ހުޅުމާލޭން ޖަނާހު އަށް ދިން ބޮޑު ބިން އަތުލައިފި

ވިޔަފާރިވެރިޔާ ޖަނާހު އަށް ހުޅުމާލޭން 100،000 އަކަފޫޓުގެ ބިމެއް ދޫކުރި ސަރަހައްދު.

ވިޔަފާރިވެރިޔާ ޖަނާހު އަށް ހުޅުމާލޭން 100،000 އަކަފޫޓުގެ ބިމެއް ދޫކުރި ސަރަހައްދު.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕްރިންސިޕަލް އެޑްވައިޒާ އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓު، އަދި ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު އަށް، ހުޅުމާލޭ ފޭސް އެކެއްގެ އެންމެ އަގުބޮޑު ސަރަހައްދުން ދީފައި އޮތް ބޮޑު ބިން އަތުލައިފި އެވެ.

ދެހާސް ތޭވީސް ވަނަ އަހަރުގެ ފަހުކޮޅުގައި ޖަނާހު އަށް ދިނީ، ސެންޓްރަލް ޕާކް ކުރިމަތިން އުރީދޫ ބިލްޑިންއާ ޖެހިގެން ހުޅަނގަށް އޮތް 300،000 އަކަފޫޓުގެ ބިމުން ގާތްގަނޑަކަށް 100،000 ފޫޓެވެ.

ރިޔާސީ އިންތިހާބު ކައިރިވެފައި ވަނިކޮށް އެ ބިން ޖަނާހު އަށް ދީފައި ވަނީ ބޮޑު ޝޮޕިން މޯލެއް އެޅުމަށެވެ.

ނަމަވެސް އެ ބިން ދިން އަގެއް، އަދި ޝަރުތުކުރި ކަންކަން އެޗްޑީސީން ހާމައެއް ނުކުރެ އެވެ.

އެޗްޑީސީގެ އޮފިޝަލަކު މިއަދު އަދަދު ނޫހަށް ބުނީ، ޖަނާހު އަތުން އެ ބިން އަތުލީ، ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އިބްރާހިމް ފަޒުލް ރަޝީދު ހުންނެވި ދުވަސްވަރު ކަމަށެވެ.

"ބިން އަތުލީ، އެއްބަސްވުމާ އެއްގޮތަށް އެއްވެސް ފައިސާއެއް، އަދި ކަމެއް ވެސް ކޮށްފައި ނެތުމުން. ފައިސާ ދެއްކުމުގެ މުއްދަތުތައް ދިޔައީ އިތުރުކުރަމުން،" އޭނާ ވިދާޅުވި އެވެ.

އިއުލާނު ކުރުމެއް ނެތި ވިޔަފާރި ބޭނުންތަކަށް ހުޅުމާލޭން ގިނަ ބިންތަކެއް އެޗްޑީސީގެ މިހާރުގެ މެނޭޖުމެންޓުން ވެސް ދޫކޮށްފައިވެ އެވެ. ސަރުކާރާ ގުޅުން އޮތް އެކި ފަރާތްތަކަށް އެފަދަ ބައެއް ބިންތައް ދިނީ ކުލީގެ އިތުރުން ސީއެސްއާރުގެ ގޮތުގައި ފައިސާ ދައްކާ ގޮތަށް ނުވަތަ އެހެން ކަމެއް ކުރަންޖެހޭ ގޮތަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox