަދަލުކުރިކަން ފަޅައިއެރުމުންނެވެ. އެ މައްސަލާގައި ޒިންމާވާ ފަރާތްތަކާ ދެކޮޅަށް ފިޔަވަަޅު އަޅާނެ ކަމަށް އީސީން ވަނީ ބުނެފަ އެވެ.

މި ނޫހާ ވާހަކަ ދެއްކި ޕީއެންސީގެ ބައެއް އިސް އޮފިޝަލުން ވިދާޅުވަނީ ވަގު ފޯމު ފުރައިގެން އެ ޕާޓީއަށް ވެއްދި މީހުންގެ އަދަދު އެތައް ހާހަކަށް އަރާނެ ކަމަށެވެ. ވަގު ފޯމު ފުރުމުގެ މަސައްކަތް ކުރި އެއް ތަނަކީ ޕީއެންސީގެ ހަރުގެ ކަމަށް ވެސް އެ ޕީއެންސީން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 49 ވަނަ މާއްދާގައި ސިޔާސީ ޕާޓީއެއްގެ މެންބަރުކަމަށް، ގަވާއިދާ ހިލާފަށް މީހެއްގެ ނަން ހުށަހަޅައިފިނަމަ އެކަން ކުރި ފަރާތެއް 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އެއީ ގަވާއިދާ ހިލާފަށް ހުށަހެޅި ކޮންމެ ފޯމަކަށް ޖެހޭ އަދަދެވެ.

ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 310 ވަނަ މާއްދާގައި އޮންނަނީ، ވަކި ލިޔުމަކީ ވަކި މީހަކު ހެދި އެއްޗެއް ކަމަށް ދެއްކުމަށްޓަކައި ނުވަތަ ވަކި އަސްލެއް އޮތް އެއްޗެއް ކަމަށް ސައްހަ ނޫން ގޮތުގައި ދެއްކުމަށްޓަކައި ލިޔުމެއް އުފެއްދުމާއި، ނަކަލު ކުރުމަކީ ކުށެއް ކަމުގަ އެވެ.

އެކުށަކީ ޖިނާޔާތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށެއްކަމަށް އެ މާއްދާގެ ނ. ގައި ބުނެ އެވެ. އެހެންވީމާ އެކުށުގެ އަސާސީ އަދަބަކަށްވާނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ. ސައްހަ ނޫން ގޮތުގައި ހުށަހެޅި ކޮންމެ ފޯމަކީ ވަކި ކުށެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox